
އެމެރިކާގެ ނާސާއިން، ސެންޓިނެލް-6 ނަމަކަށް ކިޔާ ސެޓެލައިޓެއް ކާމިޔާބުކަމާއެކު ލޯންޗްކޮށްފި!
1
ސްޕޭސް އެކްސް ފެލްކޮން9 ގެ ރޮކެޓާއެކު އިއްޔެގެ ވަގުތެއްގައި ޖައްވަށް ފުނުވާލެނު ސެންޓިނެލް-6، ސެޓެލައިޓުގެ ބައްޓަމުގައި ކުޑަ ގެއެއްގެ ސިފަހުރެއެވެ. ނާސާގެ އާތު އެންޑް ސައިންސް ޑިވިޛަންގެ ޑިރެކްޓަރ މައިކަލް ފްރޭލިޗް ވިދާޅުވި ގޮތުގައި، އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމަނައިގެން ފަރުމާކުރެވުނު މިސެޓެލައިޓުން ދުނިޔޭގެ ކަނޑުތަށް މޮނިޓަރ ކުރަމުން ގެންދާނެއެވެ.

އިއްޔެގެ ވަގުތެއްގައި ކެލިފޯނިޔާގެ، ވެންޑެންބާރގް އެއަރ ފޯސް ބޭސް އިން މިސެޓެލައިޓް ވަނީ ކާމިޔާބުކަމާއެކު ލޯންޗްކޮށް ޖައްވަށް ފުނުވާލެވިފައިވެއެވެ.
އަދި މިމަރުކާގެ އިތުރު ސެޓަލައިޓެއް، ސެންޓިނަލް-6 ބީ، 2025 ވަނައަހަރު ޖައްވަން ދޫކޮށްލެވޭނެއެވެ. ޖައްވަށް ފުނުވާލެވުނު ސެންޓިނެލް-6 މިސެޓެލައިޓް މެދުވެރިކޮށް، ދުނިޔޭގެ ކަނޑުގެ ސަތަޙަޔަށް އަންނަ ބަދަލުތައް ކުރިޔަށް އޮތް 30 އަހަރަށް މޮނިޓަރކޮށް ބެލެހެއްޓޭނެ ކަމަށް ޑިރެކްޓަރ ވިދާޅުވެއެވެ. މީގެ އިތުރުން މިސެޓަލައިޓް މެދުވެރިކޮށް އެއްކުރެވޭ، ދުނިޔޭގެ މޫސުމާ ގުޅޭ މައުލޫމާތުތަކުން، މޫސުން ކުރިޔަށް ލަފާކުރުމަށް އިތުރު ފުރިހަމަކަމެއް ލިބި، ތޫފާން އަދި ނަގޫ ރޯޅި ފަދަ މޫސުމީ ކަންތައް ބަލައި މޮނިޓަރ ކުރުމަށް ފަސޭހަތަކެއް ލިބިގެން ދާނެއެވެ.