މަލީހުގެ އިތުބާރު ނެތްކަމަށް އެމްޑީޕީ ޕީޖީއިން ފާސްކޮށްފި

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް:- ފޮޓޯ : މިހާރު

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތް ކަމުގެ ވޯޓު ކުރިއަށް ގެންދަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ނިންމައިފި އެވެ.

މިގޮތަށް ނިންމީ އެމްޑީޕީން ބޭއްވި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގަ އެވެ. މަލީހަށް އިތުބާރު ނެތް ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމުގައި ހުންނެވި މަލީހު މަގާމުން ދުރުކުރުމުގެ މައްސަލައިގައި ނިންމީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅައިގެން ކުރިއަށް ގެންދާށެވެ. މަލީހަށް އިތުބާރު ނެތް ކަމަށް އެމްޑީޕީގެ ޕީޖީ އަށް ހުށަހެޅީ، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށުން ހިންގާ ކޭމުން ހަދަން ޖެހޭ ގަވާއިދުތަކެއް މަލީހުގެ ވަޒީރު ކަމަށް ދެ އަހަރުވި އިރު ވެސް ނުހެދުމުންނެވެ.

އިތުބާރު ނެތް ކަމުގެ ވޯޓު ކުރިއަށް ގެންދަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމުމާއި އެކު މަލީހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސް ކުރުން އެއީ އެމްޑީޕީގެ ވެރިކަމެއްގައި ގާނޫނުއަސާސީގެ 27 ވަނަ މާއްދާގެ އިތުބާރު ނެތް ކަމަށް ފާސް ކުރުން ކަމަށެވެ. ގާނޫނުއަސާސީގެ 27 ވަނަ މާއްދާ އަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ މާއްދާއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް