logoEN
ކޮކާކޯލާ
މީޑިއާނެޓުން އެޗްބީއޯއާއި އިތުރު ޗެނަލްތަކެއް ދެއްކުން ހުއްޓާލަނީ

މީޑިއާނެޓުން އެޗްބީއޯއާއި އިތުރު ޗެނަލްތަކެއް ދެއްކުން ހުއްޓާލަނީ

އަޙްމަދު ޖަމީލު

logo

11/22/2020, 7:18:12 PM

# މީޑިއާނެޓް# ކޭބަލް ޓީވީ

94B87A50-DEAE-4843-B1B9-BB1032B962D2

ރާއްޖެގައި ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީގެ ޚިދުމަތްދޭ ކުންފުނި، މީޑިއާނެޓުން ދައްކާ ބައެއް ޗެނަލްތައް ދެއްކުން ހުއްޓާލަން ނިންމައިފިއެވެ.

އަބުޅޯ

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓާނަރ މީޑިއާއިން މި ސަރަހައްދުގައި އެޗްބީއޯއާއި ޑަބްލިއުބީ ޓީވީ ދެއްކުން ހުއްޓާލާފައިވާ ކަމަށެވެ. ޓާނަރ މީޑިއާ އަކީ މި ސަރަހައްދަށް އެ ދެ ޗެނަލް ބްރޯޑްކާސްޓު ކުރުނުގެ ހުއްދަ ދޭ ފަރާތެވެ.

ޓާނަރ މީޑިއާގެ އެ ނިންމުމާ ގުޅިގެން މީޑިއާ ނެޓުން ދެއްކުން ހުއްޓާލަން ނިންމާފައިވާ ޗެނަލްތަކަކީ އެޗްބީއޯ އާއި ޑަބްލިއުބީޓީވީގެ އިތުރުން އެޗްބީއޯ އެޗްޑީ އެވެ. އަދި އެ ޗެނަލްތައް ދެއްކުން ހުއްޓާލާނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށް މީޑިއާ ނެޓުގެ ބަޔާނުގައި ވެއެވެ.

އެކަމާ ގުަޅިގެން ދިމާވެދާނެ ދަތިތަކަށް މީޑިއާ ނެޓުން ވަނީ މާފަށް އެދިފައެވެ. އަދި އެކަމާ ގުޅިގެން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ނަމަ އެ ކުންފުނީގެ މެއިލް މެދުވެރިކޮށް އެކަމަށް އެދުމަށްވެސް ވަނީ ދަންނަވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ