މާލެއިން ރަށްރަށަށް ދިޔުމުގެ އުސޫލަށް ބޮޑު ބަދަލެއް

ވަކި ޒަރޫރީ ބޭނުމެއް ނެތަސް މާލެ ސަރަހައްދުން ރަށްރަށަށް ދެވޭ ގޮތަށް އުސޫލު ބަދަލުކޮށް އެޗްޕީއޭއިން ހުއްދަދޭން ފަށައިފި.

މާލެއިން ކޮވިޑް19ގެ ކޭސްތައް ފެންނަން ފެށުމާ ގުޅިގެން، އަތޮޅު ތެރެއަށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރުން ހަރުކަށިކޮށް ޒަރޫރީ ބޭޭނުންތަކުގައި ނޫނީ ދަތުރުނުކުރެވޭ ގޮތަށް ހެެދިއެވެ. އެގޮތުން މާލެއިން ރަށަށް ދެވެނީ ހަމައެކަނި ޒަރޫރީ ބޭނުމަކަށް އެޗްޕީއޭގެ ހާއްސަ ހުއްދައެއް ހޯދައިގެންނެވެ.

އެޗްޕީއޭއިން މިގެނައި ބަދަލާއި އެކު ޒަރޫރީ ހާލަތެއް މެދުވެރި ނުވި ނަމަވެސް، މާލެ، ހުޅުމާލެ އަދި ވިލިމާލެއިން ރަށްރަށަށް ދަތުރުކުރެވޭނެއެވެެ. އެހެން ނަމަވެސް ކަރަންޓީނު އުސޫލަށް ބަދަލު ގެނެސްފައިނުވެެއެވެ. ކުރިއެކޭވެސް އެއްގޮތަށް މާލެ ސަރަހައްދުން އެހެން ރަށަކަށް ދަތުރުކުރިކަމުވާނަމަ ހާލުބެލުން ޕޯޓަލްގައި ރަޖިސްޓްރީވުމަށްފަހު ހުއްދަ ނަގަން ޖެހެެއެެވެެ. އަދި ރަށަށް ދިޔުމަށްފަހު 14 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަކޮށް 14 ދުވަސް ފަހުން ކޮވިޑް ނެގެޓިވް ޓެސްޓެއް ހަދަން ޖެހޭނެއެވެ.

ރަށްރަށަށް ދާ މީހުން ކަރަންޓީން ވާން ޖެހުނު ނަމަވެސް ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް އޮފީސްތަކާއި ކުންފުނިތަކުގެ ފަރާތުން ކުރު މުއްދަތަށް ރަަށްރަށަށް ދާ މީހުން ކަރަންޓީން ވާކަށް ނުޖެހެ އެވެ. ކަރަންޓީން ނުވެ ރަށެއްގައި އެންމެ ގިނަވެގެން ހުރެވޭނީ ފަސް ދުވަހަށެވެ.

މާލެ ސަރަހައްދުގެ ކޮވިޑް ހާލަތު އަންނަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ. ހުވަދު އަތޮޅުގައިވެސް މިވަގުތު އެކްޓިވް މާގިނަ ކޭސްތަކެއް ނެތެވެެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް