
ED74A253-869A-47FC-BDCB-62C5F2AB392D
ރާއްޖެ އައި ފަތުރުވެރިޔަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އއ. ތޮއްޑޫގައެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައި ނުވެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ޖިންސީ ފުރައްސާރަ ކޮށްފައިވަނީ ތޮއްޑޫގައި ޗުއްޓީ ހޭދަކުރަމުންދިޔަ ސްލޮވީނިއާ އަންހެނަކަށެވެ.