ރަށު ކަރަންޓީނު މުއްދަތު ހަމަ ނުވަނީސް އަނބުރާ މާލެެދިއުމަށް ގދ ކާޑެއްދޫއަށް ގޮސް ހުރި މީހަކު ހުއްޓުވައި ޖޫރުމަނާ ކޮށްފި އެވެ.
"ގާފު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެގެ ވަގުތެއްގައި ކާޑެއްދޫއިން ހިފަހައްޓާފައިވަނީ ގދ ފިޔޯޯރީއިން ކާޑެއްދޫއަށް އައި ފަރާތެކެވެ. ފުލުހުން ވަނީ އެމީހާ ޖޫރުމަނާކޮށް އަނބުރާ ކަރަންޓީނަށް ފޮނުވާލާފައެވެ.
މިމައްސަލައާއި ގުޅިގެން ރަސްމީ އެއްވެސް އިދާރާއަކުން އަދި މައުލޫމާތު ހިއްސާކޮށްފައި ނުވެއެވެެ.
ކަރަންޓީނު އަމުރާއި ހިލާފުވެއްޖެ ނަމަ 5000 ރުފިޔާ އިން ޖޫރިމަނާ ކުރާ ގޮތަށް އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާއި ބެހޭ ގަވާއިދުގައި ވެއެވެ.
Post Views: 810
One Response
ކަރަންޓީނުވާންޖެހެނީ ދެރަ ނިކަމެތި ރައްޔިތުމީހާ އެކަނި ދެއްތޯ މިހެން އަހާލީ މާލޭގަހުރި ސަރުކާރުގެ އެކި އެކި މުއަށްސަދާތަކުގެ އެކި ފަނތީގެ މީހުން ރާއްޖެތެރޭ ތައްތަކަށް އަރާ އެގޮތްމިގޮތައް ބުމަރެއްހެން އެނބުރިފަ އެދަނީ އެފަދަމީހުންދެކެ ކޮވިޑު ބިރުގަންނަނީތަ؟ ގޭތެރޭގަ އަމަޔައް ވަކިއުސޫލެއް ބަފަޔައް ވަކިއުސޫލެއް ދަރިންނައް ވަކިއުސޫލެއް ދޯ