logoEN
cocacola
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ، ސިކުނޑިން ކޮންޓްރޯލް ކުރެވޭ ރޮބޮޓެއް އުފައްދައިފި!

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ، ސިކުނޑިން ކޮންޓްރޯލް ކުރެވޭ ރޮބޮޓެއް އުފައްދައިފި!

ގާފު އެޑިޓޯރިއަލް

logo

11/27/2020, 4:45:21 PM

d

ސިކުނޑީގެ ސިގްނަލްތައް ބޭނުންކޮށްގެން ކޮންޓްރޯލް ކުރެވޭ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހަށިގަނޑާއި ގުޅުވައިގެން ބޭނުންކުރެވޭ ޚާއްސަ ރޮބެޓެއް، ޖަޕާނުގެ ރޮބޮޓް އުފައްދާ ކުންފުންޏެއް ކަމުގައިވާ "ސައިބާ ޑައިން" އުފައްދައި ދުނިޔޭގެ ޓެކްނޮލޮޖީ، އާއުސްމިނަކަށް ގެންގޮސްދީފެއެވެ.

ގޮސިޔާ

ޒަމާނުއްސުރެ ރޮބެޓިކްސްގެ މަސައްކަތް ކުރަމުން އަންނަ މިކުންފުނިން މީގެ ކުރިންވެސް، މަޝްހޫރު ހޮލީވުޑް ފިލްތައްކަމުގައިވާ، "ޓާމިނޭޓަރ" ފަދަ ފިލްމުތަކަށް ރޮބެޓް އުފައްދާފައިވެއެވެ.

undefined

މި ރޮބެޓް އުފެއްދުމުގެ ފަހަތުގައިވާ ސިކުނޑިއަކީ ޖަޕާނުގެ ބިލިއަނަރު، ރޮބޮޓިސްޓެއް ކަމުގައިވާ ސަންކައި އެވެ. ޖަޕާނުގެ މަޝްހޫރު ރޮބޮޓިކް ކުންފުންޏެއްކަމުގައިވާ، ސައިބާ ޑައިން އަށް 2004 ވަނަ އަހަރު ފަންޑުކޮށްގެން މިފަދަ ރޮބޮޓެއް އުފެއްދުމުގެ މަސައްކަތް ސަންކައި ފެއްޓިއެވެ. މިގޮތުން އޭނާގެ އަމާޒަކަށްވީ، އިންސާނުންނާއި މެޝިންތައް ގުޅުވައިގެން އިންސާނުންނަށް ހެލިފެލިވެ އުޅުމުގެ މިނިވަންކަން ހޯދައިދިނުން ހިމެނެއެވެ.

undefined

މިރޮބެޓިކް ސެންޓަރުން ރޮބޮޓިކް އުފެއްދުންތަކުގެ އަމާޒު މީގެކުރިން ހުރީ މިލިޓަރީ އާއި ގުޅޭ އުފެއްދުންތަކަށެވެ. ނަމަވެސް ސަންކައި ފެއްޓެވި މިމަސައްކަތުން، ކުންފުނީގެ ފޯކަސް، ހެލިފެލިވެ ނޫޅެވޭ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހެލިފެލިވެ، އެހެން މީހަކަށް ބަރޯސާނުވެ، މިނިވަންކަމާއެކު، އުޅެވޭނެ ގޮތްތަކެއް ހޯދައިދުނުމަށް ވަނީ ބަދަލުވެފައެވެ.

undefined

އެޗް.އޭ.އެލް ނަމަކަށް ކިޔާ މިރޮބޮޓްގެ އެހީގައި ކޮޅަށް ނުހުރެވޭ، އަދި ފައިގެ އެއްވެސް ހަރަކާތެއް ނުހުންނަ ފަރާތްތަކަށް ކޮޅަށް ހުރުމުގެ އިތުރުން، ހަށިގަނޑާއި ގުޅުވާލެވޭ މިރޮބޮޓުން ސިކުނޑިން ފުނުވާ ސިގްނަލްތަކަށް އާދައިގެ އިންސާނެއްފަދައިން ހެލިފެލިވެ އުޅެވެއެވެ.

ސައިންކައި ހާމަކުރައްވާ ގޮތުގައި، މިފަދަ އާ ޓެކްނޮލޮޖީއެއް ތަޢާރަފްވާއިރު، އެ ޓެކްނޮލޮޖީ ބޭނުންކުރުމަށް ޚާއްސަ އުޞޫލުތަކެއް ނުވަތަ ޤަވާއިދުތަކެއް ހެދިފައި ނުވެއެވެ. ނަމަވެސް މިފަދަ އާ ޓެކްނޮލޮޖީ ހުއްޓުވުމުގެ ބަދަލުގައި، އުފައްދާ ފަރާތް އަދި ބޭނުންކުރާ ފަރާތްތައްވެސް، ޓެކްނޮލޮޖީ އިތުރަށް ފުޅާކޮށް ކުރިއެރުވޭނެ ގޮތަކަށް ވިސްނުން ބެހެއްޓުން މުހިންމުކަމަށް އޭނާ ވިދާޅުވެއެވެ.

ސަންކައި އަދި އޭނާގެ ޓީމް އަމާޒު ހިފާފައިވަނީ، މިފަދަ އާ ޓެކްނޮލޮޖީ ބޭނުންކޮށްގެން އިންސާނުންގެ ސިއްޙަތު ދިގުމުއްދަތަށް އިތުރުކުރެވޭނެ، ސިއްޙީ އާ ވަޞީލަތްތައް އުފެއްދުމެވެ.

undefined

ނުކުޅެދުންތެރިކަން ހުންނަ ގިނަފަރާތްތައް މިރޮބޮޓް ޓެސްޓްކޮށްލުމަށް، ޒިޔާރަތްކުރަމުން ދާތީ ވަރަށްބޮޑު ހިންހަމަޖެހުމެއް ލިބޭކަމަށް ސަންކައި ވިދާޅުވެއެވެ. އަދި ޓެސްޓް ކުރާ ގިނަ ފަރާތްތަކަށް، އެޗް.އޭ.އެލް ކާމިޔާބެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ