logoEN
cocacola
އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕްގެ ފިރިހެން ދަރިކަލުން ކޮވިޑް19 އަށް ފައްސިވެއްޖެ!

އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕްގެ ފިރިހެން ދަރިކަލުން ކޮވިޑް19 އަށް ފައްސިވެއްޖެ!

ގާފު އެޑިޓޯރިއަލް

logo

11/22/2020, 10:32:33 AM

1

އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕްގެ ދޮށީ ފިރިހެން ދަރިކަލުން ޓްރަމްޕް ޖޫނިއަރ، ކޮވިޑް19 އަށް ފައްސިވެފައިވާކަމަށް ޓްރަމްގެ ޕާސަނަލް ސްޕޯކްސް ޕާސަން ސީ.އެން.އެން މައުލޫމާތު ދެއްވާފައި ވެއެވެ.

ގޮސިޔާ

ސްޕޯކްސް ޕާސަން އިތުރަށް ހާމަކުރައްވާފައިވާ ގޮތުގައި، ފާއިތުވި ހަފްތާ ފެށުނުތަނާހެން، ޓްރަމްގެ ދަރިކަލުންގެ ޓކިބައިން ކޮވިޑް19ގެ އަލާމަތްތަކެއް ފެނި ކޮވިޑް19 އަށް ޕޮސިޓިވް ވުމުން ވަނީ ވަކިތަނެއްގައި ކަރަންޓީނު ކުރެވިފައެވެ. މީގެ އިތުރުން ކޮވިޑް19 އަށް ސިއްޙީގޮތުން އަޅަންޖެހޭ އެންމެހާ ރައްކާތެރި ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ސްޕޯކްސް ޕާސަން ވިދާޅުވިއެވެ.

ފާއިތުވި ހުކުރު ދުވަހު ޓްރަމްޕްގެ ދަރިކަލުން އޭނާގެ އިންސްޓްރަގްރަމް އެކްއުންޓުގައި ޕޯސްޓްކޮށްފާ ވީޑިއޯގައި، މިމަޢުލޫމާތު ހިއްސާކޮށް، އެންމެހާ ރައްކާތެރި ފިޔަވަޅުތައް އަޅުއްވައި، ކަރަންޓީންވެ ވެޑައިގެންފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. ޓްރަމްގެ ދޮށީ ދަރިކަލުން ކޮވިޑް19 އަށް ފައްސިވުމުގެ ކުރިން، ފަސްޓް ލޭޑީ، މެލޭނިއާ ޓްރަމްޕް، ހަނގު ދަރިކަލުން ބެރޮން، އަދި ޗީފް އޮފް ސްޓާފް މާކް މެޑޯވްސް ކޮވިޑް19 އަށް ފައްސިވެފައި ވެއެވެ. އަދި މީގެ އިތުން ރިޔާސީ ކެމްޕެއިންގައި މަސައްކަތް ކުރެއްވި އިސް އޮފިޝަލުންވެސް ކޮވިޑް19 އަށް ފައްސިވެފައި ވެއެވެ.

ފާއިތުވި ހޮނިހިރު ދުވަހު ޓްރަމްޕް ކުރައްވާފައިވާ ޓްވީޓެއްގައިވެސް ދަރިފުޅު ކޮވިޑް19 އަށް ފައްސިވެފައިވާކަމަށް ވިދާޅުވެފައިވެއެވެ. ރިޔާސީ އިންތިހާބަށްފަހު، ވައިޓް ހައުސްގައި ބޭއްވި ޕާޓީއެއްގައި ދޮށީ ދަރިކަލުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މައުލޫމާތު ލިބޭގޮތުގައި މި ޕާޓީގައި ގާތްގަޑަކަށް 250 މެހެމާނުން ބައިވެރިވެފައި ވާއިރު، ޕާޓީގައި ބައިވެރިވި އެއްވެސް ބޭފުޅެއް ފޭސްމާސްކް އަޅުއްވާފައި ނުވެއެވެ. މިގޮތުން މިޕާޓީގެ ބައިވެރިވެ ވަޑައިގެންނެވި ބައެއް ބޭފުޅުންގެ ތެރޭގައި، ޗީފް އޮފް ސްޓާފް މެޑޯވްސް އަދި ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް ސެކްރެޓަރީ، ބެން ކާސަން އަދި ވައިޓް ހައުސްގެ ޕޮލިޓިކަލް އެފެއާޒްގެ ޑައިރެކްޓަރ ބްރިއަން ޖެކް ވަނީ ކޮވިޑް19 އަށް ފައްސިވެފައެވެ. މި ޕާޓީގައި ބައިވެރިވި ހުރިހާ ފަރާތްތައްވެސް ކޮވިޑް19 އަށް ޓެސްކުރުގެ ކަންތައް ކުރިޔަށްގެންދާކަމުގެ މައުލުމާތު ލިބެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ