logoEN
cocacola
ފުޓްބޯޅައިގެ ލެޖެންޑް، ޑިއޭގޯ މަރަޑޯނާގެ ވަކިވުން

ފުޓްބޯޅައިގެ ލެޖެންޑް، ޑިއޭގޯ މަރަޑޯނާގެ ވަކިވުން

Diego-Maradona-1986

1976 އިން ފެށިގެން ފުޓްބޯޅައިގެ ތާޜީހް މުޅިން ބަދަލު ކޮށްލި ކުޅުންތެރިޔަކީ ހަމަޔަގީނުންވެސް 30 އޮކްޓޯބަރު 1960ގައި މިދުނިޔެއަށް އުފަންވި އާރޖެންޓީނާގެ ކުރީގެ ފޯރވާޑް ޑިއޭގޯ މަރަޑޮނާއެވެ. ފުޓްބޯޅައިގެ ތާރީހްވެސް މިހާތަނަށް ދުށް އެންމެ މޮޅުއެއް ކުޅުންތެރިޔާކަމުގައި އެންމެންވެސް ދެކޭ ޑިއޭގޯ މަރަޑޯނާ 25 ނޮވެމްބަރު 2020ގައި މަރުވިނަމަވެސް، އެނާގެ ފަރާތުން ފުޓްބޯޅަ އާއިލާއަށް އަދި ފުޓްބޯޅައަށް ލިބުނު އާރޯކަމާއި، ކުރިއެރުންތަކުގެ ފަނޑުވުމެއްނެތެވެ.

ގޮސިޔާ

ޕްރޮފެޝަނަލް ފުޓްބޯޅައިގެ ފެށުން

އާރޖެންޓީޏާގެ ވެރިރަށް ބިޔުނެސް އެއާރސްއަށް އުފަންވި މަރަޑޯނާ އެންމެ ފުރަތަމަ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅެންފެށީ 1976 ގައި އާރޖެންޓީނާގެ "އާރޖެންޓީނޮސް ޖޫނިއާރސް"އިންނެވެ. އޭގެފަހުން އޭނާގެ ކުރިއެރުންތަކާއި ކުޅުމުގެ ހުނަރުތަށް އެންމެ ބޮޑަށް ފެނިގެންދިޔައީ އާރޖެންޓީނާގެ ވިހިއަހަރުން ދަށުގެ ގައުމީ ޓީމްއަށް ކުޅެދިން 15 މެޗްއިން 8 ގޯލްކާމިޔާބުކޮށްދީގެންނެވެ. އޭރު އޭނާއަކީ އެންމެ 16 އަހަރުގެ ކުއްޖެކެވެ. މަރަޑޯނާގެ ކުޅުމުގެ ތަފާތު ގޮތްތަކާއި އުކުޅުތައް މުޅި ދުނިޔެއަށް ދައްކަމުން އެންމެ 18 އަހަރުން އޭނާ ގައުމީ ޓީމަށް ކުޅެން ފެއްޓިއެވެ. އޭގެ ފަހުން އޭނާ ގައުމީ ޓިމަށް ކުޅެދިން 91 މެޗް އިން 34 ގޯލް ކާމިޔާބު ކޮށްފައިވެއެވެ.

ގައުމީ ޓީމާއިއެކު ހޯދި ކާމިޔާބީތަކުގެ އުސްއަލިތަކެއް

ޑިއޭގޯ މަރަޑޯނާއަކީ ފަހުގެ ތާރީޙުގައި ފުޓްބޯޅައިގެ އާއިލާ އަދި ފުޓްބޯޅަވެސް ދުށް އެންމެ މޮޅު އެއްކުޅުންތެރިޔާ ކަމާއިމެދު ޝައްކެއްނެތެވެ. މަރަޑޯނާގެ އިންޑިވިޖުއަލް ސްކިލްސް ތަކާއި، އިދިކޮޅު މުޅި ޓީމް "ފުނަޑާލުމަށްފަހު" ޖަހާގޯލްތަކުން އެކަން ވަރަށް ސާފުވެއެވެ. އެގޮތުން 1986 ގެ ވޯލްޑްކަޕްގައި މެރެޑޯނާގެ ހުށިޔާރުކަމާއި، ކުޅުމުގެ ވައްޓަފާޅިއާއި، އޭނާގެ އިންޑިވިޖުއަލް ސްކިލްސްއާއި އަދި ހަމައެހެންމެ، އިދިކޮޅު މުޅި ޓީމް ކައިރިން ކޮށްޓުމަށްފަހު ޖެހި ގޯލްތަށް ވަރަށް ރީއްޗަށް ފެނިގެންދިޔައެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ ފުޓްބޯޅައިގެ ތާރީޙުގައިވެސް ޖެހި އެންމެ ރީތިގޯލް ކަމުގައިވާ 1986ގެ ވޯލްޑްކަޕް ގައި މަރަޑޯނާ އިނގިރޭސިވިލާތާއި ދެކޮޅަށް ޖެހި ގޯލެވެ. "ދަ ގްރޭޓަސްޓް ގޯލް އޮފް އޯލް ޓައިމް" ގެ ގޮތުގައި ފާހަގަކޮށްފައިވާ މިގޯލަކީ، ދަނޑުގެ މެދު ރޮނގެއްހާ ހިސާބުން މަރަޑޯނާގެ ހަލުވި ދުވެލީގައި ދުވެމުން ގޮސް އިންގްލޭންޑްގެ މިޑްފީލްޑް އިން ފަށައިގެންގޮސް ޑިފެންސްލައިން އަދި ކީޕަރުވެސް ފޫއަޅުވާލުމަށްފަހު ޖެހި ރީތިގޯލެވެ.

ދެވަނަ ހެއްކަކީ ހަމަ 1986 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ވެސްޓް ޖަރމެނީގެ ކޮޅަށް މަރަޑޯނާޖެހި ހިތްގައިމު ގޯލެވެ. " ހޭންޑް އޮފް ގޯޑް" ގޯލަކީ މުޅި ދަނޑުގައި ތިބި ސަޕޯޓަރުން އަދި ރެފްރީއިންނަށްވެސް އޮޅުންއެރި ގޯލެކެވެ. މަރަޑޯނާގެ ހުށިޔާރުކަން ދައްކުވައިދިން މިގޯލަކީ އިދިކޮޅު ޓީމުގެ ކީޕަރުގެ ބޯމަތިން މަރަޑޯނާ ފުންމުމަށްފަހު، އަތުން ޖެހި ހިތްގައިމުގޯލެކެވެ.

މަރަޑޯނާގެ ކުޅަދާނަކަމާއި ހުށިޔާރުކަމުގެ އެންމެ ބޮޑު ނަތީޖާއަކަށްވީ އެއަހަރުގެ ވޯލްޑްކަޕް ވެސް އާރޖެންޓީނާއިން އުފުލުމެވެ. މުޅި ޓީމް ލީޑްކޮށް، ޓީމަށް ރަންތަށި ހޯދައިދިނުމުގެ މޭސްތިރިއެއްގައި މެރެޑޯނާހުރިކަން އެންމެ ބޮޑަށް ސާފުކޮށްދިނީ ފައިނަލް ނިމުމަށްފަހު ތަށްޓާއިއެއްކޮށް އާރޖެންޓީނާގެ މުޅިޓީމް މަރަޑޯނާ އައްދަނޑިމަތީ އުފުއްލުމުންނެވެ.

ކްލަބް ލެވެލްގެ ކާމިޔާބީތަށް

ކްލަބްލެވެލްގައި ވެސް މަރަޑޯނާ ދިޔައީ ވިދާބަބުޅަމުންނެވެ. އެގޮތުން އޭނާގެ ކެރިއަރުގައި 6 ކްލަބަކަށް ކުޅެދީފައިވާއިރު، އެހުރިހާ ކްލަބްތަކަށް ކުޅެދިން 491 މެޗްއިން 259 ގޯލް ކާމިޔާބުކުރިއެވެ.

މެރެޑޯނާ ކުޅެދިން ކުލަބުތަކާއި އެކުލަބުތަކަށް ޖެހި ގޯލްގެ އަދަދުތަށް:

އާރޖެންޓީނޮސް ޖޫނިއަރސް (1976-1981) 167 މެޗްއިން 116 ގޯލް

ބޮކަ ޖޫނިއަރސް (1981-1982) 40 މެޗްއިން 28 ގޯލް

ބާރސެލޯނާ (1982-1984) 36 މެޗްއިން 22 ގޯލް

ނަޕޯލީ (1984-1991) 188 މެޗްއިން 81 ގޯލް

ސެވިއްޔާ (1992-1993) 26 މެޗްއިން 5 ގޯލް

ނިވެލްސް އޯލްޑް ބޯއިސް (1993-1994) 5 މެޗްއިން 0 ގޯލް

ބޮކަ ޖޫނިއާރސް (1995-1997) 30 މެޗްއިން 7 ގޯލު.

އެގޮތުން މަރަޑޯނާ ކްލަބްލެވެލްގައި ހޯދި އެންމެ ފުރަތަމަ ކާމިޔާބީއަކީ 1981ގައި ބޮކަ ޖޫނިއާރސްއާއި އެކީ އުފުލާލި އާރޖެންޓީނާގެ ޕްރިމިއާރ ޑިވިޝަން ސީޒަންއެވެ. އެއީ އޭނާގެ އެންމެ ފުރަތަމަ ޑޮމެސްޓިކް ތަށިވެސްމެއެވެ. އޭގެ ފަހުން 1983 ގައި ސްޕެއިންގެ ބަރސެލޯނާއާއި އެކު ކާމިޔާބު ސީޒަނެއް ހޭދަކޮށް ބާރސަލެނޯ އާއި އެއްކޮށް ކޮޕަ ޑެލްރޭ، ސްޕެނިޝްލީގް އަދި ވިހި އަހަރުބް ދަށުގެ ކްލަބް ވޯލްޑްކަޕް އޭނާ ކާމިޔާބުކުރިއެވެ. އޭގެ ފަހުން އައީ ނަޕޯލީއާއި އެއްކޮށް މަރަޑޯނާ ހޭދަކުރި އޭނާގެ އެންމެ ކާމިޔާބު އެއްދުވަސްވަރެވެ. 87/88 ގެ ސީޒަނުގައި ސިރީއޭ އަދި ކޮޕަ އިޓަލިއާގެ ދެމުބާރާތުގެ އެންމެ ގިނަ ގޯލްކާމިޔާބުކޮށް، ރަންބޫޓް ނެގިއެވެ. އަދި ނަޕޯލީއާއި އެއްކޮށް ދެ ފަހަރު އިޓާލިއަން ޗެމްޕިއަންޝިޕް، އެއްފަހަރު އިޓާލިއަން ކަޕް، އެއްފަހަރު އިޓާލިއަން ސުޕާ ކަޕް، 1 ފަހަރު ޔުއެފާ ކަޕް ކާމިޔާބުކުރިއެވެ. ނަޕޯލީއާއު އެއްކޮށް މަރަޑޯނާ ހޭދަކުރި ދުވަސްވަރަކީ އޭނާގެ ފުޓްބޯޅަ ހަޔާތުގައި ވެސް އެންމެ ގިނަ އިންޑިވިޖުއަލް އަދި ޓީމް ތަށިތަށް ކާމިޔާބުކުރި ފަހަރެވެ.

20ވަނަ ގަރުނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުން

11 ޑިސެމަބަރު 2000 ވަނަ ދުވަހު މަރަޑޯނާއަށް ލިބުނީ އޭނާގެ މުޅި ކެރިއަރުގެވެސް އޭނާއަށް ލިބުނު އެންމެ ބޮޑު ކުރިއެރުމެވެ. އެއީ ފީފާއިން ދިން "ފީފާގެ ގަރުނުގެ ކުޅުންތެރިޔާގެ އެވޯޑް" އޭނާ ހާސިލްކުރުމެވެ. މަރަޑޯނާ އާއި އެއްކޮށް ބްރެޒިލްގެ ޕެލޭވެސް ވަނީ މިއެވޯޑް ހާސިލްކޮށްފައެވެ.

ކޮންމެއަކަސް، މަރަޑޯނާގެ ހަނދާންތަށް މުޅި އުމުރަށްވެސް ދެމިހުންނާކަމީ ޔަގީންކަމެކެވެ. އެފަދަ ހުނަރުން ފުރިގެންވާ ކުޅުންތެރިޔަކު ފަހުގެ ޖީލެއްގައި އައުމަކީވެސް ނާދިރުކަމެކެވެ. އެހެނީ، މަރަޑޯނާ އަކީ، ފުޓްބޯޅައިގެ ރަން ކުޅުންތެރިންގެ ތެރެއިން ފެވިފައިވާ ކުޅުންތެރިޔެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ