ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 3 މީހަކު ހައްޔަރު ކޮށްފި

ހުވަދޫ އަތޮޅު ދެކުނުބުރީގެ ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮއްފިއެވެ.

ފުލުހުން ބުނީ އިތުބާރުކުރެވޭ މަގާމެއްގައި ތިބެ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ތިން މީހުން ހައްޔަރުކޮއްފައި ވަނީ އިއްޔެ ހަވީރު ކަމަށެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެެނެނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނަކާއި، 49 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 53 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ. އަދި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާ އާއި ގޯނާ، ރޭޕްގެ މައްސަލަތައް ސިއްރު ނުކޮށް ވީހާވެސް އަވަހަށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުުރުމަށް އެ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ. އަދި އެފަދަ މައްސަލަތައް ފުލުހުން ބަލަނީ ސީރިއަސް މައްސަލަތަކިގެ ގޮތުގައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް