ތިނަދޫ ކަނބަލުންގެ ފުޓްސަލް މުބާރާތް ފަށައިފި

ތިނަދޫ ޔޫތް ފުޓްބޯލް ކްލަބުގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ “ ޑަބްލިއުޑީސީ ހިޔަލަ ފުޓްސަލް މުބާރާތް 2020” ގެ ތެރެއިން:- ގާފު ފޮޓޯ: މުހަމްމަދު މައިޝަމް

ތިނަދޫ ޔޫތް ފުޓްބޯލް ކްލަބުގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ “ ޑަބްލިއުޑީސީ ހިޔަލަ ފުޓްސަލް މުބާރާތް 2020” ފަށައިފިއެވެ.

މި މުބާރާތް ފައްޓަވައިދެއްވީ އަޒީމާ ވަޙީދު އެވެ.

ޖުމްލަ 5 ޓީމާއެކު ފެށި މި މުބާރާތުގައި ގްރޫޕް ސްޓޭޖުގައި ޖުމްލަ 11 މެޗް ކުޅޭނެ އެވެ. އެގޮތުން މިރޭ ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ އައުޓްލޯޒް ކުއީންސް އާއި އޮކްސް ވިމެންސް ޓީމެވެ. ދެވަނަ މެޗްގައި ކުޅޭނީ އޭބީވައިޓީ އާއި އޭއެމްއީއެސް ޓީމެވެ.

މި މުބާރާތް ފެށުމަށް ކުރިން ހަމަޖެހިފައި އޮތީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ނަމަވެސް މުބާރާތުގައި ބައިވެރިވާ ޓމް އޭބީވައިޓީ އިން ކޯޓަށް ވެއްދި މައްސަލައަކާ ގުޅިގެން މުބާރާތް ލަސް ކުރަން ޖެހުނެވެ.

މި މުބާރާތުގެ މެޗުތައް އޮންނާނީ ކޮންމެ ދެ ރެއަކުން އެއް ރޭގައެވެ. ކޮންކެ ރެއަކު ދެ މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ތިނަދޫގައި ބާއްވާ އަންހެނުންގެ ފުރަތަމަ ފުޓްސަލް މުބާރާތެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއެވެ. ކޯ ސްޕޮންސަރ އަކީ ޕްރިންޓެކާއި ފިއުލް ސަޕްލައިސް މޯލްޑިވްސް އެވެ. މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރ އަކީ ފޮޓޯ މޯލްޑިވްސް އެވެ. ޑިޒައިނިން ޕާޓްނަރ އަކީ ބްލެކް ކަމަށްވާއިރު ޕްރިންޓިންގ ޕާޓްނަރ އަކީ ނޯވަޓެކް އެވެ. ބެވަރޭޖް ޕާޓްނަރަށް ޒިމަމަން ރެސްޓޯރެންޓް ހަމަޖައްސާފައިވާއިރު މީޑިއާ ޕާޓްނަރ އަކީ ހުވަދޫ ނިއުސް އެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް