logoEN
ޕީއެންސީ 2
ރާއްޖޭގެ ތާރީހު ދުށް އެންމެ ގާބިލް ހޯމް މިނިސްޓަރަކީ އިމްރާން : ޖާބިރު

ރާއްޖޭގެ ތާރީހު ދުށް އެންމެ ގާބިލް ހޯމް މިނިސްޓަރަކީ އިމްރާން : ޖާބިރު

އަޙްމަދު ޖަމީލު

logo

11/23/2020, 11:40:45 AM

b_1dP86Wlo2UFRW3Rvs19ILgxma

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ ރާއްޖޭގެ ތާރީހުން ފެނުނު އެންމެ ގާބިލް ހޯމް މިނިސްޓަރު ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.

ޝަރީ 2024

"މިނިސްޓަރު އިމްރާނަކީ ވަރަށް ގަދަރުވެރި ބޭފުޅެއް، އިމްރާން ދާހިލީ ވުޒާރާ ހިންގަވަމުން ގެންދަވަނީ ވަރަށް ރަނގަޅަށް، އިމްރާންގެ ސްޓޭޓް މިނިސްޓަރަކަށް ވެސް ހުންނެވީ ވަރަށް ގަދަރުވެރި ބޭފުޅެއް، އެ ވުޒާރާގައި ނެތް އެއްވެސް ގޯހެއް، ހަމައެކަނި ވުޒާރާއަކީ ވެސް އިމްރާން ހިންގަވާ ވުޒާރާ،" ޖާބިރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ އިމްރާން ފަދަ މަސައްކަތް ރަނގަޅު މިނިސްޓަރެއްގެ އިތުބާރު ނެތް ކަމަށް މަޖިލިހަށް ހުށަހެޅުމުން ވަރަށް ކަންބޮޑުވެވަޑައިގެންނެވި ކަމަށެވެ.

ޖާބިރު ވިދާޅުވީ ހޯމް މިނިސްޓްރީ އުފެއްދި ސަބަބަކީ ވެސް ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ރައްޔިތުންނަށް ހިމާޔަތް ދިނުމަށް ކަމަށެވެ.

އެހެން ކަމުން އެ ކަންކަން މިހާރު ބެލެމުންދާ އިރު މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް މައްސަލަ އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވަނީ ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅޭ ގޮތުން އިމްރާން ދެއްކެވި ވާހަކައާ ގުޅިގެނެވެ. އިމްރާން ވިދާޅުވެފައިވަނީ ސަފާރީގައި ރޭޕްގެ އަމަލެއް ނުހިންގަވާ ކަމަށާއި އެ ތަނުގައި ހިނގީ އާންމު ތަނެއްގައި ކޮންމެ މީހަކަށް ވެސް ކުރެވޭ ވަރުގެ އާދައިގެ ކުޑަ ކަމެއް ކަމަށެވެ.

މިކަމާ ގުޅިގެން އިމްރާން ދިފާއުގައި ވިދާޅުވީ މީޑިއާތަކުން އޭނާގެ ވާހަކަ އޮޅޭ ގޮތަށް ގެނެސްދެއްވީ ކަމަށެވެ. އަދި އޭނާ ވިދާޅުވީ އަންހެނުންނަށް ޖިންސީ ގޯނާ ކުރުމަށް ހިތްވަރު ލިބޭ ގޮތަށް ވާަހަކަ ނުދައްކަވާ ކަމަށެވެ. އެކަމަކު އޭނާގެ ވާހަކައިން އެފަދަ ކަންކަން ދޭހަވާނަމަ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ