logoEN
ކޮކާކޯލާ
މިސްކިތްތަކުގައި ކައިބޮއެ ނިދާ ހަދާތީ ހައްލެއް ހޯދަނީ

މިސްކިތްތަކުގައި ކައިބޮއެ ނިދާ ހަދާތީ ހައްލެއް ހޯދަނީ

އަޙްމަދު ޖަމީލު

logo

11/25/2020, 10:42:38 AM

unnamed

މިސްކިތްތަކުގައި މީހުން ނިދާ ކައިބޮއި ހަދާ ކަމުގެ ޝަކުވާ ލިބޭތީ އެކަން ހައްލު ކުރުމަށް ކޮމިޓީ އެއް ހަދައި މަސައްކަތް ފަށައިފި އެވެ.

އަބުޅޯ

ހޯމް މިނިސްޓްރީން މިއަދު ވިދާޅުވީ، މާލޭސިޓީގައި ބޯހިޔާވަހިކަމެއް، އަޅާލާނެ ބަޔަކު ނެތި މަގުމަތިވެފައިވާ ފަރާތްތަކުން ބައެއް މިސްކިތްތަކުގައި ފެންވަރައި، ނިދާ ކައިބޮއި ހަދާކަމުގެ ޝަކުވާ އެ މިނިސްޓްރީ އަށް ލިބޭ ކަމަށާއި އެކަން ހައްލު ކުރުމަށް ގުޅުންހުރި ދާއިރާތަކާއެކު މަސައްކަތް ފަށާފައިވާ ކަމަށެވެ.

އިތުރަށް ބުނީ، ހޯމް މިނިސްޓްރީން އިސްވެ އެކަމަށް ހައްލެއް ހޯދަން މަސައްކަތް ފެށީ އޭގެތެރެއިން ގިނަ ފަރާތްތަކަކީ ކުށުގެ ރެކޯޑް އޮންނަ ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައްކަމުގައި ފާހަގަކުރެވޭތީ ކަމަށެވެ.

މި މަސައްކަތް ހައްލުކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެކުލަވާލެއްވި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ހޯމް މިނިސްޓްރީގެ އިތުރުން، ޖެންޑާ އާއި ނޭޝަނަލް ޑްރަގް އެޖެންސީ އާއި ސިޓީ ކައުންސިލާއި ފުލުހުންނެވެ.

މިކަމާ ގުޅިގެން މިއަދު ބައްދަލުވުމެއް ބާއްވާ ހައްލު ކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި، އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ