
ތިނަދޫ ފަޅުގައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
DSC_0289
ގދ ތިނަދޫ ފަޅުގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ތިނަދޫ ޖެޓީ ސަރަހައްދުގައި ހުރި ‘ ގާފު’ ގެ ރިޕޯޓަރު މައުލޫމާތު ދޭ ގޮތުގައި ރޯވެފައި ވަނީ ދޯނީގެ ތެރޭގައި ހުރި ގޭސްފުޅިއެއް ގޮވުމުގެ ސަބަބުންނެވެ. އަދި އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ފަޔަރ ސަރވިސް އިން ވަނީ ހަރަކާތްތެރިވެފައެވެ.
އެ ހާދިސާގައި އަލިފާން ރޯވެފައިވަނީ މަސް ދޯންޏެއްގައެވެ. އަލިފާން ރޯވި އިރު ދޯނި ތެރޭގައި ތިބި 5 މީހަކަށް ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންދެވުނު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި އަލިފާން ރޯވެފައިވަނީ ރާސްތާ ނަމަކަށް ކިޔާ ދޯންޏެއްގައެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ހަތަރު މީހަކު ވަނީ ފިހިފައިކަމަށް މައުލޫމާތު ލިބެއެވެ. އަދި އެ ހަތަރު މީހުންނަކީވެސް ގދ ތިނަދޫ އަށް ނިސްބަތްވާ މީހުންނެެވެ.