logoEN
Sto top
މިއަދު ރާއްޖެއިން އެންމެ ގިނަ ބަޔަކު ފައްސިވީ ހުވަދު އަތޮޅުން

މިއަދު ރާއްޖެއިން އެންމެ ގިނަ ބަޔަކު ފައްސިވީ ހުވަދު އަތޮޅުން

އަހުމަދު ޝުރާއު

logo

7/20/2021, 11:24:53 PM

DSC_8333

ރާއްޖެއިން މިއަދު އެންމެ ގިނަ ކޭސްތަކެއް ފެނިފައިވަނީ ހުވަދު އަތޮޅުންނެވެ.

Wamco

ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހޯމަ ދުވަހުގެ ހަވީރު 6:00ން ފެށިގެން އަންގާރަ ދުވަހުގެ ހަވީރު 6:00 އާއި ހަމައަށް ރާއްޖެއިން 169 މީހަކު ވަނި ފައްސިވެފައި އެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 24 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 127 މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 15 މީހުންނާއި އަދި ލައިވްއެބޯޑްތަކުން ޕޮޒިޓިވްވި ތިން މީހުންނެވެ.

ހުވަދު އަތޮޅުން މިއަދު 82 ކޭސް ވަނީ ފެނިފައި އެވެ. އެގޮތުން ކޭސްތަށް ފެނިފައިވަނީ ގދ ނަޑެއްލާ އާއި ގދ ތިނަދޫ އަދި ގއ ކޫއްޑޫއިންނެވެ. ނަޑެއްލާއިން މިއަދު އެކަނިވެސް 59 ކޭސް ވަނީ ފެނިފައި އެވެ. އަދި ތިނަދޫއިން 15 މީހަކު ފައްސިވެފައިވާ އިރު 8 މީހަކު ވަނީ ކޫއްޑޫއިން ފައްސިވެފައި އެވެ.

ނަޑެއްލާގެ އެކްޓިވް ކޭސްގެ އަދަދު އުޅެނީ 86 ގައި އެވެ. ތިނަދޫގެ އެކްޓިވް ކޭސްގެ އަދަދު 82 ގައި އުޅޭއިރު ކޫއްޑުގެ އެކްޓިވް ކޭސްގެ އަދަދު އުޅެނި 30 ގައި އެވެ. މި ތިން ރަށުގެ އިތުރުން ގއ އަދި ގދ ގެ 9 ރަށެއްގައި ކޮވިޑްގެ އެކްޓިވް ކޭސްތަށް އޮބައޮތެވެ. އެއީ ގދ ތިނަދޫ, ގދ ހޯނޑެއްދޫ , ގދ ނަޑެއްލާ , ގދ ގައްދޫ , ގއ ވިލިނގިލި , ގއ ކޫއްޑޫ , ގއ ކޮނޑޭ, ގއ ގެމަނަފުށި އަދި ގއ މާމެންދޫގައި އެވެ.

މިވަގުތު ހުވަދު އަތޮޅުގައި މޮނީޓަރިންގ ހާލަތުގައި އޮތީ ގދ ތިނަދޫ އާއި ގދ ނަޑެއްލާ އާއި ގއ ވިލިނގިލީގެ އިތުރުން ގއ ކޫއްޑުއެވެ.

ރާއްޖެއިން މިހާތަނަށް 76,188 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، މީގެ ތެރެއިން 73،340 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. 217 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC