logoEN
cocacola
އަދަބު ލުއި ކުރާ ގޮތަށް 32 ދައުވާއަށް ޒިޔަތު އިއުތިރާފުވެއްޖެ

އަދަބު ލުއި ކުރާ ގޮތަށް 32 ދައުވާއަށް ޒިޔަތު އިއުތިރާފުވެއްޖެ

އަޙްމަދު ޖަމީލު

logo

11/23/2020, 5:34:12 PM

ABDULLAH ZIYATH

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތް ހިންގިއިރު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުރި އަބްދުﷲ ޒިޔަތު ދައުލަތާ އެކު ޕްލީ ބާގެއިން އެއްބަސްވުމެއް ހަދައި 32 ދައުވާ އަށް އިއުތިރާފުވެ ޖޮއިންޓް ތަހުގީގަށް އެއްބާރުލުން ދޭން ނިންމައިފި އެވެ.

ގޮސިޔާ

ޒިޔަތު މިހެން އެއްބަސްވެފައިވަނީ ޅ. މާބިންހުރާގެ މައްސަލާގައި އަށް އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ބޭއްވި އަޑުއެހުމުގަ އެވެ.

މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔައީ މާބިންހުރާގެ މައްސަލައިގައި ޒިޔަތުގެ މައްޗަށް އިއްވާފައިވާ ޙުކުމް އޭނާގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ މައްސަލަ އަނބުރާ ގެންދަން އޭނާ އެދިފައި ވުމުން ބޭއްވި އަޑުއެހުމެކެވެ.

މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހިމް ވަނީ ޒިޔަތު މައްސަލަ އަނބުރާ ގެންދިއުމަކީ އިސްތިއުނާފީ ޙައްޤެއް ދޫކޮށްލުންކަން އެނގިވަޑައިގަންނަވާތޯ އާއި މައްސަލަ އަނބުރާ ގެންދަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެންތޯ ސުވާލު ކުރެއްވުމުން ޒިޔަތު ބުނީ އޭނާ ދޫކޮށްލަނީ އިސްތިއުނާފު ކުރުމުގެ ޙައްޤުކަން އެނގޭ ކަމަށާއި މައްސަލަ އަނބުރާ ގެންދަން ނިންމީ އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެން ނޫން ކަމަށެވެ.

ޒިޔަތުގެ މައްޗަށް 8 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައި އޮތް ނަމަވެސް ހޯމް މިނިސްޓްރީ އަށް ލިބިދީފައިވާ ބާރުގެ ދަށުން އެ މިނިސްޓްރީގެ ނިންމުމަކަށް ޒިޔަތު ގޭބަންދަށް ބަދަލުކުރިގޮތަށް އަދިވެސް ހުރީ ގޭބަންދުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ