ޖޯ ބައިޑެން އާއި ގުޅޭ ޝައުޤުވެރިކުރުވަނިވި މަޢުލޫމާތުކޮޅެއް!

އެމެރިކާގެ ރައީސް ޑޯނަލް ޓްރަމްޕާއި ދެކޮޅަށް ވާދަކުރައްވައި، އެމިރިކާގެ 46 ވަނަ ރައީސްކަމުގެ ރޭސް ބައިޑެން ކާމިޔާބު ކުރެއްވީ، ޑިމޮކްރެޓިކް ކެންޑިޑޭޓެއްގެ ގޮތުގައެވެ. ބަރަކް އޮބާމާގެ ވެރިކަމުގައި، އެމެރިކާގެ ނާއިބުރައީސެއްގެ ގޮތުގައި ޖޯ ބައިޑެން މަސައްކަތް ކުރައްވައި ރައްޔިތުންގެ ވަރަށް ބޮޑު މަގްބޫލުކަމެއް ހޯއްދެވުމުގެ އިތުރުން، ރައްޔިތުންގެ ސަމާލުކަން ސިޔާސީ ކެރިއަރގައި ދިގުމުއްދަތަކަށް ހޯއްދެވިއެވެ.

1942 ވަނަ އަހަރު އެމެރިކާގެ ޕެންސިލްވީނިއާއަށް އުފަން، އަދި އުމުރުން 77 އަހަރުގައި އެމެރިކާގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވި، ބައިޑެން އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހަށް ފުރަތަމަ ފަހަރަށް އިންތިޚާބުވެ ވަޑައިގެންފައި ވަނީ 1972 ވަނަ އަހަރުގައެވެ. އަދި އެއަށްފަހު އަލުން އިންތިޚާބުވެ، އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ޖުމްލަ 6 ދައުރު އަދާކުރައްވައި، އޭނާގެ ސިޔާސީ ކެރިއަރގެ 36 އަހަރު، އެމެރިކާގެ ޤާނޫނު ހެދުމުގެ މަސައްކަތުގައި ހޭދަކުރެއްވިއެވެ.

ބައިޑެން މީގެ ކުރިން ދެފަހަރަކަށް އެމެރިކާގެ ރިޔާސީ ރޭހަށް ނުކުމެ ވާދަކުރެއްވިއެވެ. މިގޮތުން، 1988 ވަނަ އަހަރުގައި ރައީސްކަމަށް ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓްގައި، ޕްރައިމަރީގައި ވާދަކުރައްވައި، ބަލިވެ ވަޑައިގެންނެވިއެވެ. އަދި ދެވަނަ ފަހަރަށް 2008 ގައި އަލުން ޑިމޮކްރެޓިކް ޓިކެޓުގައި އޮބާމާއެކު، އޮބާމާގެ ނާއިބުރައީސްގެ ގޮތުގައި ވާދަކުރައްވައި އިންތިހާބު ކާމިޔާބު ކުރެއްވިއެވެ. ދެދައުރުގައި އޮބާމަގެ ނާއިބު ރައީސްގެ ގޮތުގައި ބައިޑެން އެމެރިކާއަށް ޚިދުމަތްކޮށްދެވިއެވެ. މި މުދަތުގައި ބައިޑެން ރައްޔިތުންގެ މަޤްބޫލުކަން ހޯއްދަވާފައިވެއެވެ. ހަމައެކަނި ނާއިބު ރައީސެއްގެ ގޮތުގައި ނޫނެވެ. އޮބާމާގެ ރިޔާސަތުގައި ވަރަށްބޮޑަށް ރައިސްއާއި ގުޅުން ބާއްވައިގެން، ވެރިކަން ހިންގުމަށް ބުރަމަސައްކަތް ކުރެއްވި، ބޭފުޅެއްގެ ގޮތުގައި އެދުވަސްވަރުގައި ނޫސްތަކާއި އިންޓަނެޓްގައި ބައިޑެން މަޝްހޫރުވެ ވަޑައިގެންފައިވެއެވެ.

ރައްޔިތުންނަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެވުނު ކަމުގައި ވިޔަސް، އެމީހެއްގެ މަސައްކަތުގެ އަގު ރައްޔިތުން ވަޒަންކުރާކަން ނުވަތަ މަސައްކަތް ބަލައިގަންނަ މިންވަރު ދެނެގަތުމަކީ ވަރަށް އުދަނގޫ ކަމެކެވެ. މިހިސާބުން ޖޯ ބައިޑެން އާއި ގުޅޭ ގިނަ މީހުންނަށް ނޭނގޭ 11 ކަމެއް ހިމަނާލަމެވެ.

  1. ބައިޑެން އަކީ އޭނާގެ ހައި ސްކޫލް ޓީމުގެ ކުޅުންތެރިއެކެވެ. 1960 ގައި މިޓީމަކީ އާދަޔާ ޚިލާފަށް މޮޅު އަދި އެއްވެސް ސްކޫލް ޓީމަކަށް ބަލި ނުކުރެވުނު ޓީމެއް ކަމުގައި ވެއެވެ.
  2. "ޖާމަން ޝެފަރޑް" ނަސްލުގެ ދެ ކުއްތާ، "ޗޭމްޕް" އަދި "މޭޖަރ" ނަންދެވިފައިވާ ދެ ކުއްތާ ބައިޑެން ގެންގުޅުއްވައެވެ.
  3. ބައިޑެންގެ ކާރުތަކުގެ ތެރެއިން ބައިޑެން އަށް އެންމެ ގަޔާވާ ކާރުކަމުގައި ވަނީ "67 ކޯވެޓް ސްޓިންގ ރޭ" މޮޑެލްގެ ވަރަށް ބޮޑު ކާރެކެވެ. މިއީ، ބައިޑެންއަށް އޭނަގެ ބައްޕަ ދީފައިވާ ކާރެކެވެ.
  4. އަންހެނުންނަށް ކުރެވޭ އަނިޔާތަކާއި ގުޅޭ އެމެރިކާގެ ޤާނޫނު ލިޔެފައިވަނީ ބައިޑެންއެވެ. ބައިޑެންގެ މިމަސައްކަތައް ވަރަށް ބޮޑު މަޝްހޫރުކަމެއް ލިބިވަޑައިގެންނެވިއެވެ.
  5. 1972 ވަނަ އަހަރުގެ ޑިސެމްބަރުގައި މަގުމަތީގައި ހިނގި ކާރު އެކްސިޑެންޓެއްގައި އޭރުގެ އަނބިކަނބަލުން ނީލިއާ އަދި އެއް އަހަރުގެ އަންހެން ދަރިފުޅު އޭމީ ވަނީ މަރުވެފައެވެ. ބައިޑެން ދެ ފިރިހެން ދަރިކަލުން ބިއު އަދި ހަންޓާ އަށްވެސް ވަރަށް ބޮޑެތި އަނިޔާތަކެއް މި އެކްސިޑެންޓުގައި ލިބުނެވެ. މި ހިތާމަވެރި ހާދިސާ ހިގި އަހަރު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ހޮވިފައި ވީނަމަވެސް، ވޮޝިންގްޓަންއަށް ބަދަލުވުމުގެ ބަދަލުގައި، މަޖިލީހުގެ ޖަލްސާތައް ނިންމުމަށްފަހު ރޭލުގައި ދިގު ދަތުރު ހޭދަކޮށް ޕެންސިލްވޭނިއާ އަށް ދަތުރުކޮށް ދަރީންގެ ކައިރީގައި ގިނަ ވަގުތު ހޭދަކުރެއްވިއެވެ.
  6. ދަރިފުޅު އަދި އަންހެނުން މަރުވުމުގެ ހިތާމަވެރި ހާދިސާއަށް ފަހު، ޤާނޫނު ހަދާ މަޖިލީހަށް ހޮވި ވަޑައިގެން، ޤާނޫނީ ހުވާ ކުރައްވަންޖެހި ވަޑައިގަތީ، ހޮސްޕިޓަލުގައި، ދެފިރިހެން ކުދިންގެ ބަލި އެދު ކައިރީގައެވެ.
  7. ބައިޑެން ބޮޑުފުޅުވެގެން އައިސްފައިވަނީ ޖާމަން އަދި އިނގިރޭސި ކޮމިއުނިޓީއެއްގައެވެ. މިކޮމިއުނިޓީއަކީ ޕޮއެޓްރީ ނުވަތަ އަދަބިއްޔާތަށް ކުރިއަރާފައިވާ ބައެއް ދިރިއުޅުނު ކޮމިއުނިޓިއެއް ކަމުން، ބައިޑެންގެ ޕަބްލިކް ސްޕީކިންގ ނުވަތަ ވާހަކަ ދެއްކުމުގެ ހުނަރު މޮޅެވެ.
  8. ބައިޑެން އަކީ އެމެރިކާގެ ތާރީޚުގައި ޤާނޫނު ހަދާ މަޖިލީހަށް އެންމެ ހަނގު މީހެއްގެ ގޮތުގައި ފުރަތަމަ ހޮވިވަޑައިގެންނެވި ބޭފުޅާއެވެ. އޭރު ބައިޑެންގެ އުމުރުފުޅަކީ 29 އަހަރެވެ. އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރަކަށް ވުމަށް ޤާނޫނު ބުނާ އުމުރު ހަމަވީ، 30 އަހަރު ހަމަވީ ހުވާކުރި އިރުއެވެ.
  9. އެމެރިކާގެ ރައީސް ޖޯން އޮފް ކެނެޑީއަށް ފަހު އެމެރިކާގެ ވެރިކަމަށް އަންނަ ދެވަނަ ކެތަލިކް ރައީސަކީ ބައިޑެންއެވެ.
  10. އެމެރިކާގެ ކުރީގެ ރައިސް ބަރަކް އޮބާމާގެ އެޑްމިނިސްޓްރޭޝަންގައި، ނާއިބް ރައިސްގެ ގޮތުގައި، 8 އަހަރު އެމެރިކާގެ ވައިޓް ހައުސްގައި ހޭދަކުރެއްވުމުގައި، އޮބާމާ އަދި ބައިޑެންގެ ބުރަ ޝެޑިއުލްއިން ވަގުތު ހޯއްދަވައިގެން، މަދުވެގެން ހަފްތާއަކު އެއްފަހަރު މެންދުރުގެ ކެއުން ދެބޭފުޅުން އެކުގައި ނަންގަވައެވެ.
  11. ޖޯ ބައިޑެން އައިސްކްރީމް ހިއްޕެވުމަށް ލޯބި ކުރައްވައެވެ. ބައިޑެންއަށް އެންމެ ކަމުދާ އައިސްކްރީމް ފްލޭވަރ އަކީ ޗޮކްލެޓް ޗިޕް އެވެ.
ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް