މާލޭ ޓޯޔާޑްއާ ދިމާ ފަރާތު ފަޅުތެރެއިން ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ މާލޭ ފަޅުތެރޭ މޫދަށް މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު މިއަދު 09:43 ކަންހާއިރު ފުލުހުންނަށް ލިބިގެން އޭނާ އައިޖީއެމްއެޗްއަށް ގެންދިޔަ ކަމަށެވެ.
މިކަމާ ގުޅިގެން އައިޖީއެމްއެޗުން ބުނީ އައިޖީއެމްއެޗަށް މީހަކު ގެނައިކަމަށާއި އެމީހާ ގެނައި އިރުވެސް ވަނީ މަރުވެފައި ކަމަށެވެ.
ނިޔާވެފައި އޮއްވާ ފެނުނީ އުމުރުން 58 އަހަރުގެ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.