logoEN
cocacola
އަލިފާނުގެ ހާދިސާގައި ފިހުނު މީހެއްގެ ހާލު ސީރިއަސް!

އަލިފާނުގެ ހާދިސާގައި ފިހުނު މީހެއްގެ ހާލު ސީރިއަސް!

އަޙްމަދު ޖަމީލު

logo

11/23/2020, 1:17:29 AM

45D35BD7-7EB5-40C8-AC80-A7053BC3CE06

ގދ ތިނަދޫ ފަޅުގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހުންގެ ތެރެއިން މީހެއްގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ގޮސިޔާ

މިރޭ ހިނގި ހާދިސާގައި ޖުމްލަ ހަތަރު މީހަކު ފިހިފައިވާއިރު އެ މީހުންނަށް ފަރުވާ ދެމުންދަނީ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައެވެ. އަދި 3 މީހަކު ވަނީ ވަރަށް ބޮޑަށް ފިހިފައެެވެ.

އަލިފާން ރޯވެފައިވަނީ ރާސްތާ ނަމަކަށް ކިޔާ މަސް ދޯންޏެއްގައެވެ. އެނގިފައިވާ ގޮތުގައި އެ ދޯނީގައި އަލިފާން ރޯވީ އެއްޗެއް ގޮވުމުގެ ސަބަބުންނެވެ.

މިހާދިސާއާ ގުޅޭ ގޮތުން އެމްއެންޑީއެފުންވެސް އަދި ފުލުހުންވެސް ވަކި އެއްޗެއް އަދި ހާމައެއް ނުކުރެއެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި ޖުމްލަ ހަތަރު މީހަކަށް ހޮސްޕިޓަލުގެ ވޯޑުގައި ފަރުވާ ދެމުން އެބަ ދެއެވެ. އަދި އޭގެ ތެރެއިން ތިން މީހެއްގެ ހާލު އެހާ ރަނގަޅު ނޫންކަމަށާއި ކަމަށާއި އެމީހުން ޒަޚަމް ވެފައިވަނީ ދާދި އެއްވަރަކަށް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ