ރާއްޖޭގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތްތަކަށް ބުރޫއަރައިފިއެވެ.
ބީއެމްއެލް އިން ކުރި ޓްވީޓެއްގައި ބުނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ ބޭންކުގެ ޚިދުމަތްތައް ހޯދުމުގައި އާންމުންނަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. އަދި އެ މައްްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެކަމާ ގުޅިގެން އާއްމުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭ ކަމަށްވެސް ބުނެފައިވެއެވެ.
ބީއެމްލްގެ އިންޓަނެޓް ބޭންކިން އާއި ޕީއޯއެސް މެދުވެރިކޮށް ކުރާ ކޭޝް ކާޑު މުޢާމަލާތްތައްވެސް މިވަނީ މިކަމާ ގުޅިގެން މިވަނީ މެދުކެނޑިފައެވެ.
އެ ބޭންކްގެ ޚިދުމަތްތަކަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލު ކުރެވޭނެ ވަކި އިރެއް އެ ބޭންކުން ހާމަކޮށްފައެއް ނުވެއެވެ.
Post Views: 225