logoEN
cocacola
ތިނަދޫ ކައުންސިލުގެ ގުރުއާން މުބާރާތުގެ އެއްވަނަ ގދ އަތޮޅު ތައުލީމީ މަރުކަޒުގެ 3 ދަރިވަރަކަށް

ތިނަދޫ ކައުންސިލުގެ ގުރުއާން މުބާރާތުގެ އެއްވަނަ ގދ އަތޮޅު ތައުލީމީ މަރުކަޒުގެ 3 ދަރިވަރަކަށް

އަހުމަދު ޝުރާއު

logo

11/24/2020, 11:37:11 AM

# ތިނަދޫ ކައުންސިލުން

DSC_0753

ގދ ތިނަދޫ ކައުންސިލުގެ އަށްވަނަ ކީރިތި ގުރުއާން ކިޔެވުމުގެ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

ގޮސިޔާ

ދެ ގޮތްޕަކަށް ކުރިޔަށް ގެންދިޔަ މި މުބާރާތުގެ ބަލައިގެެން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ދެެދަރިވަރަކަށް ވަނީ ލިބިފައެވެ. އެއީ ގދ އަތޮޅު ތައުލީމީ މަރުކަޒުގެ ފަރާތުން މުބާރާތުގައި ބައިވެެރިވި އައިޝަތު ޔަޝާ ހުސެއިން އަދި މުހައްމަދު ޝާޔަން ސިޖާން އެވެ. އަދި ނުބަލައި ކިޔެވުމުގެ ގޮޮފިން މުޅި މުބާރަތުން އެއްވަނަ ލިބިފައިވަނީވެސް ގދ އަތޮޅު ތައުލީމީ މަރުކަޒުގެ ފަރާތުން މުބާރާތުގައި ބައިވެެރިވި ދަރިވަރެއް ކަމުގައިވާ އާހިލް މުހައްމަދު ޒާހިރު އަށެވެ.

އެއްވަނައަށް ދިޔަ ދަރިވަރުންނަށް އިނާމު ހަވާލުކޮށް ދެއްވީ ހަފްލާގެ ޝަރަފުވެރި މެހެމާނު ކާޑެއްދޫ އެއާޕޯޓުގެެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފު އެވެ. އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެެސް އެއްވަނައަށް ދިޔަ 3 ދަރިވަރުންނަށް ކައުންސިލުގެެ ފަރާތުން ވަނީ އުމުރާ ދަތުރެއް ދީފައެވެ.

މުޅި މުބާރާތުން އެެއްވަނަ ސްކޫލަކަށް ހޮޮވިފައިވަނީ އަބޫބަކުރު ސްކޫލެެވެ. އަދި ދެވަނައަށް ތިނަދޫ ސްކޫލް ހޮވިފައިވާ އިރު ތިންވަނައަށް ހޮޮވިފައިވަނީ ގދ އަތޮޅު ތައުލީމީ މަރުކަޒެވެ.

ގދ.ތިނަދޫ ރަށު ކައުންސިލުން އިންތިޒާމް ކޮށްގެން މިމަހުގެ 19 އިން 21 އަށް ތިނަދޫ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގަ ބޭއްވި މި ޤުރުއާން މުބާރާތުގައި ޖުމްލަ 238 ކުދިން ވަނީ ބައިވެރިވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ