logoEN
Sto top
ތިނަދޫގެ ނަން ހަވަރުތިނަދޫ އަށް ބަަދަލުކުރަނީތަ؟

ތިނަދޫގެ ނަން ހަވަރުތިނަދޫ އަށް ބަަދަލުކުރަނީތަ؟

އަހުމަދު ޝުރާއު

logo

7/24/2021, 11:11:01 AM

adfgaa

ރެއިންސުރެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެއް ހޭޝް ޓެގަކީ ހަވަރުތިނަދޫ ހޭޝްޓެގެވެ. ސޯޝަލް މީޑިއާ ބޭނުންކުރާ ގިނަ ތިނަދޫ ރައްޔިތުންގެ އިހްސާސްތަކާއި ވިސްނުން ކޮންމެވެސް ވަރަކަށް މި ހޭޝްޓެގްތަކުން ތިލަވެގެންދެއެވެ.

Wamco

ގާފު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހޭޝްޓެގް ދައުރުވާން ފަށާފައިވަނީ ރޭ ކްލަބްހައުސްގައި ކުރިޔަށް ދިޔަ ފޯރަމަކަށްފަހުގައި އެވެ. މި ފޯރަމްގައި ތިނަދޫގެ ނަން ކުރިން އޮތް ގޮތަށް ހަވަރު ތިނަދޫއަށް ބަދަލުކުރުމަށް ތިނަދޫ ރައްޔިތަކު ވަނީ ހުށަހަޅާފައިއެވެ. މި ފޯރަމްގައި ތިނަދޫގެ ކައުންސިލްގެ މެމްބަރުން ވަނީ ބައިވެރިވެފައި އެވެ. ނަމަވެސް މިކަމާއި ބޭހެގޮތުން ރަސްމީބަހެއް މިހާހިސާބަށް އައިއިރުވެސް އޮތީ ނުލިބިފައި އެވެ.

މިކަމާއި ގުޅިގެން ގާފުން ވަނީ ތިނަދޫ ކައުންސިލްގެ ރައީސް ސައަދު އަލީގެ ބަހެއް ހޯދުމަށް މަސައްކަތް ކޮށްފައި އެވެ. އެގޮތުން ގާފު އަށް މައުލޫމާތު ދެއްވަމުން ސައުދު ވިދާޅުވީ ރޭ ކްލަބް ހައުސް ފޯރަމެއްގައި ތިނަދޫގެ ނަން ހަވަރު ތިނަދޫއަށް ބަދަލުކުރުމަށް ތިނަދޫ ރައްޔިތަކު ހުށަހެޅުމާއި އެކު ގިނަ ބަޔަކު އެކަމަށް ތާއީދުކޮށް ޝުއޫރުފާޅުކުަރަމުން އަންނަ ކަމަށެވެ. އަދި މިއާއި އެކު ތިނަދޫ ކައުންސިލުން މިކަމަކީ ވާނެ ކަމެއްތޯ ބެލުމަށް ސަރުކާރު މުވައްސަސާތަކާއި ބައްދަލުކޮށް ގާނޫނީ ގޮތުން މިކަމަށް ތަންދޭނަމަ މިކަން ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސައުދު ވިދާޅުވިއެވެ.

ތިނަދޫއަށް "ހަވަރު ތިނަދޫ" އެނަން ކިޔަނީ ދިވެހި ރަސްކަމުގެ ލަޝްކަރުތައް ކަމަށްވާ ދޮށިމޭނާވަރާއި ވެލާނާވަރާއި ހަކުރާވަރާއި މާފަތްވަރާއި ދަހަރާވަރާއި ފާމުލަދޭރި ވަރަށް ނިސްބަތް ކޮށެވެ. އައްސުލްތޯނުލް ޣާޒީ މުހައްމަތު ތަކުރުފާނުލް އައުޒަމްގެ ރަސްކަމުން ފެށިގެން ތިނަދޫ އޮތީ ހަވަރުގެ ބެލުމުގެ ދަށުގަ އެވެ. ސުލްތޯނު މުހައްމަދު މުއީނުއް ދީން އެކެއްގެ ރަސްކަމާ ހަމައަށް ތިނަދޫގެ ކަންކަން ހިންގައި ބެލެހެއްޓުމަށް ހަވަރުގެ ހަ ބޮޑު ބޭކަލުންގެ ތެރެއިން ބޭކަލަކު ތިނަދޫގައި ގާއިމުވެ ހުންނެވި އެވެ. އޭގެ ފަހުން ތިނަދޫ އާއި ކާޑެއްދޫ އާއި ކުބުއްޑޫން ހަވަރަށް ގެންނަން ޖެހޭތަކެތި ނަގައި މާލެ ގެނައުމަށް އައްޔަން ކުރައްވާފައި ހުންނެވީ ގޮއިވެރިއެކެވެ.

ތިނަދޫގެ ނަމުން ހަވަރު ކަނޑައިލެއްވެވިކަން އިއުލާން ކުރެއްވެވީ ޖޫން 27، 1979 ގައި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ތިނަދޫ ރައްޔިތުންނާއި މުޙާތަބްކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

2011 ވަނަ އަހަރުވެސް ތިނަދޫ ރައްޔިތުން ވަނީ ތިނަދޫގެ ނަން "ހަވަރު ތިނަދުއަށް" ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް އޭރު އޮތް ސަރުކާރުގައި އެދިފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside