ފީފާ އަރަބް ކަޕުގައި 22 ގައުމުން ބައިވެރިވާނެެ

އަންނަ އަހަރު ގަތަރުގައި ބާއްވަން ހަމަޖެހިފައިވާ ފިފާ އަރަބް ކަޕުގައި 22 ގައުމަކުން ބައިވެރިވާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓިނޯ ޔަގީން ކޮށްދީފި އެވެ.

ފީފާ ވޯލްޑް ކަޕުގެެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވާ ގަތަރުގެ ލުސައިލް ސްޓޭޑިއަމްގެ މަސައްކަތްތަށް ބެލުމަށް ކުރި ދަތުރަށްފަހު އެ ސްޓޭޑިއަމްގައި ހުރެގެނެ މީޑިޔާ ތަކާ ވާހަކަ ދައްކަމުން އިންފަންޓިނޯ އިތުރަށް ބުނި ގޮތުގައި މި މުބާރާތުގައި 22 ޓީމު ކުޅޭނެކަން މިހާރު ޔަގީން ވެފައިވަ ކަމަށާއި މި މުބާރާތުގެ މެޗުތަށް ކުޅުމަށް ހަމަޖެހިފައިވަނީ ވޯލްޑް ކަޕަށް ގަތަރުގައި ތަރައްގީކުރަމުން އަންނަ ސްޓޭޑިއަމް ތަކުގައެެވެ.

އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ރީޖަނަލް މުބާރާތެއް ކަމަށާއި މިއީ މެދު އިރުމައްޗާއި އަރަބި ގައުމު ތަކުގެ ފުޓްބޯޅަ ސަޕޯޓަރުން އެކަގި ގަނޑަކަށް ހެދުމުގެެ ނިޔަތުގައި ކުރިޔަށް ގެންދާ މުބާރާތެއް ކަމަށް އިންފަންޓިނޯ ވަނީ ބުނެފައެެވެ.

މިމުބާރާތުގައި ބައިވެރިވާ ބައެއް ގައުމީ ޓީމްތަކަކީ އަލްޖީރިއާ ، ކުވެއިތް ، ޖޯޑަން ، ފަލަސްތީން ، މިސްރު އަދި ސީރިޔާއެވެ. މި މުބާރާތުގައި ޖުމްލަ 32 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް