logoEN
cocacola
އެމީހެއްގެ މަސައްކަތުން، މުޅި ދުނިޔެ އަލިކޮށްލި، ނިކޮލަސް ޓެސްލާގެ ދިރިއުޅުން!

އެމީހެއްގެ މަސައްކަތުން، މުޅި ދުނިޔެ އަލިކޮށްލި، ނިކޮލަސް ޓެސްލާގެ ދިރިއުޅުން!

ގާފު އެޑިޓޯރިއަލް

logo

11/23/2020, 11:04:19 AM

1

ނިކޮލަސް ޓެސްލަރ މިދުނިޔެއާއި އަލްވަދާއުކީ، އަތުގައި އެއްވެސް ފައިސާއެއް ނެތް ނިކަމެތި ފަގީރު މީހެއްގެ ގޮތުގައި އެކަނި ހޮޓަލެއްގެ ކޮޓަރިއެއްގައި އޮވެއެވެ. އޭނާގެ ދިރިއުޅުމުގައި ގޮތް ހުސްވެ މާޔޫސް ވާންޖެހުނު އެތައް ހާދިސާއެއް ކުރިމަތިވެފައި ވެއެވެ. އޭނާ ތަފާތު އެކިފަހަރުމަތިން އޮޅުވާލުންތަކާއި، ކެހިވެރިކަން ކުރިމަތިލާން ޖެހުނެވެ. އޭނާއާއި ނުލައި މިއަދު އަޅުގަނޑުމެން ދިރިއުޅުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރޮކޮށްދޭ ކަރަންޓްގެ ބޭނުމެއް ނުވީހެވެ.

ގޮސިޔާ

undefined

މިލިޔުމަކީ ތާރީޚު ދުށް އެންމެ ވަރުގަދަ އެއް އުފެއްދުންތެރިޔާ ނިކޮލަސް ޓެސްލަރގެ ހިތާމަވެރި ދިރިއުޅުމުގެ މައްޗަށް ލިޔެވޭ ލިޔުމެކެވެ.

undefined

ނިކޮލަސް ޓެސްލަރ އުފަންވެފައިވަނީ 1856 ވަނަ އަހަރު ކްރޮއޭޝިއާ އަށެވެ. ކުޑައިރުގައިވެސް "ޗައިލްޑް ޕްރޮޑިޖީ" އެއް ނުވަތަ އާދަޔާ ޚިލާފަށް ވިސްނުންތޫނު، އާދަޔާ ޚިލާފު ހުނަރުތަކެއް ލިބިގެންވާ ކުއްޖެއްގެ ގޮތުގައި ޓެސްލާ މަޝްހޫރުވެގެން ގޮސްފައިވެއެވެ. އޭނަގެ އެންމެ ކުޅަދާނަ ހުނަރަކީ އޭނާއަށް ލިބިފައިވާ "ފޮޓޯގްރަފިކް މެމަރީ" ނުވަތަ ފެންނަ ކޮންމެ އެއްޗެއް ހަނދާނުގައި ހަރުލުމުގެ ހުނަރެވެ.

އޮސްޓްރޭލިޔާއިން އިންޖިނިއަރިންގ ކިޔެވުމަށްފަހު 1884 ގައި އެމެރިކާއަށް އޭނާ ހިޖުރަކުރީ، ހެދުން ބަރިޔަކާއި، ޖީބުގައި ފައިސާއަކަށް އެންމެ 4 ސެންޓް އޮވެގެންނެވެ. އެމެރިކާގައި ޓެސްލާ، ތޯމަސް އެޑިސަން އާއި ބައްދަލުވެއެވެ. އެންމެ ފުރަތަމަ އޮފެއްދި ބޮތްކާއެކު، އެޑިސަންގެ މަޝްހޫރުކަން އެދުވަސްވަރު ވަރަށް ބޮޑުވެފައި ވެއެވެ. ޓެސްލާ އަށް އެޑިސަން އާއި އެކު އޭނާގެ ލެބުގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބެއެވެ. އެޑިސަންގެ އިންވެޝަން ފުރަތަމަ ބޮކީގެ ޕަވަރ ސޯސް އަކަށް ބޭނުންކުރަމުންދިޔަ ޑީ. ސީ ކަރަންޓަކީ، އެހާ ބޮޑަށް އެއަށް ބަރޯސާ ވެވޭ އެއްޗަކަށް ނުވެއެވެ.

undefined

ޑީ.ސީ ޕަވަރ ނުވަތަ ޑައިރެކްޓް ކަރަންޓް ބޭނުންކުރުމުގައި ދަތިތަކެއް ހުރުމާއެކު، ޑީ. ސީ ކަރެންޓް ނޫން އެހެން އިތުރު ޕަވަރަ ސޮލިއުޝަނެއް ނުވަތަ އިތުރު އެހެން ޕަވަރ ސޯސްއެއް ނުވަތަ ހައްލެއް ހޯދުމަށް ޓެސްލާ ކައިރިން އެޑިސަން އެއްދުވަހު އެދެއެވެ. އަދި މިފަދަ ހައްލެއް އޭނަގެ ވިސްނުން ބޭނުންކޮށްގެން ހޯދިއްޖެނަމަ ފަންސާސް ހާސް ޑޮލަރު ދިނުމަށް އެޑިސަން ވައުދުވިއެވެ. މަސްތަކެއްގެ މަސައްކަތުން ޓެސްލާ، މިއަށް ރަނގަޅު ހައްލެއް ހޯދިއެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީ ހީކުރި ގޮތަކަށް ނޫނެވެ. ވަޢުދުވި ފައިސާ ހޯދަން އެދުމުން އެޑިސަން އެހެން ބުނީ މަޖަލަކަށް ކަމަށް އޭނާ ބުނެއެވެ. އެޑިސަން ވައުދުވި ފައިސާއެއްވެސް ނުލިބުމުގެ އިތުރުން ޓެސްލާގެ މަސައްކަތަށްވެސް އެއްވެސް ކްރެޑިޓެއް ނުލިބުނެވެ. ލިބުނު ކެހިވެރިކަމުގެ ދެރަޔާއެކު، އެޑިސަންގެ ވަޒީފާ ޓެސްލާ ދޫކޮށްލައެވެ.

އޭގެފަހުން ޓެސްލާގެ މި ބޮޑު ވިސްނުން ތަރައްޤީކޮށް ފުޅާކުރުމަށް ބޭނުންވާ ފައިސާ އަދި، އަމިއްލަޔަށް ކައިބޮއި އުޅުމަށް ވަރަށް އާދައިގެ ދުވާލަކަށް ދެ ޑޮލަރު ލިބޭ ވަޒީފާ އަދި މަގުމަތިކޮނުން ފަދަ ބުރަމަސައްކަތް ޓެސްލާ ކޮށް އުޅުނެވެ.

ކަރަންޓުގެ ހަނގުރާމަ:

ޓެސްލާ އޭނަގެ ވިސްނުން ބޭނުންކޮށްގެން އޭ. ސީ ކަރެންޓް "ދަ އަލްޓަނޭޓިންގ ކަރަންޓް" އީޖާދުކުރުމުގެ މަސައްކަތް ފެށިއެވެ. ޓެސްލާގެ އެހީތެރިކަމާއެކު އެޑިސަންއަށް އީޖާދުކުރެވުނު ޑީ. ސީ ކަރެންޓް "ޑައިރެކްޓް ކަރެންޓް" ގެ ޗާޖުތައް ދަތުރުކުރަނީ އެއްކޮޅަށެވެ. ނަމަވެސް ޓެސްލާގެ އުފެއްދުން އޭ. ސީ ކަރަންޓް ޗާޖުތައް ދެކޮޅަށް މިސްރާބު ބަދަލުވެ ދަތުރުކުރުމުގެ އިތުރުން، ކަރަންޓް ދުރު ހިސާބުތަކަށް ގެންދިޔުމުގެ ފުރުޞަތު އޮތްކަމަށް ޓެސްލާއަށް ޔަޤިންކަން ލިބުނެވެ.

undefined

ގިނަ އިންވެސްޓަރުން ޓެސްލާގެ މިވިސްނުމަށް ޖޯކުޖަހައި، ޓެސްލާގެ އުފެއްދުމަށް އިންވެސްޓްކުރަން ބޭނުން ނުވިއެވެ. އެއްދުވަހު، މުއްސަނދި އިންވެސްޓަރެއް ކަމުގައިވާ ޖޯޖު ވެސްޓިންގްހައުސް ޓެސްލާގެ އުފެއްދުމަށް އިންވެސްޓް ކުރުމަށް އެއްބަސްވެއެވެ. މިހިސާބުން ކަރަންޓުގެ ހަނގުރާމަ ފެށުނެވެ.

undefined

undefined

މިއީ އޭ. ސީ ކަރަންޓް ދުނިޔެއަށް ތަޢާރަފް ވުމަށް ލިބގެން ދިޔަ ފުރުޞަތެވެ. 1891 ގައި ޗިކާގޯ ވޯލްޑް ފެއަރއިން އޭސީ ކަރަންޓް ދުނިޔެއަށް ތަޢާރަފްވެގެން ދިޔައެވެ.

undefined

ޓެސްލާގެ މިއުފެއްދުމުން އޭނާއަށް ލިބިގެންގޮސްފައިވާ ސަމާލުކަމުން އަދި އޭނާގެ ކެރިއަރ ހަލާކުކޮށްލުމަށް އެޑިސަން، އޭ. ސީ ކަރަންޓުގެ ނުރައްކާތެރިކަން މުޅި އެމެރިކާއަށް ފަތުރަމުން ގެންދިޔައެވެ. ނަމަވެސް އެއިރު، ޓެސްލާގެ އަދި ޖޯޖު ވެސްޓިންގްހައުސްގެ މަސައްކަތުން ތޫފާނެއް ހެން އެމެރިކާގައި މިޓެކްނޮލޮޖީ ފެތުރިގެން ދިޔައެވެ. އަދި އެޑިސަންގެ މަސައްކަތް ފެއިލްވިއެވެ. ނައެގްރާ ފޯލްސް ފެނާރުގެ ބާރުފެނި، މިފެނާރުން ކަރަންޓު އުފެއްދުމުގެ ވިސްނުން ޓެސްލާއަށް އައެވެ.

undefined

އަދި 1895 ގައި ޓެސްލާގެ ވިސްނުން ބޭނުންކޮށްގެން ދުނިޔޭގެ ފުރަތަމަ ފެނުން ކަރަންޓް އުފައްދާ ޕަވަރަ ޕްލާންޓް ޓެސްލާ އުފެއްދިއެވެ.

undefined

ޓެސްލަ އަދި އެޑިސަންގެ ދެމެދުގައި ވާދަކުރެވުނު ކަރަންޓްގެ ހަނގުރާމަ ޓެސްލާ ވަރަށް ފުރިހަމަޔަށް ކާމިޔާބު ކުރިއެވެ. ނަމަވެސް ގިނަ މީހުންގެ މެދުގައި ފުރަތަމަ ބޮކި އަދި ކަރަންޓު ބާނީގެ ގޮތުގައި ޓެސްލާއަށް ވުރެ ބޮޑަށް މަޝްހޫރު ވެފައިވަނީ ތޯމަސް އެޑިސަން އެވެ. ނަމަވެސް މިޒަމާނުގައި އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޮޑު އިންގިލާބެއް ގެނައި ޒަމާނީ ކަރަންޓް ވުޖޫދަށް ގެނައުމުގެ ޝަރަފު ލިބިގެންދަނީ ނިކޮލަސް ޓެސްލާއަށެވެ.

ޓެސްލާގެ މި އިންގިލާބީ އީޖާދު ކާމިޔާބުކަމާއެކު ޓެސްޓްކޮށްފައި ވަނިކޮށް، އެއަހަރު އޭނާގެ ރިސާރޗް ލެބް ވަރަށް އާދަޔާ ޚިލާފު ގޮތަކަށް އަދާ ހުލިވެއެވެ. މި ހާދިސާގައި އޭނާގެ ރިސަރޗް ނޯޓްސް ފަދަ މުހިންމު ލިޔެކިޔުން އަނދައިގެން ދެއެވެ. މީގެ ފަހުންވެސް ޖޭ.ޕީ. މޯގަން ކިޔާ ބޭފުޅެއް ފަންޑުކޮށްގެން ތަފާތު ޕްރޮޖެކްޓްތައް ޓެސްލާ ކުރިއަށް ގެންދިޔައެވެ. ނަމަވެސް ފަންޑު ހުސްވެ، އިތުރަށް ފަންޑު ނުވެ، ޓެސްލާގެ ޕްރޮޖެކްޓްތަކަށް އިންވެސްޓްކޮށް ފަންޑުކުރުން ހުއްޓިގެން ދިޔައެވެ. އަދި ސަރުކާރުން ފަންޑު ހޯދުމަށް މަސައްކަތްކޮށް އަދި ތަފާތު 30 އެތައް ބަޔެއްގެ ގާތަށްގޮސް އާދޭސްކޮށް މަސައްކަތް ކުރުމުންވެސް، އޭނާގެ ޕްރޮޖެކްޓްތަކަށް ފަންޑު ލިބޭގޮތް ނުވިއެވެ.

މިހާ ހިސާބުން ޓެސްލާގެ މިއިންގިލާބީ މަސައްކަތް ހުއްޓި، ހަމައެކަނި އަތުގައި ހުރި މަދު ލާރިކޮޅުން ކުޑަ ހޮޓަލެއްގެ، ކޮޓަރިއެއްގެ ދިރިއުޅެން މަޖުބުރުވެއެވެ. ޓެސްލާއަށް އޭނާގެ ދިރިއުޅުމުގެ އެންމެ ފަހު ދުވަސްތައް ގުނަންޖެހުނީ، ވަރަށް ބޮޑަށް ޑިޕްރެޝަނުގައި، ފަގީރު ހާލަތުގައި އެކަނިވެރިކަމުގައެވެ. 1943 ވަނަ އަހަރު، ޓެސްލާ މިދުނިޔެއާއި އަލްވަދާޢު ކިޔަންޖެހުނީ، އެކުޑަ ކޮޓަރީގައި މާޔޫސްކަމާއި އެކަނިވެރިކަމުގައި ހިތްދަތިކޮށެވެ. އޭނާ ބުނެފައިވާގޮތުގައި، "ފައިސާގެ ބާރު، އިންސާނުން އޭގެ ބާރުކަމަށް ދައްކައިގެން އުޅޭ މިންވަރަށް ބާރުގަދައެއް ނޫނެވެ. އަދި އަހަރެންގެ ހުރިހާ ފައިސާއެއް ޚަރަދުކޮށްފައިވާނީ އިންސާނިއްޔަތަށް ލުއިގޮތްތައް އީޖާދުކުރުމަށް ކުރެވުނު އެކްސްޕެރިމެންޓްތަކަށެވެ. އަދި އަހަންނަށް އިންސާނިއްޔަތައް ކުޑަވަރެއްގެ ލުއިގޮތްތަކެއް ހޯދާދެވިއްޖެ ކަމަށް ޤަބޫލުކުރަމެވެ."

undefined

މިއަދު އަޅުގަނޑުމެން ފަސޭހަކަން ހޯދަމުން މިދާ އޭ.ސީ ކަރަންޓަކީ، ޓެސްލާ އިންސާނިއްޔަތަށް ދޫކޮށްފައިވާ ހަދިޔާއެކެވެ. މިއީ އަޅުގަނޑުމެންނަށް އެއަށް އަގު އަދާނުކުރެވޭނެ ހަދިޔާއެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ