މައިކްރޯޯސޮޮފްޓުގެ ބާނީ ބިލް ގޭޭޓްސް ފަހަތަށް ޖައްސާލުމަށް ފަހު ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަދި މީހަކަށް ޓެކްނޮލޮޖީގެ ރޮގުން ދުނިޔޭޭގައި އެންމެ ވަރުގަދަ އެއް ވިޔަފާރިވެރިޔާ އެލަން މަސްކު ޖެހިލައިފި އެވެ.
އިލަން މަސްކް ދެވަނައަށް ޖެހެލީ އޭނާގެ މައި ވިޔަފާރި، ޓެސްލާ އެމެރިކާގެ ހިއްސާގެ ބާޒާރުގައި އޮތް އެންމެ ވަރުގަދަ އިންޑެެކްސް ކަމުގައިވާ އެސް އެންޑް ޕީ 500 އަށް އިތުރުކުރުވެމާއި އެކުގައެވެ. މަސްކުގެ މުއްސަނދިކަމުގެ މިންވަރު މިވަނި 7.2 ބިލިއަން ޑޮލަރުން 128 ބިލިއަން ޑޮަލަރަށް އުފުލިފައެެވެެ.
މިހަބަރާއި އެކު ދުނިޔޭގެ އިލެކްޓްރިކް ކާރުގެ ހިއްސާތަށް ވަނީ %34 އަށް މައްޗަށް ޖެހިލާފައެވެ. މިއާއެކު މަސްކުގެ ވިޔާފާރިތަކަށްވެސް ވަނީ ބޮޑު ބޫސްޓެއް އައިސްފައެވެ.
މަސްކު ދެވަނައިގައި އޮތް އިރު އެެއްވަނާގައި އޮތީ އެމެރިކާގެ އީކޮމާސް ޕްލެެޓްފޯމެއް ކަމުގައިވާ އެމެޒެެންގެ ވެރިޔާ ޖެފް ބެޒޯސް އެވެ. އަދި ތިންވަނައިގައި އޮތީ ކުރިން ދެވަނައިގައި އޮތް ބިލް ގޭޓްސްއެވެ.
ޓެސްލާގެ އިތުރުން މަސްކަކިީ އިތުރު އެތައް ކުންފުންޏެއްގެ ފައުންޑާ އެވެ. އޭގެތެރޭގައި ސްޕޭސް އެކްސް އާއި ދަބޯރިންގް ކޮމްޕެނީ އާއި ހައިޕާލޫޕް އަދި އޯޕެންއަލް ހިމެނެ އެވެ. މިއަހަރަކީ މަސްކަށް ވަރަށް ގިނަ ގޮޮތްގޮތުން މުހިންމު އަހަރެކެވެ. އެެގޮތުން އެލަންގެ ކުންފުންޏެއްކަމުގައިވާ ސްޕޭސްއެކްސް އިން ވަނި މިއަހަރު ޖައްވަށް ގިނަ އުޅަނދު ތަކެއް ވެސް ފޮނުވާފައެވެ.