logoEN
cocacola
ޤައުމީ ގުރުއާން މުބާރާތަށް ވައިބާއިން ކިޔެވުމުގެ ރެކޯޑިން ފޮނުވޭގޮތް ހަމަޖައްސައިފި

ޤައުމީ ގުރުއާން މުބާރާތަށް ވައިބާއިން ކިޔެވުމުގެ ރެކޯޑިން ފޮނުވޭގޮތް ހަމަޖައްސައިފި

އަހުމަދު ޝުރާއު

logo

11/25/2020, 8:27:23 PM

big_YcVMpcmS5lPVG13

ކީރިތި ޤުރްއާން ބަލައިގެންކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020ގެ ޕޯޓަލް އަށް، ކިޔެވުމުގެ ރެކޯޑިން ހުށަހަޅަން ދަތިވާ ބައިވެރިންނަށް ވައިބާ މެެދުވެެރިކޮށް ރިކޯޑިންގް ފޮނުވޭ ގޮޮތަށް ހަމަޖައްސައިފި އެވެެ.

ގޮސިޔާ

ބޭފުޅުންނަށް ކިޔެވުމުގެ ރެކޯޑިން ޕޯޓަލްއަށް ހުށަހެޅުމުގައި ދަތިތަކެއް ދިމާވަމުން އަންނަ ކަމުގެ ޝަކުވާ މިނިސްޓްރީން ލިބެމުން އަންނާތީ ވައިބާ މެދުވެރިކޮށް ރިކޯޑިންގް ތަށް ފޮނުވޭޭނެ އިންތިޒާމުތަށް ހަމަޖައްސައިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން މައުލުމާތު ދެއެވެ. އެގޮތުން ވައިބާ މެެދުވެރިކޮށް ރިކޯޑިންގް ފޮނުވުމަށް ހާއްސަ ކޮށްފައިވާ ނަމްބަރަކީ 7321728 އެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމު ކޮށްގެން ބާއްވާ "ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020" އަކީ މީގެ ކުރިން ބާއްވަމުންދިޔަ ޤައުމީ މުބާރާތާއި ޚިލާފަށް މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް ވާޗުއަލްކޮށް ޤައުމީ ފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަލައިގެން ކިޔެވުމުގެ ޚާއްޞަ މުބާރާތެކެވެ.

މުބާރާތް ހުޅުވާލެވިފައިވަނީ މުޖައްވަދުކޮށް (ދިގު ރާގު) އަދި ޙަދަރުކޮށް (ކުރު ރާގު) ކިޔަވާ ގޮތަށެވެ. މުބާރާތުގެ އޮޑިޝަން އޮންނާނީ 2020 ނޮވެމްބަރ 16 އިން 2020 ނޮވެމްބަރ 28 އާއި ދެމެދުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ