ފުޓްބޯޅައިގެ ތާޜީހް މުޅިން ބަދަލު ކޮށްލި ކުޅުންތެރިޔަކީ ކޮބައިކަން އަހައިފި ނަމަ އެއީ ފުޓްބޯޅަ ލެެޖެންޑު، އާޖެންޓީނާގެެ އޯލް ޓައިމް ސްޓާރ ޕްލެޔަރު ޑިއޭޖޯ މަރަޑޯނާ ކަން ޝައްކެއް ނޯންނާނެއެވެެ. ފުޓްބޯޅައިގެ ފޭނުންނަށް އިއްޔެ ވެެގެން ދިޔައީ ހިތާމަވެރި ދުވަހަކަށެވެ. މުޅި ފުޓްބޯޅަ އާއިލާއަށްވެސް ހިތާމަވެރި ދުވަހެެކެވެ. މަރަޑޯޯނާ މަރުވުމަކީ މުޅި ފުޓްބޯޯޅައަށްވެެސް އައި އެންމެ ކަޅު އެއް ދުވަސްކަން ޔަގީނެއެވެ. މަރަޑޯޯނާގެެ މަރާއި އެކު އެންމެންގެެ ނަޒަރު ހުއްޓެނީ މަރަޑޯނާގެ ތާރީހީ ފޮޓޯ ތަކަށެވެ. މަރަޑޯޯނާގެެ ދިރިއުޅުމަށެވެ.
ކޮޮންމެ އަކަސް އަހަރެންނަށް ވެސް ބެލުނީ މަރަޑޯނާގެ ފޮޓޯތަކަށެެވެ. އަހަރެންގެ ލޮލުގައި މީގެ ކުރިންވެސް އަޅައިގެން އެއްކަމެއް މިއަދުވެސް އަހަރެންނަށް ފާހަގަވެއްޖެ އެެވެ. މަރަޑޯޯނާއަކީ ކިތަންމެެހާވެސް ފެެޝަން ކޮށް ދިރިއުޅުނު ލެޖެންޑެކެވެ. ސަބަބުތަށްވެސް ބައިވަރެވެ. ދުނިޔޭގެ ފުޓްބޯޅައަށް ލޯބި ކުރާ ކުދިބޮޑު އެެންމެންނަށްވެސް މަރަޑޯނާ އިނގޭޭނެއެވެ. ލެޖެންޑަކަށް ވުމާއި އެކު މީހާގެ ދިރިއުޅުންވެސް ބަދަލުކުރަން މަޖުބޫރު ވެެއެވެ. ލުކް ވެގެން ދަނީ މުހިންމު ކަމަކަށެެވެ.
އެގޮތުން މަރަޑޯނާގެ ފަރާތުން ފާހަގަ ވި ތަފާތު ކަމެއް އެެބަ އޮތެވެެ. އާންމުކޮށް ގަޑި އަޅާނަމަ ކޮޮންމެ މީހަކުވެސް ގަޑި އަޅާނީ ކޮންމެވެސް އެއް އަތެެއްގައެވެެ. ނަމަވެެސް މަރަޑޯނާ ތަފާތެވެ. މަރަޑޯނާ ކޮންމެެ އަތެއްގައި ގަޑި އެއް އަޅައެވެ. މިކަމަކީ ގިނަ ބަޔަކު އޭނާއަށް ޖޯކް ޖެހިވެސް ކަމެކެެވެ. އެހެން ނަމަވެސް އޭގެ ފަހަތުގައިވާ ސިއްރަކީ ކޮބައިކަން މާގިނަ ބަޔަކަށް އޮންނަނީ އޮޅުން ނުފިލައެވެ.
2010 ވަނަ އަހަރު ރިޕޯޓަރަކު ކުރި ސުވާލައަކަށް މަރަޑޯނާ ދިން ޖަވާބުގައި ބުނެފައިވާ ގޮތުގައި އޭނާ ދެގަޑި އަޅަނީ ވަރަށްވެސް މުހިންމު ސަބަބަކާ ލައިގެން ކަމަށެވެ. އެއް ގަޑި ހާއްސަވަނި އޭނާގެ އުފަން ގައުމު ، އަޖެންޓީނާގެެ ވަގުތަ ށެވެ. މަރަޑޯނާގެ އާއިލާ ދިރިއުޅެނީ އާޖެންޓީނާގައެވެެ. އަނެއް ގަޑި ހާއްސަ ކުރެވިފައި ހުންނަނީ އޭނަ ދަތުރު ކުރާ މަންޒިލް ތަކުގެ ވަގުތަށެވެ.
މަރަޑޯނާގެެ މި ސްޓައިލަކީ ދުނިޔޭގައި ޓްރެންޑަކަށް ބަދަލުވަމުން އައި ސްޓައިލެެކެވެ. މަޝްހޫރު ގަޑި ބްރޭންޑް ހޫބްލޯގެ އަމިއްލަ ހާއްސަ އެޑިޝަނެއް މަރަޑޯޯނާ ބޭނުން ކުރިއެވެ. އެގޮތުން އެ ގަޑި އަކީ އޭނާ އާޖެންޓީނާ ލޯގޯގައި ސިލްހޫޓް ކޮޮށް ނަގާފައިވާ ކުރެހުމެއް ހިމެނޭ ގަޑިއެކެވެ. ހުބްލޯ ގެ ކުރިން މަރަޑޯނާ ބޭނުން ކުރީ ރޮލެކްސް ގަޑި ތަކެވެ.