logoEN
cocacola
ދުނިޔެ ހިނގަނީ އެއްވަތުދަށުން އަނެއްވަތު މަތިންނެވެ.

ދުނިޔެ ހިނގަނީ އެއްވަތުދަށުން އަނެއްވަތު މަތިންނެވެ.

island life

ކޮންމެ މީހަކީވެސް އެންމެ އުޖާލާ ދިރިއުޅުމެއް އުޅެންބޭނުންވާނެ މީހެކެވެ. ގިނަ އަދަދެއްގެ ފައިސާއާއި، ދުނިޔެމަތިން އެމީހަކަށް ލިބޭނެ އެންމެހާ އުފާތަށް ހޯދަން އުޅޭނެމީހެކެވެ. ދުނިޔެވީގޮތުންވިޔަސް، އުޙްރަވީގޮތުންވިޔަސްމެއެވެ. އެމީހަކަށް ކުޅަދާނަވާ މިންވަރަކުން އަޅުކަންކޮށް، ގިނަގުނަ ހެޔޮކަންތައްކޮށް ގިނަގުނަ ސަވާބާއި ދަރުމަ ހޯދަން އެދޭނެމީހެކެވެ. އެމީހެއްގެ އަމިއްލަ ދިރިއުޅުން، ވެވެންއޮތް އެންމެ އުފާވެރި ހަޔާތަށް ހެދުމަށް މަސައްކަތްވެސް ކުރާނެ މީހެކެވެ. ނަމަވެސް، ކަންތަައް ދިމާވާނީ އަބަދު އެމީހެއްގެ ހިތްއެދޭ ގޮތަށް ނޫންކަން ޙުދު އެމީހަކުވެސް ގަބޫލުކުރަންޖެހެއެވެ. ދިރިއުޅުމަކީ އަޑިގުޑަންތަކާއި އުސްގަނޑުތަކުން ފުރިފައިވާ ތަނެއްކަން ދަންނަންޖެހެއެވެ.

ގޮސިޔާ

މިއަދު ދުނިޔެ ދެކެމުންދާ އެންމެ ނުފޫޒުގަދަ އެންމެ މަގްބޫލު އެއްބޭފުޅަކަށް ބަލާލަމާތޯއެވެ. އެމެރިކާގެ އިންތިޙާބްވި ރައީސް، ޖޯ ބާއިޑެންއަށެވެ. ބައްޕާފުޅަކީ ކުރިން ކާރުވިއްކާ މީހެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. ބައިޑަންގެ ޅައުމުރުގައި ހޭދަކުރެއްވި ދުވަސްތަކަށް ބަލާލާއިރު، އެމަނިކުފާނަކީ ވާހަކަދެެއްކުމުގައި ހުރި ދަތިކަމެއްގެ ސަބަބުން ސްކޫލުގައި ހަނގާގެ ޝިކާރައަކަށްވި ބޭފުޅެކެވެ. އެމެރިކާގެ މިލިޓަރީއަށް ވަންނާނެ ފުރުސަތު ލިބިފައި ގެއްލުނެވެ. އެސްތެމާގެ ސަބަބުންނެވެ. އެމަނިކުފާނުގެ ފުރަތަމަ އަނބިކަނބަލުން އަދި ދަރިކަނބަލުން ކާރު އެކސިޑެންޓެއްގައި އަވަހާރަވީއެވެ. އެކަމުގެ ސަބަބުން ނަފްސާނީ ގޮތުން ވަރަށް ބަލިކަށިވިއެވެ. އަމިއްލައަށް އަވަހާރަވުމުގެ އެތަކެއް ޙިޔާލުފުޅުތަކެއް ގެންގުޅުނެވެ. ނަމަވެސް އެހުރިހާ ކަމަކުން އަރައިގަނެ ދިރިއުޅުން އަލުން ކޮޅަށް ޖެއްސެވީއެވެ. އެހެން ބޭފުޅުންނަށް ދައްކަވަމުން ގެންދެވީ އެމަނިކުފާނުގެ ޤާބިލްކަމެވެ. ދިމާވާ އެންމެހާ ކަންކަން ހުރަސްކުރައްވާ މިއަދު އެހުންނެވީ ދުނިޔޭގެވެސް އެންމެ ބޮޑު އަދި އެންމެ ނުފޫޒުގަދަ މަގާމާއި ހަވާލުވާންވެފައެވެ. މިކަމުންވެސް ފެނިގެންދިޔައީ، ހިތްވަރާއި އަޒުމާއިއެކުު ކުރާ ކަމެއްގެ ނިމުން ފޮނިވާނެކަމެވެ. އެމަނިކުފާނުގެ ބައްޕާފުޅު ވިދާޅުވި ބަސްކޮޅު " ދަރިފުޅާއެވެ، މީހެއްގެ މިންކުރުން ބިނާވެފައި އޮންނަނީ އެމީހަކު ބަލި ވަނީ ނޫނީ ވެއްޓެނީ ކިހާވަރެއްގެ މައްޗަށެއްނޫނެވެ، ނަމަވެސް އެމީހަކު މޮޅުވަނީ ނުވަތަ ވެއްޓޭފަހަރަކު އަލުން ތެދުވަނީ ކިހާއަވަހެއްގެ މައްޗަށެވެ" ގައި ހިފަހައްޓައިގެން މިއަދު އެހުންނެވީ އެންމެ އުހުގައެވެ.

މިފަދަ ކިތަންމެ ބޭފުޅެއްގެ ވާހަކަތަކެއް އެބަހުއްޓެވެ. އެފަދަ ކޮންމެ ބޭފުޅަކުވެސް ދައްކަވަމުން ގެންދިޔައީ ކޮންމެ ކަމެއްގައިވެސް ދޫނުކޮށް ކުރިއަށް ދިޔަގޮތަވެ. ދިރިއުޅުމުގައި ހަތަރު އުދަރެސް ފެނުޖެހުނު ނަމަވެސް ދިރިއުޅުމަކީ މާތްﷲގެ ނިޔާކަމުގައި އެނގި، ދިރިއުޅުމާއިގެން ކުރިޔަށްދިޔަތަނެވެ. ދިރިއުޅުމަކީ އަބަދު އެމީހަކު އެންމެ ހިތްއެދޭ ގޮތަކަށް ވާނެ ތަނެއްނޫންކަން ދަނެ، ދިމާވާ ކޮންމެކަމަކާއި އެކުވެސް އުޅެން ދަސްކުރަންޖެހެއެވެ. ގިނި ދުށްމީހާ ރަތްމަލަށް ބިރުގަންނަ ފަދައިން ނުވެ، ކިތަންމެ އުނދަގޫ ކަމެއް ދިރިއުޅުމުގައި ދިމާވިޔަސް، އެކަމަކާއި ހިތްވަރާއި ޖޯޝާއިއެކު ކުރިމަތިލާށެވެ. ވެއްޓުމަކީ މައްސަލައެއްނޫނެވެ. މައްސަލައަކަށްވާނީ އެމީހަކު ދެވަނަ ފަހަރަށް ތެދުނުވެ ވެއްޓުނުތާ އޮންނަންޏާއެވެ. އާ ހިތްވަރަކާއިއެކު، އާ އަޒުމައަކާއި އެކު އެކަމަކާއި ކުރިމަތިލާށެވެ. އެމީހަކަށް ފަހުން ވާނެ ގޮތެއް ޙުދު އެމީހަކަށްވެސް ނޭނގޭނެއެވެ. ކުރާ މަަސައްކަތެއްގެ ފޮނި މީރުކަންވެސް އިނގޭނީ ހިތްވަރު އެލުވައިނުލައި ގަދައަޅައި މަސައްކަތްކޮށް އެންމެފަހުން ކާމިޔާބު ހޯދާމީހާ އަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ