
124712005_194110035503531_2284497810363862360_o
ރާއްޖޭގައި ފަށާފައިވާ ސްޕޭސް ޕްރޮގްރާމްގެ ދަށުން ކުޑަކުދިން ތަމްރީން ކުރަން އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ނިންމައިފި އެވެ.

އެ ތަމްރީން ޕްރޮގްރާމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ، ކެނޭޑިއަން ސްޕޭސް އޭޖެންސީ އާ ގުޅިގެން ހިންގާ އެ ޕްރޮގްރާމުގައި އެސްޓްރޮނޯޓުންނަށް ވުމަށް ބޭނުންވާ ގްރޭޑް 7،8،9 ގެ ދަރިވަރުންނަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ޕްރޮގްރާމުގައި ބައިވެރިވެވޭނީ އައިޖީއެސްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށެވެ. ރިއްފަތު ވިދާޅުވީ، ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް އިތުރު ތަމްރީނު ދިނުމުގެ ގޮތުން އެމެރިކާގެ ޖައްވީ އިދާރާ ނާސާ އަށް ގެންދާނެ ކަމަށާއި ޕްރޮގްރާމް ފުރިހަމަ ކުރާ ދަރިވަރުންނަށް ކެނޭޑިއަން ސްޕޭސް އޭޖެންސީގެ ސެޓްފިކެޓެއް ދޭނެ ކަމަށެވެ.
އަދި ވިދާޅުވީ، މި ޕްރޮގްރާމްގެ އެހީގައި ކުދިންނަށް މައުލުމާތު ދިނުމާއި އަމަލީ ގޮތުން މިކަން ހިނގާ ގޮތް އެނގި ރާއްޖޭގައި އެސްޓްރޮނޯޓުން އުފެއްދުމަށް އެޅޭ ބިންގަލަކަށް ވާނެ ކަމަށެވެ.