ދުނިޔޭގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއަށް ދޭ ގޯލްޑަން ބޯއީ އެވޯޑް މި އަހަރު ބުރޫޝިއާ ޑޯޓްމުންޑްގެ ނޯވޭގެ ފޯވަޑް އާލިންގް ބަރައުޓް ހާލޭންޑް ހޯދައިފި އެވެ.
"ޓުޓޫ ސްޕޯޓްސް" ކިޔާ ކުޅިވަރު ނޫހަކުން ދޭ އެވޯޑް، މި އަހަރު ހާލޭންޑަށް ދޭން ނިންމީ ވަރުގަދަ ވޯޓިން ސިސްޓަމްގެ ތެރެއިން އެންމެ ކުރި އޭނާއަށް ލިބުމުންނެވެ.
އޭނާގެ ލަނޑު ޖެހުމުގެ ރޭޓް އުޅެނީ ކުރީގަ އެވެ. ނޯވޭގެ ގައުމީ ޓީމަށް ކުޅުނު ހަތް މެޗުގައި އޭނާ ވަނީ ހަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.
ގޯލްޑަން ބޯއީ އެވޯޑް މީގެ ކުރިން ހޯދި ކުޅުންތެރިންނަކީ 2017 ގައި ހޯދި ކިލިޔަން އެމްބާޕޭ، 2018 ގައި އެވޯޑް ހޯދި ޑިލިޓް އަދި 2019 ގައި ހޯދި ޔޯއާ ފެލިކްސް އެވެ.
Post Views: 190