ކޮފީ ބޯ ފަރާތްތަކަށް އަމާޒުކޮށްގެން ކޮފީ މެޝިނަކާއި 100 ކެެޕްސިއުލް ހިލޭ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ކެޕިޓާ މޯލްޑިވްސް ކުންފުނީގެ ފަރާތުން ފަށައިފި އެވެ.
ކެޕިޓާ މޯލްޑިވްސް އިން މައުލޫމާތުދޭ ގޮތުގައި މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ކުރަންޖެހޭނެ ކަމަކީ އިންސްޓަގްރާމްގައި ކެޕިޓާ މޯލްޑިވްސްއަށް ފޮލޯކޮށް އެމީހެއްގެ އަމިއްލަ ސްޓޯރީއަށް ޝެއަރކުރުމެވެ. އަދި މި ޕްރޮމޯޝަންއަކީ އޮސްޓްރޭލިޔާގެ މަޝްހޫރު ޕޮޑިސްޓާ ކޮފީ އަދި ހޮޓް ޗޮކްލެޓް ރާއްޖެއަށް ތައާރަފް ކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ޕްރޮމޯޝަނެކެވެ.

ޕޮޑިސްޓާ ކޮފީ އަދި ހޮޓް ޗޮކްލެޓް ރާއްޖެ އެތެރެކޮށް ރީޓައިލް އަދި ހޯލްސޭލްކޮށް ވިއްކަމުންދަނީ ކެެޕިޓާ މޯލްޑިވްސް އިންނެވެ. މިވަގުތު ރާއްޖޭގައި ވިއްކަމުންދަނީ ޕޮޑިސްޓާ ކޮފީގެ ފަސް ވައްތަރެކެވެ. އެއީ ޑަބަލް ޝޮޓް، އިންޓެންސޯ، ސުޕްރީމޯ، އެރޮމެޓިކޯ އަދި ކެރެމަލް އިންފިއުޝަނެވެ. އަދި ހޮޓް ޗޮކްލެޓްގެ ހަތަރު ބާވަތެއްވެސް ދަނީ ވިއްކަމުންނެވެ. އެއީ ސްމޫތު އެންޑް ކްރީމީ، ކެރެމަލް އިންފިއުޝަން، މިންޓް އިންފިއުޝަން އަދި ހެޒަަލްނަޓް އިންފިއުޝަނެވެ.
ޕޮޑިސްޓަރ ކޮފީ އަދި ހޮޓްޗޮކްލެޓް ކެޕްސިއުލް މިވަގުތު ކެޕިޓަރ މޯލްޑިވްސްގެ ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖުން އަދި ކެޕިޓާ މޯލްޑިވްސްގެ ހޮޓްލައިން ނަންބަރު 9655540 މެދުވެރިކޮށް އޯޑަރ ކުރެވޭއިރު މިވީ ކުޑަ މުއްދަތުގެ ތެރޭގައި ރާއްޖޭގެ ގިނަ މީހުންގެ މަޤްބޫލުކަން ހޯދާފައިވާ ކަމަށް ކެޕިޓަރ މޯލްޑިވްސް އިން ބުންޏެވެ.