logoEN
ޕީއެންސީ 2
އެޗްޕީއޭއަކީ ސިޔާސީ ތަނެއް، އެއީ އެމްޑީޕީ އެޗްޕީއޭ - އެމްޕީ ހުސެއިން

އެޗްޕީއޭއަކީ ސިޔާސީ ތަނެއް، އެއީ އެމްޑީޕީ އެޗްޕީއޭ - އެމްޕީ ހުސެއިން

އަހުމަދު ޝުރާއު

logo

11/25/2020, 8:15:49 AM

big_wKRZrjewXhw2DMsUFVw9OrKdS

ހެލްތް ޕްރޮޓެކްޝަން އޭޭޖެންސީ އޮތީ ސިޔާސީ ވެފަކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެެއިން މުހައްމަދު ލަތީފް ތުހުމަތު ކުރައްވައިފި އެވެެ.

ޝަރީ 2024

ޗެެނަލް 13 ގެ " އެންމެ ފުރަތަމަ ގައުމު " ޕްރޮޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ހުސެއިން ވަނީ އެޗްޕީއޭއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެެވެ. ހުސެއިން ވިދާޅުވިގޮތުގައި އެޗްޕީއޭޭއަކީ ސިދާ ސިޔާސީ ތަނަކަށް މިހާރު ވެފައިވާ ކަމަށާއި އެއީ އެމްޑީޕީ އެޗްޕީއޭ އެވެ. އިދިކޮޅުން މުޒާހަރާއެއް ބާއްވަން ނިންމާ އިރަށް މާލެ ތެރޭގައި ކޮޮވިޑް ކޭސްތަށް ގިނަ ކަމަށް ބުނެ މުޒާހަރަތަކަށް ފުރުސަތު ނުދޭކަން ހުސެއިން ފާހަގަކުރެއްވި އެވެ.

ކޮވިޑް ކޭސްތަށް، އިދިކޮޅު ހަރަކާތެއް ބާއްވަން ނިންމާއިރަށް ގިނަ ވުމަކީ އިއްތިފާގެއް ނޫން ކަމަށާއި އެއީ އެޗްޕީއޭއިން ރާވައިގެން ކުރާ ކަމެއް ކަމަށް ހުސެއިން ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި ކޮވިޑް ކޭސްތަށް މާލޭގައި ގިނަ ކަމަށް އެއްބަސްވެ ވަޑައިގަންނަވާ ކަމަށާއި ސަރުކާރުން ކޭސްތަށް މަދުވާ ކަމަށް ދައްކަނީ ބައިނަލަގްވާމީ މުޖްތަމައުގެެ ސޭފް ލިސްޓުތަކަށް ރާއްޖެެ އެރުވުމަށް ކަމަށާއި މިއީ ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ހިންގާ ކަމެއް ކަމަށް ވެސް ވަނީ ތުހުމަތު ކުރައްވާފައެވެ. މިކަން އައިޖީއެމްއެޗްގެ ސައްހަ ޑޭޓާތަކުން ހާމަވާނެ ކަމަށާއި މިހާރުވެސް ދުވާލެއްގެ މައްޗަށް ރާއްޖޭގެ ކޮވިޑް ކޭސްގެ އަދަދުތަށް އުޅޭނީ 150 ގައި ކަމަށްވެސް ހުސެެއިން ވަނީ ވިދާޅުވެެފައެވެ.

ހުސެއިން އިތުރަށް ވިދާޅުވިގޮތުގައި ކޮޮވިޑްގެެ ބަލިމަޑުކަމުގެ ތެރޭގައިވެެސް ސަރުކާރުގެ އިސްބޭފުޅުން ރަށްރަށް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ވަޑައިގަންނަވާ ކަމަށާއި އެކަން ޕޮރެގްރެސިވް ކޯލިޝަނަށް ފަހި ކޮށްދިނުމަށް އެދި އިލެކްޝަން ކޮމިޝަންގައި ޕާޓީގެ ލީޑާރޝިޕްގެ ފަރާތުން އެދިފައި ވާނެއެވެ.

މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހުސެެއިން ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. ހުސެެއިން އަކީ މުޅި ހުވަދު އަތޮޮޅުންވެސް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންއަށް ނިސްބަތްވާ ހަމައެކަނި މެމްބަރެވެ. އަދި ފަރެސްމާތޮޮޑާ ދާއިރާގެ މަޖިލިސް މެމްބަރުކަން ހުސެއިން ކުރައްވާ މިއީ ދެވަނަ ދައުރެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ