logoEN
cocacola
ރާއްޖޭގެ އޮންލައިން ވިޔަފާރީގައި "ޑީއެމް" ކުރުން!

ރާއްޖޭގެ އޮންލައިން ވިޔަފާރީގައި "ޑީއެމް" ކުރުން!

އަޙްމަދު ޖަމީލު

logo

11/27/2020, 7:16:18 PM

wwq

އޮންލައިން ވިޔަފާރިއަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ކުރަމުން އަންނަ ވިޔަފާރިއެކެވެ. ވިޔަފާރި ކުރާމީހުންނަށް ވަރަށް ބޮޑު ލުޔެއް ގެނެސްދޭ އޮންލައިން ވިޔަފާރި އެންމެން ކަހަލަ ގޮތަކަށް ބޭނުން ކުރަނީ ސަބަބެއް ނެތިއެއް ނޫނެވެ. ބޭނުން ކޮންމެ ތަނެއްގައި ހުރެ އަތުގައި އޮންނަ ސްމާރޓް ފޯނުން ބޭނުންވާ އެއްޗެއް އަގު ހެޔޮކޮށް ގަނެލަން ވީއެވެ. ބޮޑުކަމަކަށްވެސް ކުޑަ ކަމަކަށްވެސް ކޮށްލަން ޖެހޭނީ ކުޑަ ކުޑަ އިންތިޒާރެކެވެ.

ގޮސިޔާ

އޮންލައިން ވިޔަފާރިއަކީ މިހާރު ދިވެހިންގެ މެދުގައިވެސް މަގްބޫލު ވިޔަފާރިއެކެވެ. ނަމަވެސް ހިތާމައަކީ މައިކަލް އަލްޑރިޗް އީޖާދު ކުރި މި ވިޔަފާރިގެ އަސްލު މަގުސަދު ދިވެހިން އޮޅުވާލި ކަމެވެ. އޮންލައިން ވިޔަފާރި އުފެއްދުމުގެ ބޭނުމަކީ ޚަރަދު ކުޑަކޮށް ވިޔަފާރިވެރިޔާ އަށް އެއްޗިސް ވިއްކުމާއި، މުދާ ގަންނަ ފަރާތްތަކަށް ފަސޭހަ އަދި ހެޔޮއަގެއްގައި ބޭނުންވާ ތަކެތި ގަނެލުމުގެ ބޭނުމުގައި ކަމަށް އޮންލައިން ވިޔަފާރީގެ ބައްޕަ ކަމުގައިވާ މައިކަލް އަލްޑރިޗް ބުނެފައިވެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި އޮންލައިން ވިޔަފާރީގެ ހިދުމަތް ދެމުން ގެންދާއިރު، ވިއްކަން ހުންނަ ކޮންމެ އެއްޗެއްގެވެސް އަގު ޖަހާފައި ހުރެއެވެ. ޑެލިވަރ އަގު ނޫނީ ޝިޕިންގ ޗާރޖް ވެސް އެންމެނަށް ފެންނަހެން ހުރެއެވެ. ނަމަވެސް ދިވެހިން ގެ ތެރޭގައި މިއުޅޭ އޮންލައިން ވިޔަފާރި ވެރިޔާއަށް އެއްޗެއްގެ އަގު ޖެހުމުގެ ބަދަލުގައި ޖެހެނީ "ޑީއެމް" އެވެ. އެބުނެވެނީ އަގު ހޯދަން މެސެޖެއް ކުރާށެވެ. ސަރުކާރުގެ އިދާރާއެއްގެ ބަހެއް ހޯދުމަށް ސިޓީ ހުށަހަޅާ ބީދައިން ވިއްކަން ހުންނައެޗެއްގެ އަގު ހޯދަން މި ޖެހެނީ ވިޔަފާރިވެރިޔާ ކައިރިން އާދެސް ކުރާށެވެ. މިކަމުގެ ހަގީގީ ބޭނުމަކީ ކޮބައި ކަމެއް އެއްގޮތަކަށްވެސް ނުވިސްނުނެވެ. ފަހަރުގައި އެއީ ވިއްކަން އުޅޭ އެއްޗެއްގެ އަގު ބޮޑު ކަމަށް ގަބޫލު ކުރެވޭތީ އާންމުން އެކަމަށް މަލާމަތް ކޮށްފާނެ ކަމުގެ ބިރު ހީވަނީ އެވެ. ނޫނީ ވަކި މީހަކަށް ވަކި އަގެއް ދޭން ބޭނުންވަނީ ކަމަށް ވެސް ވެދާނެއެވެ.

ގިނަފަހަރަށް ގަންނަން އުޅޭ އެއްޗެއްގެ އަގު ހޯދަން އެ މީހަކަށް ނުވަތަ އެ ޕޭޖަކަށް އެކިޔާ "ޑީއެމް" ކޮށްލުމުން ޖަވާބު ލިބެނީ އެކަމެއްގެ މުއާލާތް ކެނޑޭ ފަހުންނެވެ. ގައިމު ތި ވިއްކާއެއްޗެއްގެ އަގު ޖަހާލާފައި ހުންނަ ނަމަ ދެ ފަރާތަށް ވެސް ވާނެ ފަސޭހަ ނޭނގެނީބާއޭ ހިތައް އަރައެވެ. ދެފަރާތުގެ ވަގުތު ސަލާމާތް ވާނެވެ.

ދެން އޮތީ އަނެއްވާހަކައެވެ. އޮންލައިން ވިޔަފާރީގެ ހަގީގީ ބޭނުމަކީ ބޭކާރު އިތުރު ޚަރަދު ނުކޮށް ވިއްކާ އެއްޗެއް އޭގެ އެންމެ ރަނގަޅު ހެޔޮއަގުގައި ވިއްކުމުގެ ފުރުސަތު ހުޅުވާލުމެވެ. ޒަމާނަށް އަންނަމުންދާ ބަދަލާއި އެކު އޮންލައިން ވިޔަފާރިވެސް ތަފާތު ގޮތް ގޮތަށް އޮންލައިން ޕްލެޓްފޯރމްގެ ތެރޭގައި ކުރެވެމުން ދެއެެވެ. ބޮޑު ޚަރަދު ކޮށްގެން ހިންގާ ވެބްސައިޓު ތަކުން ފެށިގެން އައިސް ފޭސްބުކްގެ ގްރޫޕް ތަކަށް ފޮޓޯ ލައިގެން ވިޔަފާރި ކުރާމީހުން މީހުންވެސް މަދެއްނޫނެވެ. ކަން މިހެން ހިނގާއިރު އަދިވެސް ބޮޑު ކުލި ދައްކައި މުވައްޒަފުންނަށް މުސާރަ ދީގެން ފިހާރަ ހިންގާ މީހުންވެސް އެބަ އުޅެއެވެ. އެކެމަކު ދެރައީ މިހުރިހާ ޚަރަދެއް ކޮށްގެން ފިހާރަ ހިންގާ މީހާ ވިއްކާ މުދަލުގެ އަގަށް ވުރެ ގޭގެ އެދުމަތީގައި އޮވެގެން މުދާ ވިއްކާ މީހާގެ މުދަލުގެ އަގު ބޮޑުވުމެވެ. ފަހަރުގައި ރަނގަޅު ކޮލަޓީގެ މުދަލެކޭ ބުނެވިދާނެވެ. އެހެން ނޫނީ ގިނަ އަދަދަކަށް މުދާ ރާއްޖެ އެތެރެ ނުކުރާތީ ލިބޭނީ ރީޓެއިލް ރޭޓްގައިކަމަށް ބުނެވިދާނެވެ.

ރަނގަޅެވެ. ވިޔަފާރީގައި ނަފާ ހޯދާނީ ވިޔަފާރިވެރިޔާ ބޭނުން ވަރަކަށެވެ. " މަ ވިއްކާ އެއްޗެއް ވިއްކާނީ މަ ބޭނުން އަގެއްގަ " ކަމަށް ބުނެގެން ވިޔަފާރި ކުރަންވީ އެވެ. އެކަމަކު އެއީ ރަނގަޅު އުސޫލެއް ނޫނެވެ. މައްސަލަ އަކީ އަގުހެޔޮކޮށް ވިއްކަންޖެހޭ ތަނެއްގައި އަގު ބޮޑު ކޮށް ވިއްކުމެވެ. އަލި އެކްސްޕްރެސް އިން -/100 ރުފިޔާއަށް ދޭ ގަޑި ގެނެސް 700 އަށް ވިއްކާ އިރު އަލީ އެކްސްޕްރެސް އާއި އީބޭ ފަދަ ތަންތަނުން ތަކެތި ގަންނަ ބައިވަރު މީހުން އުޅެއެވެ. އަދި އެމީހުންނަށް އެ ތަކެތީގެ އަސްލު އަގު އިނގެއެވެ. ރާއްޖޭގެ ޕޭޖް ތަކުގައި ބޮޑު އަގުގައި ވިއްކަން ޖަހާފައި ހުންނަ ތަކެއްޗަކީ ބޭރުން ބޮޑު ތަނުން އަގުހެޔޮކޮށް ގެންނަ ތަކެތި ކަމަށް ބުނެ އޭގެ އަސްލު އަގުގެ ފޮޓޯ އާއި އިތުރު މައުލޫމާތު ކޮމެންޓް ގެ ގޮތުގައި ބައެއް ދިވެހިން ލިޔެފަ ހުންނަތަން ފެނެއެވެ.

undefined

ވިޔާފާރި ކުރާ މީހާ ތަކެތި ވިއްކާނީ އެ ތަކެތި ގަންނަ އަގަށް އިތުރު ފައިދާއެއް ލައިގެންނެވެ. އެެހެން ނަމަވެސް އެއްފަހަރާ މުއްސަނދި ވުމުގެ ވިސްނުމަކީ ރަނގަޅު ކަމެއް ނޫނެވެ. ބޭރު ޕްލެޓްފޯމަކުން އެއްޗެއް ގަންނަން 50 ރުފިޔާ އިންވެސްޓު ކޮށްގެން 20 ދުވަހަށް މަޑު ކުރުމަކީ ހާސް ކަމަކަށް ކުރަން ޖެހޭ ކަމެވެ. އެ އެއްޗެއް ރާއްޖެ އަންނަން 20 ދުވަސް ނަގާނަމަ ދުވާލަކަށް 10 ރުފިޔާ ގެ ފައިދާ ލިޔަސް އަސްލު އަގަށް އިތުރުވާނީ 200 ރުފިޔާއެވެ. އެވަރުވެސް މަދުވާނަމަ އިތުރަށް 100 ރުފިޔާ ގެ ބޮޑު ފައިދާ އެއް ލިޔަސް 700 ރުފިޔާ ނާރާނެވެ. ބޮޑު ތަނުން އަގު ހެޔޮވެގެން ދެއެވެ. ހަމަ ގައިމުވެސް ވިޔަފާރި ކުރާ މީހާ އަކީ މަހަކު 50 ރުފިޔާ މުދާ ގަންނަން ޚަރަދު ކުރާނެ މީހަކަށް ނުވާނެވެ. ވިޔަފާރީގައި ރަނގަޅު ނަފާ އެއް ލިބޭނީ ގިނަ އަދަދަކަށް މުދާ ގެނެސްގެންނެވެ. އެކަމަކު ދިވެހި އޮންލައިން ވިޔަފާރިވެރިޔާގެ ވިސްނުން ހުރީ ކުޑަ ލާރިން އެއްޗެއް ގެނެސް، އޭގެއިން މުއްސަނދި ވާށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ