
ތިނަދޫ ޑަބްލިއުޑީސީގެ ޚާއްސަ ކްލަބްހައުސް އިވެންޓެއް ޕްރޮފެސަރ އުގައިލާއެކު
# ތިނަދޫ ޑަބްލިއުޑީސީ# ޕްރޮފެސަރ އުގައިލް216001635_1024938661580412_3309340374979228573_n
ޕްރޮފެސަރ އަހުމަދު އުގައިލާއެކު ތިނަދޫ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިން ކްލަބް ހައުސް ގައި މާދަމާ ރޭ ސެޝަނެއް ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ތިނަދޫ ޑަބްލިއުޑީސީގެ ރައީސާ, ޖީޒާ ޙަސަން ވިދާޅުވީ ލިޔުންތެރިކަމުގެ ދުވަސްފަދަ ދުވަސްތަކަކީ އާއްމުކޮށް ފާހަގަ ނުކޮށް ދޫކޮށްލެވޭ ދުވަސްތަކެއް ކަމުން, ޑަބްލިއުޑީސީން ނިންމީ ކޮންމެވެސް ސިފައެއްގައި ފާހަގަކުރުމަށް ކަމަށެވެ. އެގޮތުން ޕްރޮފެސަރ އުގައިލް ބައިވެރިވެވަޑައިގަންނަވާ ކްލަބްހައުސްގެ ފޯރަމްގައި ރާއްޖޭގެ އެކި ފަންތީގެ ލިޔުންތެރިންވެސް ބައިވެރިވާނެ ކަމަށް ޖީޒާ ވިދާޅުވިއެވެ.
މި އިވެންޓާ ގުޅިގެން "ގާފު" އަށް މައުލޫމާތު ދެއްވަމުން ޕްރޮފެސަރ އުގައިލް ވިދާޅުވީ, އެ އިވެންޓުގައި ބޮޑަށް ވާހަކަ ދެއްކުމަށް ހަމަޖެހިފައިވަނީ ލިޔުންތެރިކަމުގެ ތަޖުރިބާތަކާ ގުޅިގެން ކަމަށެވެ.
ޖީޒާ ވިދާޅުވި ގޮތުގައި އެ ސެޝަންގެ މަގްސަދަކީ ލިޔުންތެރިންގެ ތަޖުރިބާތައް ހިއްސާކޮށް, ލިޔުންތެރިކަމަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރުކުރުމުގެ އިތުރުން ޒުވާން ލިޔުންތެރިން އުފެއްދުމެވެ. މާދަމާ ރޭ 20:00 ގައި ފަށާ އެ ސެޝަނަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ ސެޝަނެއް ކަމަށްވެސް ޖީޒާ ވިދާޅުވިއެވެ.
ގުޅުންހުރި

ތިނަދޫގައި ފަހަން ދަސްކޮށްދޭ ކޯހެއް ބާއްވަނީ، ދެ ޖީންސުގެ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ!

ޕްރޮފެސަރ އުގައިލްގެ ލިޔުއްވުމެއް - އޯޓިޒަމް އާއި އާދަޔާ ޚިލާފު ވިސްނުންތޫނު ކަމާއި ގުޅުމެއް ނުވޭބާ؟

އަތޮޅުގެ އުފެއްދުންތެރިންނަށް ތިނަދޫ ޑަބްލިއުޑީސީން އުފައްދައިދިން މަންސަ - ފުރިހަމަ މަސައްކަތެއް
