logoEN
cocacola
ކޮމީޑިއަން ބާރްތީގެ ގެއިން މަސްތުވާތަކެތި ހޯދައިފި

ކޮމީޑިއަން ބާރްތީގެ ގެއިން މަސްތުވާތަކެތި ހޯދައިފި

އަޙްމަދު ޖަމީލު

logo

11/21/2020, 2:51:14 PM

Bharti_Singh_Instagram

ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން، ބާރްތީ ސިންގް ގެ ގެއިން މަސްތުވާތަކެތި ހޯދައިފިއެވެ.

ގޮސިޔާ

އެ ގެއިން މަސްތުވާތަކެތި ފެނިފައިވަނީ އިންޑިއާގެ އެންސީބީއިން އޭނާގެ ގެ ބަލައި ފާސްކުރުމުގެ ތެރޭގައެވެ. އިންޑިއާ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެގެއިން ފެނިފައިވަނީ ކެނެބިސްގެ ކުޑަ އެތިކޮޅެކެވެ. މިކަމާ ގުޅިގެން އޭނާއާއި އޭނާގެ ފިރިމީހާ ވަނީ އެންސީބީއަށް ޙާޒިރުކޮށްފައެވެ.

ބޮލީވުޑް ތެރޭގައި އޮތް މަސްތުވާތަކެތީގެ މައްސަލަ ފެންމަތިވެފައި ވަނީ ސުޝަންތް ސިންގ ރާޖްޕުތްގެ ކުއްލި މަރަށްފަހު ފެށި ބޮޑު ތަހުގީގުންނެވެ.

މީގެ ކުރިން މި މަހުގެ ކުރީކޮޅު އަރްޖުން ރާމްޕަލްގެ ގެވެސް ބަލާ ފާސްކޮށް، އޭނާއާ ލޯބިވެރިޔާއާ އެންސީބީން ވަނީ ސުވާލުކޮށްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އަރްޖުންގެ ލޯބިވެރިޔާ އާ ދެ ދުވަސް މަތިން ސުވާލުކޮށްފައި ވެއެވެ. އަދި އަރްޖުން އާއި ހަ ގަޑިިއިރު ވަންދެން ސުވާލުކޮށްފައި ވެއެވެ. އަދި އަރްޖުން ވަނީ އެގެއިން ފެނުނު މަސްތުވާތަކެއްޗަކީ އޭނާ ބޭނުން ކުރާ ބޭހަކާއި ގުޅުންހުރި މަސްތުވާތަކެތި ކަމަށް ބުނެފައެވެ.

މީގެ ކުރިންވެސް އެންސީބީން ވަނީ ބޮލީވުޑް ތެރޭގައި އޮތް މަސްތުވާތަކެތީގެ މައްސަލައެއްގައި ގިނަބަޔަކާއި ސުވާލުކޮށް، ބައެއް މީހުން ހައްޔަރުވެސްކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ