logoEN
cocacola
އަހަރަމެންނަށް ހުވަފެން ފެންނަނީ ކީއްވެ؟ ހުވަފެންތަކުގެ ދައުރަކީ ކޮބާ؟

އަހަރަމެންނަށް ހުވަފެން ފެންނަނީ ކީއްވެ؟ ހުވަފެންތަކުގެ ދައުރަކީ ކޮބާ؟

ގާފު އެޑިޓޯރިއަލް

logo

11/26/2020, 8:31:54 AM

3

އަހަރަމެންނަށް ހުވަފެން ފެންނަނީ ކީއްވެހެއްޔެވެ؟ އަދި ހުވަފެންތަކުގެ އަސްލު ދައުރަކީ ކޮބާހެއްޔެވެ؟

ގޮސިޔާ

ހުވަފެންތަކުން ތަފާތު ކަންކަމުގެ ހައްލު ހޯދެއެވެ.

ހޭލެވުމަށްފަހު އެރެއެއްގެ ފެނުނު ހުވަފެނަކާމެދު ވިސްނާލެވުނު ހެއްޔެވެ؟ ދުނިޔެވީ ފިކުރުތަކާއި، ޚިޔާލުތަކާއި، ގޮތްނިންމުންތައް ވިސްނުންތަކުން ސިކުނޑިއަށް ލުއިކަމެއް ލިބުމުން ނުވަތަ އިންސާނާ ނިދުމުން އާދަޔާ ޚިލާފު މަންޒަރުތައް ސިކުނޑިން އުފައްދައެވެ. ޤަބޫލުކުރެވޭ ގޮތުން، ދިރިއުޅުމުގައި ދިމާވާ ބައެއް މައްސަލަތަކާއި، ހައްލު ނުހޯދޭ ކަންކަމުގެ ހައްލު، ޤަބޫލުކުރަން ދަތިގޮތަކަށް ހުވަފެނުން ހޯދެއެވެ. ދިރާސާކުރާ ފަރާތެއް ކަމުގައިވާ ޖޯން ސްޓީން ބެކް، މިފަދަ ގޮތަކަށް ހުވަފެނުން ދިރިއުޅުމާއި ގުޅުންހުރި ކަންކަމުގެ ހައްލު ލިބިގެން ދިޔުމަށް "ކޮމިޓީ އޮފް ސްލީޕް" ކިޔައެވެ. ޝައުޤުވެރިވާ ގޮތަކަށް ސައިންޓިސްޓް، އޮގަސްޓް ކެކިއުލް އަށް ހުވަފެނުގައި ހަރުފައެއް، ވައްބުރެއްގެ ބައްޓަމަށް އައިސް، އޭތީގެ ނިގޫ ކާ މަންޒަރު އެއްފަހަރު ފެނެއެވެ. އަދި އޭނާ ކުރަމުން ގެންދިޔަ ރިސާޗެއްކަމުގައިވާ "ބެންޒީން މޮލެކިއުލްގެ ބައްޓަން"، އޭނާ ހުވަފެނުގައި ފެނުނުފަދައިން ވައްބުރެއްކަން ހޯދިގެން ދިޔައެވެ. މިފަދަ ހުފަފެންތައް ގިނަ ފަރާތްތަކަކަށް ތަޖުރިބާވެފައިވުމަކީ އެކަށީގެންވެއެވެ.

undefined

ހުވަފެންތަކުން އަމިއްލަ ނަފުސު ބިރުގަންނަ ކަންކަމާއި ކުރިމަތިލުމުގެ ކުޅަދާނަ ލިއްބައިދެއެވެ.

ބިރުގަންނަ ނުވަތަ އަމިއްލަޔަށް ގެއްލުމެއް ލިބޭ، ނުވަތަ ރޫޙާނީ އެއްޗެއް އައިސް އުދަނގޫކުރާ ނުވަތަ އަމިއްލަޔަށް ނުތަނަވަސްކަމާއި މާޔޫސްކަން، ހިތްދަތިކަމުގެ އިހުސާސް ގެނުވާ ހުވަފެންތައް އެންމެނަށް ފެނެއެވެ. މިފަދަ ހުވަފެންތައް އަމިއްލަ ނަފުސު ބިރުގަންނަ ނުވަތަ އިހުސާސް ކުރަން ބޭނުން ނުވާ ހާލަތްތަކާއި ކުރިމަތިލުމަށް ދަސްކޮށްދެއެވެ. މިތިޔަރީ ބުނާގޮތުން، މިފަދަ ހުވަފެން ފެނުމުގެ ޚާއްސަކަމެއް ފޮރުވިފައި ވާނެއެވެ. މިފަދަ ހުވަފެންތައް އަޅުގަނޑުމެންގެ ޤަބޫލުކުރުންތަކާއި، ދެކޭގޮތް ފަރިތަކޮށްލަން ފުރުޞަތު ހުޅުވާލައެވެ. މިފަދަ ހުވަފެންތަކުގެ ބޭނުމަކީ، އެފަދަ ނުރައްކާތެރި، ބިރުވެރި، ނުވަތަ ހިތްދަތި ކަންތައްތައް އަސްލު ދިރިއުޅުމުގައި އެމީހާއަށް ކުރިމަތި ވުމުގެ ކުރިން، މީހާ ނަފްސާނީގޮތުން، އެކަމަށް ތައްޔާރު ކުރުމެވެ.

undefined

ސިކުނޑީގެ މަސައްކަތް މެދުނުކެނޑި، ނުހުއްޓި ކުރިޔަށްގެންދިޔުމަށް ހުވަފެން އެހީވެދެއެވެ.

އެއް ތިއަރީ ބުނާގޮތުން، މައުލޫމާތުތައް ސިކުނޑީގައި "ލޯންގް ޓާމް މެމޮރީ"ގައި ނުވަތަ ސިކުނޑީގެ ދިގުމުއްދަތަށް ހަނދާނުގައި ބައްހައްޓާ ބައިގައި މައުލޫމާތު ރައްކާކުރުމަށް މަސައްކަތް ހިގާ ވަގުތު، ސިކުނޑިން މަންޒަރުތަކެއްގެ ގޮތަށް މެދުނުކެނޑި ހުވަފެން ދައްކުވައެވެ. މިގޮތުން އަހަރަމެން ނިދާއިރު، ވިސްނުންތަކާއި ފިކުރުތަކުން ސިކުނޑިއަށް ލުއިކަމެއް ލިބޭ ހިނދު، ސިކުނޑިއަށް ނެގިފައި ހުންނަ މަޢުލޫމާތު، ސިކުނޑީގެ ދިގުމުއްދަތަށް ހަނދާނުގައި ބަހައްޓާބައިގައި، ރައްކާކުރުމުގެ މަސައްކަތް ސިކުނޑީގައި އިޚްތިޔާރަކާ ނުލައި ކުރިއަށް ދެއެވެ. މިގޮތުން މަޢުލޫމާތު ރައްކާކުރުމުގެ މަސައްކަތް ކުރިޔަށްދާވަގުތު، ސިކުނޑީގައި މަންޒަރުތަކެއްގެ ސިފައިގައި، ވިސްނުމެއްގެ ގޮތުގައި، ނުވަތަ ކުރެވޭ އިޙްސާސެއްގެ ގޮތުގައި ހުފަވެން ސިކުނޑިން ދައްކައިދެއެވެ. ދުނިޔޭގެ މިވަގުތު ހުރި ޓެކްނޮލޮޖީއާއި ގުޅުވަގެން ބުނާނަމަ ބުނެވޭނީ، ސިކުނޑި ހުއްޓުމަކަށް ނުގެނެސް ކޮމްޕިއުޓަރު ފަދަ ތަކެތި އޮފް ނުކޮށް ބަހައްޓާއިރު އަންނަ ސްކްރީން ސޭވަރ ގޮތުގައި އަންނަ އެއްޗަކަށް ހުވަފެން ވެއެވެ.

undefined

ހުވަފެނުން ދައްކުވައިދެނީ އަހަރަމެން ހާޞިލްކުރުމަށް ހިތް އެދޭ ކަންކަމެވެ.

އަހަރަމެންނަށް ފެންނަ ހުވަފެންތަކަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި ދިމާވާ ކަންކަމުގެ އެއްކުރެވިފައިވާ ތަސްވީރުތަކެއްކަމުގައި ނިއުރިލޮޖިސްޓް ސިގްމަންޑް ފްރެއުޑު ބުނެއެވެ. ހުވަފެނުން ފެންނަ ކޮންމެ މަންޒަރަކުން ސިފަވެގެންދަނީ، އަހަރަމެންނަށް ނޭނގުނު ކަމުގައިވިޔަސް، އަހަރަމެންގެ ހިތުގައި ފޮރުވިފައިވާ، ހިތް އެދޭ ކަންކަމެވެ. މިގޮތުން ހުވަފެނުން ފެންނަ ހަނދާން ހުންނަ ކޮންމެކަމަކީ، އަހަރަމެންގެ ހިތް އެކަމަކަށް ބޭނުންވާ ނުވަތަ އަމިއްލަޔަށް ނޭނގި ނަމަވެސް ހިތް އެދޭ ކޮންމެވެސް ކަމަކާއި ގުޅޭ ރަމްޒެކެވެ. އެމީހަކަށް ފެންނަ ހުވަފެން ދިރާސާކޮށްގެން، އެމީހެއްގެ އަމިއްލަ ނަފުސު ބޭނުންވާ ކަންކަމާއި، ހިތް އެދޭ ގޮތްތައް އަދި، އެމީހަކު އެންމެ ޖެހިލުންވާ އަދި ބިރުގަންނަ ކަންކަން ދެނެގަނެވިދާނެއެވެ. އެހެން ގޮތަކަށް ބުނާނަމަ، ހުވަފެން ތަޢުބީރުކޮށްގެން، އެމީހާގެ އަމިއްލަ ނަފުސު ވަރަށް ރަނގަޅަށް ދެނެގަނެވިދާނެއެވެ.

undefined

އަހަރަމެންނަށް ހުވަފެން ފެންނަނީ އެކި ހަނދާން ފޮހެލުމަށްޓަކައެވެ.

އަހަރަމެންގެ ސިކުނޑި އުފެދިފައިވަނީ 100 "ޓްރިލިއަން" "ނިއުރަލް ކަނެކްޝަން" ނުވަތަ އެހާ ގިނަ އަދަދެއްގެ ނާރުތައް ގުޅުވައިދޭ ކޮމްޕިއުޓަރެއްގެ ގޮތުގައެވެ. އިންސާނާގެ ސިކުނޑިއަކީ ދުނިޔޭގައިވާ އެންމެ އާދަޔާ ޚިލާފު ގޮތް ނޭނގޭ އެންމެ ވަރުގަދަ ޕްރޮސެސަރ ނުވަތަ އެންމެ ވަރުގަދަ ކޮމްޕިއުޓަރެވެ. ސައިންޓިސްޓުން ޤަބޫލުކުރާގޮތުގައި، ހުވަފެނަކީ، އަހަރަމެންގެ ސިކުނޑީގައި އެކުލެވޭ ހުރިހާ "ނިއުރަލް ކަނެކްޝަން" ތަކުގެ މަސައްކަތް ޗެކްކޮށް ބަލައި، ބޭކާރު މަޢުލޫމާތު ސިކުނޑިން ފޮހެލާ ވަގުތު ހިގާ ކަމެކެވެ. މިގޮތުން ސިކުނޑީގައި ރާއްކާކުރަން ބޭނުން ނޫން މަޢުލޫމަތު "ޑިލީޓްކޮށް"، "ރީސައިކަލް ބިން" އަށް ފުނުވާލާ ވަގުތު ބައެއް މަޢުލޫމާތު މަންޒަރުތަކެއްގެ ސިފައިގައި ހުވަފެނުގެ ގޮތުގައި ފެންނަނީއެވެ. މިގޮތުން ހުވަފެން ނުފެންނަ ނަމަ، އަހަރަމެންގެ ސިކުނޑީގެ "ރެންޑަމް އެކްސް ސެސް މެމަރީ" ރެމް ނުވަތަ ސިކުނޑީގެ މަޢުލޫމާތު ވަގުތީގޮތުން ރައްކާކުރާ ބައި ފުރި، ކޮމްޕިއުޓަރތަކަށް ވާފަދައިން، ސިކުނޑީގެ ޕްރޮސެސިންގ ޕާފޯމަންސް ދަށްވެ، ނަފްސާނީ މައްސަލަތަކާއި ކުރިމަތިލާން ޖެހިދާނެއެވެ.

undefined

ހުވަފެނުގެ ސަބަބުން ވިސްނުން ތޫނުކަން އިތުރުކޮށްދެއެވެ.

އަޅުގަނޑުމެންނަށް އަބަދުވެސް އިވޭ އެއް ވާހަކައަކީ، ނަފްސާނީ ގޮތުން ދުޅަހެޔޮ މީހަކަށް ވުމަށް ރޭގަނޑުގެ ނިދި މުހިންމެވެ. މިއީ ވަރަށްވެސް ތެދު ވާހަކައެވެ. ނިދީގައި ހުވަފެން ފެނުމުން ވިސްނުން ތޫނުކަން އިތުރުވެގެންދާކަމަށް ޤަބޫލުކުރެވެއެވެ. ސިކުނޑީގައި ބައެއް މަޢުލޫމާތު ރައްކާކުރުމުގެ މަސައްކަތް ފެށެނީ، ސިކުނޑިއަށް ވިސްނުންތަކާއި، ޚިޔާލާއި ފިކުރުތަކުން ލުއިކަމެއް ސިކުނޑިއަށް ލިބި ހަމައެކަނި މީހާ ނިދުމުންނެވެ. މިގޮތުން އަހަރަމެންގެ ސިކުނޑި ރަނގަޅަށް މަސައްކަތްކޮށް، މަޢުލޫމާތުތައް ސިކުނޑީގައި ރައްކާކުރުމުގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތައް ކުރިޔަށްދާކަމުގެ ރަމްޒަކީ ހުވަފެން ފެނުމެވެ.

undefined

ހުވަފެންތައް އަޅުގަނޑުމެންނަށް ޝިފާ ހޯދަދެއެވެ.

ހުވަފެނަކީ، އަޅުގަނޑުމެންނަށް ލިބޭ ޝޮކްތަކާއި، ދިރިއުޅުމުގައި ދިމާވާ ކަންތައްތަކުން ލިބޭ ނަފްސާނީ ގެއްލުންތަކުން އަރައިގަންނަން އެހީތެރިވެދޭ އެއްޗެއްގެ ގޮތުގައި ބައެއް ދިރާސާ ޢިލްމުވެރިން ދެކެއެވެ. ދިރިއުޅުމުގައި ދިމާވާ އާދަޔާ ޚިލާފު ކަންކަން، ނުވަތަ އެކަމެއްގެ ސަބަބުން ނަފްސާނީ ގެއްލުމެއް ކުރިމަތިވާ ކަންކަން ހުވަފެނުގައި ފެނި ދެވަނަ ފަހަރަށް އެކަން އިޙްސާސްކުރުމުގެ ފުރުޞަތު ލިބުމުން، ނަފުސާނީ ގޮތުން ލުއިކަމެއް ލިބި، ދިރިއުޅުމުގައި އެކަންކަމާއި ކުރިމަތިލުމުގެ ޤާބިލްކަން އަހަރަމެންނަށް ލިބެއެވެ. މިގޮތުން ހުވަފެނަކީ، އިންސާނެގެ ސިކުނޑީގެ ހަމަޖެހުން ލިއްބައިދިނުމަށް، ނަފްސާނީ ދުޅަހެޔު މީހެއްގެ ގޮތުގައި އިންސާނާ ދެމިހުރުމަށް، ޤުދުރަތީ ގޮތުން ކޮންމެ އިންސާނަކަށް ދެއްވާފައިވާ "ޕާސަނަލް ތެރަޕިސްޓެއް" ގޮތުގައި ބެލެވިދާނެއެވެ. ދެރަކަމެއް ދިމާވުން، ނުވަތަ މާބޮޑަށް މީހާ މާޔޫސް ވުމުން ބައެއް ބޭފުޅުން، ގޮސް ރަނގަޅަށް ނިދާލާށޭ، ބުނާ ބުނުމަކީ ގޯސް ބުނުމެއް ނޫނެވެ.

undefined

ހުވަފެނަކީ އެއްވެސް ގޮތަކަށް އެތަން މިތަނުން މަންޒަރުތައް ނަގައިގެން، ސިކުނޑި އަހަރަމެންނަށް ދައްކާ ޝޯއެއް ނޫނެވެ. ހުވަފެނަކީ އަހަރަމެންގެ ދިރިއުޅުމާއި ވަރަށް ބޮޑަށް ގުޅިފައިވާ، އަމިއްލަ ނަފުސު ބޮޑަށް ދެނަގަތުމަށް ފުރުޞަތު ހުޅުވާލަދޭ، ކަންކަމާއި ކުރިމަތިލާން ދަސްކޮށްދޭ އަދި ނަފްސާނީގޮތުން ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ބާރު އަޅާދޭ ވަޞީލަތެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ