ހުވަދޫގެ ހަތް ރަށެއްގައި އައުޓްޑޯ ޖިމް އަޅަން ބަޔަކާ ހަވާލުކޮށްފި

ހުވަދު އަތޮޅުގެ 7 ރަށް ހިމެނޭ ގޮތަށް ޖުމުލަ 29 ރަށެއްގައި އައުޓްޑޯ ޖިމް އިންސްޓޯލް ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

އިންޑިޔާ ސަރުކާރުގެ ހިލޭ އެެހީގެ ދަށުން ރާއްޖެގެ 61 ރަށުގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ އައުޓްޑޯ ޖިމް ތަކުގެ ތެރެެއިން 29 ރަށެއްގައި ޖިމްތަކެެތި ގެންގޮސް އިންސްޓޯލް ކުރުމަށް މިއަދު އެއްބެސްވުމުގައި ސޮޮއި ކޮށްފައިވަނީ ކްރިޒިނޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި އެވެ.

މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި ސޮޮއި ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ސްޓޭޭޓް މިނިސްޓަރ އަސްހަދު އަލީ އެވެ. އަދި ކްރިޒިނޯ ގްރޫޕް ގެ ފަރާތުން ސޮޮއި ކުރެއްވީ އެކުންފުނީގެ މެޏޭޖިންގް ޑިރެކްޓަރ އިނާޔަތު ތައުފީގްއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 4،422،320.00 ރުފިޔާއަށެވެ.

އައުޓޯޯ ޖިމް ގާއިމު ކުރެވޭ ހުވަދު އަތޮޅުގެ ރަށްތަށް 

  • ގއ. ކޮލަމާފުށި
  • ގއ. ކަނޑުހުޅުދޫ
  • ގއ. ކޮނޑޭ
  • ގއ. ދާންދޫ
  • ގދ. ގައްދޫ
  • ގދ. ތިނަދޫ
  • ގދ. ހޯޑެއްދޫ

އައުޓޯޯ ޖިމް ގާއިމު ކުރެވޭ އެހެން ރަށްތަށް 

  • އއ. ހިމަންދޫ
  • އއ. އުކުޅަސް
  • އއ. ތޮއްޑޫ
  • ދ. މީދޫ
  • މ. ވޭވަށް
  • މ. ނާލާފުށި
  • ފ. ދަރަނބޫދޫ
  • ފ. ފީއަލި
  • ތ. ހިރިލަންދޫ
  • ތ. ކިނބިދޫ
  • ތ. ކަނޑޫދޫ
  • ލ. މާވަށް
  • ލ. މާބައިދޫ
  • ލ. އިސްދޫ
  • ލ. ފޮނަދޫ
  • ލ. ހިތަދޫ
  • ލ. މާމެންދޫ
  • ލ. ގަން
  • ޏ. ފުވައްމުލައް
  • ސ. މަރަދޫ
  • ސ. ހިތަދޫ
  • ސ. މަރަދޫ-ފޭދޫ

މީގެ ކުރިން ވަނީ އިތުރު 32 ރަށެއްގައި ޖިމް އިންސްޓޯޯލް ކުރުމަށް ބަޔަކާ ހަވާލުކޮށް އެެއްބަސްވުމުގައި ސޮއިކޮށްފައެެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް