
ނިމް ކެބިންކުރޫ ޔޫނީފޯމްގައި އަލުން ފެންނަން ބޭނުންވި ފަރާތްތަކަށް އުންމީދެއް
nim
މަޝްހޫރު ޓިކްޓޮކް ސްޓަރ އަދި ފެޝަން މޮޑަލް ނިމްޝާގެ ޕާސެނަލް ސުވާލުތަކެއްގެ ޖަވާބު އަނެއްކާވެސް މިވަނީ ލިބިފައެވެ.

ނިމްޝާ ވަނީ އިންސްޓަގްރާމް ގައި ސަޕޯޓަރުންގެ ސުވާލު ތަކަށް ހާއްސަކޮއްގެން "އާސްކްމީ" ހުޅުވައިލާފައެވެ. ގިނަ ސުވާލު ތަކަކަށް ވަނީ ޖަވާބުވެސް ދީފައެވެ. އެންމެ އަޅައިގަތް ސުވާލަކަށް ވެގެން ދިޔައީ އަލުން ކެބިންކުރޫ އެއް ގޮތުގައި ފެނިގެން ހިނގައިދާނެތޯ ކުރި ސުވާލެވެ.
ނިމްޝާ ސިންގަލް ތޯ ކުރެވުނު ސުވާލަށް ވެސް މިވަނީ މިހާރު ނިމްޝާގެ ފަރާތުން ޖަވާބު ލިބިފައެވެ. ނިމްޝާގެ ޖަވާބުން މިހާރު ވަނީ އެތަށް ފިރިހެން ކުދިންގެ ހިތްތަކަކަށް އުފާވެރިކަން ގެނެސްދީފައެވެ. ނިމްޝާ މިހާރު ސިންގަލް އެވެ. އެކަމް މިންގަލް ވާކަށް ބޭނުންވާހެން އަދި ހިޔެއް ނުވެއެވެ.