ސުޕާރީން ލިބޭ ހަގީގީ ގެއްލުން އިގޭތަ؟

ރާއްޖޭގައި އާންމުގޮތެއްގައި އެންމެ ގިނައިން ފިހާރަތަކުން ވިކޭ އެކައްޗަކީ ސުޕާރިއަށްވާއިރު މިއީ ހަށިގަނޑަށް ވަރަށް ގެއްލުން ހުރި އެއްޗެކެވެ.

އެގޮތުން ސުޕާރިއަކީ ކެންސަރަށް މަގުފަހިކުރުވާ އެއްޗެކެވެ. އަދި ސުޕާރި ގިނަ ގިނައިން ކެއުމަކީ ފިނި އަދި ހޫނު މަހައުލުތަކަށް މީހާ އިތުރަށް ދެރަކުރުވާކަމެކެވެ. ވާހަކަދެއްކުމުގައިވެސް މައްސަލަތަކާއި ކުރިމަތިކުރުވާ ކަމެކެވެ. އަދި ސުޕާރި ކެއުމަކީ މީހާގެ ދަތްތަކާއި ހިރުގަނޑަށްވެސް ވަރަށް ނޭދެވޭ އަސަރުކުރުވާ ކަމެކެވެ.

2004 ވަނަ އަހަރު ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމްއިއްޔާއިން ވަނީ ސުޕާރިއަކީ އިންސާނުންނަށް ކާސިނޮޖެނިކް އެއްޗެއްކަމުގައި ކަނޑައަޅައިފައެވެ. މީގެ މާނައަކީ ސުޕާރި އަކީ އޭގައި ދުންފަތްފަދަ އެއްޗެއް ނުހިމެނުނު ނަމަވެސް އޭގެ ސަބަބުން ކެންސަރަށް މަގުފަހިކުރުވާ އެއްޗެއްކަމެވެ.މީގެ ތެރޭގައި ވަކި ބްރޭންޑެއްގެ ނުވަތަ ވަކިވައްތަރެއްގެ ސުޕާރީއެއް ކަނަޑައަޅާފައެއް ނުވެއެވެ.އެހެންކަމުން ހުރިހާވައްތަރެއްގެ ސުޕާރީއެއްވެސް މީގެ ތެރޭގައި ހިމެނޭކަމަށް ބައެއްފަރާތްތަކުން ބުނެފައިވެއެވެ.

ބައެއް ގައުމުތަކުގައި ސުޕާރި ޕެކެޓު ވިއްކާއިރު އޭގެ ބޭރުގައި އޭގެން ލިބޭ ނޭދެވޭ އަސަރުތައް ދައްކުވައިދޭގޮތަށް މެސެޖުތައް ހިމެނުމަށް ވަނީ މަޖުބޫރުކުރުވިފައެވެ. ބައެއް ދިރާސާތަކުން ދައްކުވައިދޭގޮތުގައި ސުޕާރި ކެއުމުގެ ނޭދެވޭ އަސަރުތަކަކީ އެތައް އެތައް އަހަރުތަކަކަށް ދިގު ދެމިގެންދާ ކަންކަމެވެ.

ސުޕާރި ގިނަ ގިނައިން ކެއުމަކީ ފިނި އަދި ހޫނު މަހައުލުތަކަށް މީހާ އިތުރަށް ދެރަކުރުވާކަމެކެވެ. އަދި ވާހަކަދެއްކުމުގައިވެސް މައްސަލަތަކާއި ކުރިމަތިކުރުވާ ކަމެކެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް