އެމެރިކާގެ ރައްޔިތުން އެކަތިގަނޑަކަށް ހަދައިދީ މުޅި ދުނިޔޭގައި އެމެރިކާއަށް އޮތް އިހްތިރާމް އަލުން ހޯދައިދޭޭނުމަކި އެމެރިކާ ރައްޔިތުންނަށް ވާ ވައުދެއްކަމަށް އެެމެރިކާގެ އިންތިހާބީ ރައީސް ޖޯއި ބައިޑަން ވިދާޅުވެެއްޖެެ.
ވާދަވެރި އިންތިހާބަކަށްފަހު އުފަން ސްޓޭޓް ޑެލަވެއާގައި އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ފުރަތަމަފަހަރަށް ސަޕޯޓަރުންނާއި ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ބައިޑަން އިތުރަށް ވިދާޅުވީ އެމަނިކުފާން ވާނީ އެމަނިކުފާނަށް ވޯޓުލީ މީހުންނާއި ވޯޓު ނުލާ މީހުންގެ ވެސް ރައީސްއަކަށް ކަމަށާއި ކުރިއަށް އޮތީ އެމެރިކާ އަށް އާ ދުވަސްތަކެއް ގެނައުމުގެ ވައުދު ފުއްދުން ކަމަށެވެ.
"އަޅުގަނޑަކީ ފަޚުރުވެރި ޑިމޮކްރޭޓެއް. އެކަމަކު އަހަރެން ވެރިކަން ކުރާނީ އެމެރިކާގެ ރައީސްގެ ގޮތުގައި. އަހަރެން މަސައްކަތްކުރާން އަޅުގަނޑަށް ވޯޓު ނުދޭ މީހުންނާއި ވޯޓުން ދިން މީހުންނަށް ވެސް،" : އެމެރިކާގެެ އިންތިހާބީ ރައީސް ، ޖޯއި ބައިޑަން
ބައިޑަން ވިދާޅުވީ އެމެރިކާގައި ނުލާއި ރަތުގެ ސްޓޭޓްތަކެއް ނޯންނާނެ ކަމަށެވެ. އަދި މިއީ ޔުނައިޓެޑް ސްޓޭޓްސް އެމެރިކާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ބައިޑަންގެ ވާހަކަފުޅު ނިންމަވާލެއްވުމާއެކު ބަޑިބޭހާއި ލޭޒާ ލައިޓްގެ ޝޯއެއް ވެސް އޮތެވެ.