އޭޝިޔާގެ މައި ފޮޓްބޯޅަ އިދާރާ، އޭއެފްސީއިން ކުރިއަށްގެންދާ " އޭއެފްސީ ބްރެކެޓް ޗެލެންޖް"ގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގްގެ ގޯލު ހޮވި ފައިނަލްގެ ކުރިމަތިލުންތަށް ފަށައިފިއެވެ.
ފައިނަލްގައި އަޝްފާގް ވާދަކުރަންޖެހިފައިވަނީ ހޮންކޮންގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ޗަން ސިއު ކީ އާއިއެވެ. އަޝްފާގް ސެމީފފައިނަލްްއަށް ދަތުރުކުރީ ސެމީ ފައިނަލްގައި ވިއެޓްނާމްގެ ގުޔެން ގުއެންޑް ހައިއާިގެ މައްޗަށް 54.68 ގެ އިންސައްތަައަކުން ކުރިހޯދައިގެންނެވެ.
މިޗެލެންޖުގައި ހޮވިފައިވާ އަޝްފާގްގެ ގޯލަކީ 2013 ވަނަ އަހަރު އޭއެފްސީކަޕުގައި އިންޑޮނޭޝިޔާގެ ޕާސިބޯގެ މައްޗަށް 0-7 އިން ނިއުރޭޑިއަންޓްް މޮޅުވި މެޗްގައި ދަގަނޑޭޖެހި ހިތްގައިމު، ހުނަރުވެރި ސޯލޯ ގޯލެވެ. މިގޯލަކީ އިދިކޮޅު ޓީމުގެ މުޅި ޑިފެންސް ފޫއެޅުވުމަށްފަހު އަޝްފާގްޖެހި ރީތިގޯލެކެވެ.
ސެމީފައިނަަލް އަދި ކުއާރޓާރ ފައިނަލްއިން ފެނުނު ދިވެހިންގެ ހިތްވަރާއި އަޒުމާއި ޖޯޝު އަދިވެސް ދައްކަވަމާ ހިންގަވާށެވެ. ދިވެހިރާއްޖެއަށް ވުރެ ހާސްބައި ބޮޑުގައުމަކަށް ހޮންގްކޮންގ ވިޔަސް، ދިވެހިންގެ އެއްބައިވަންތަކަމާއި އުޙުއްވަތްތެރިކަމެއް ހޮންގްކޮންއަކަށް ބަލި ނުކުރެވޭނެކަމީ ޝައްކެއްއޮތް ކަމެއް ނޫނެވެ. ގައުމީ ބަތަލަށް އަވަހަށް ވޯޓު ދެއްވާށެވެ. މީ ދިވެހީންގެ ފަހަރެވެ. ދަގަނޑޭގެ ފަހަރެވެ.