logoEN
ޕީއެންސީ 2
މިހާތަނަށް 86 ކެންޑިޑޭޓަކު ނަން ނަގާފައިވޭ - އީސީ

މިހާތަނަށް 86 ކެންޑިޑޭޓަކު ނަން ނަގާފައިވޭ - އީސީ

އަޙްމަދު ޖަމީލު

logo

11/26/2020, 8:43:55 AM

EC Shareef

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަ ކުރަން ހުށައެޅި ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް 86 ކެންޑިޑޭޓަކު ނަން ނަގާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ޝަރީ 2024

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރަން ހުށައެޅި ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް 86 ކެންޑިޑޭޓަކު ނަން ނަގާފައިވާ ކަމަށެވެ.އެއީ ކައުންސިލް އިންތިހާބުގައި ވާދަކުރަން ފޯމް ހުށައެޅި 59 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރަން ފޯމް ހުށައެޅި 27 ކެންޑިޑޭޓުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕިގެ 41 ކެންޑިޑޭޓަކާއި ޕީޕީއެމްގެ 12 ކެންޑިޑޭޓެއްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ހަ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ފޯމް ހުށައެޅި 27 ކެންޑިޑޭޓެކެވެ.

ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލުން އަދި ސިޓީ ކައުންސިލްތައް ހިމެނޭ ގޮތަށް ޖުމުލަ 980 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އަހަރު މާޗު މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ