logoEN
ކޮކާކޯލާ
ހުނަރުން ފުރިގެންވާ ޒުވާނުން, ބޭނުންވަނީ ކުޑަ އެހީތެެރިކަމެއް

ހުނަރުން ފުރިގެންވާ ޒުވާނުން, ބޭނުންވަނީ ކުޑަ އެހީތެެރިކަމެއް

ހުސައިން އަހްމަދު

logo

11/21/2020, 3:57:11 PM

IMG_6668

ރަށެއްގެ މަލަމަތިން ބަލާލި ކޮންމެެ ދިމާލަކުން ފެެެންނަނީ ހުނަރުން ފުރިގެންވާ ޒުވާނުންނެެވެ. މޮޅެތި ފޮޓޯ ނެގުންތެެރިންނާއި ވީޑިއޯ ނެގުންތެރިންނެވެެ. ގްރެެފިކްސް ޑިޒައިނަރުންނާއި ވެބްސައިޓް ޑިޒައިންރުންނެވެެ. ލިއުންތެރިންނާއި ކުރެެހުން ތެރިންނެެވެެ. ވާހަކަދެެއްކުން ތެެރިންނާއި ހުށަހެެޅުން ތެެރިންނެެވެ. އައިޓީގެެ މަސައްކަތް ތެރިންނާއި މިއުޒިކް ކުޅޭމީހުންނެެވެެ. މިއިން ކޮންމެ ޒުވާނަކުވެސް އެެދި އެެދި ތިބީ ފުރުސަތަކަށެެވެެ. ކުޑަކުޑަ އެހީތެރިކަމަށެެވެ.

އަބުޅޯ

ކުރިޔަށްދާން ބޭނުންވެފަތިބި ޒުވާނުންނަށް ގިނަ ފަހަރު ހުރަހަކަށް ވަނީ މަސައްކަތް ކުރާނެ މާހައުލެެއް ނެެތުމެވެެ. ނޫނީ އެކަށީގެެންވާ ވަރަށް ފައިސާނެތުމެވެެ. މިފަދަ ޒުވާނުންނަށް އެހީތެރިކަމެެއް ދީފި ނަމަ ގިނަ ފަހަރު ތަފާތު ދައްކާލައެވެ. ރަށެއްގަ ތިބި މިފަދަ ހުނަރުން ފުރިގެންވާ ޒުވާނުންނަށް އެެއްޖަމާއަތެއް ގޮތުގައި އެއްފުރާޅެއްގެ ދަށުން މަސައްކަތް ކުރެވޭނެެ ފުރުސަތުތަކެއް ހޯދައިދީފި ނަަމަ އެރަށެއްގެ ކުރި އެރުމަށް އިންޤިލާބީ ބަދަލެއް ފެނިގެންދާނެ ކަން ޔަޤީނެވެ.

ދެެރައީ މިފަދަ ޒުވާނުންގެ އަތުގައި ހިފާނެ ބައެއް މިއަދު ނެެތުމެވެ. ވިޔަފާރި ވެެރިން އިންތިހާއަށް ގިނައެެވެެ. ކޮންމެ މީހަކުވެސް ބަލަނީ އަމިއްލަ ވިޔަފާރި ކުރިއެެރުވޭޭތޯއެެވެ. އެހެން މީހަކަށް ކަމެއް ކޮއްދީފިނަމަ ތިމާއަށް ވުރެން އެމީހަކު ކުރިއަރާ ގޮސްދާނެކަމުގެެ ބިރު އޮތުމަކީ އިންސާނީ ފިތުރަތެެވެެ. ދެރައީ މީހަކަށް ލިބޭ ކުރިއެެރުމުން ތިމާއަށް ގެއްލޭނެެ އެއްޗެއް ނެތްކަން ނުވިސްނުމެވެ. މީހަކަށް ނުވަތަ ބަޔަކަށް ކަމެއްގަ ކުރިޔަށްދާން މަގު ކޮށާދިނުމަކީ އެކަމުގެ ދަރުމަޔާއި ސަވާބު ތިމާއަށް ލިބޭނެ ކަން ކަށަވަރެވެ. ހަމައެެކަނި މިސަބަބައްޓަކައިވެސް ބަޔަކަށް ކުރިޔައްދާން މަގުކޮށާދިނުން ކީއްތޯއެވެ.

ގިނަފަހަރު ދެތިން ޒުވާނަކު އެެއްވެލާފަ ފައްޓާ މަސައްކަތެއް ދަނީ މުޅިގައުމުގެ އެންމެނަށް އިންްގިލާބީ ބަދަލުތައް ގެެނެސްދީފައެެވެ. ބަޔަކު ކުރިއަރާދިއުމުން އެެވާހަކަ ދައްކަން އަހަރުމެން އެންމެންވެސް ވަރައް ފޯރި ހުރެެއެެވެެ. އެެއިން ކޮންމެ ކަމެއްވެސް ވަނީ ކޮންމެވެސް ބައެއްގެެ އެހީތެރިކަން ލިބިގެެންނެވެ. ކޮންމެެވެސް ބަޔަކު އެ ހުނަރުން ފުރިގެންވާ ޒުވާނުންގެެ ހުނަރު ކުރިއަރުވާދޭޭން މަސައްކަތް ކުރީމައެވެެ. އެހީތެރި ކަމެއް ފޯރުކޮއްދޭޭން ބޭނުން ވަނީ ފައިސާއިން ފުރިފައިވާ އެކައުންޓެެއްނޫނެވެެ. އިޙްލާސްތެެރި ދީލަތި ހިތެއްގެ ވެރިޔެެކެވެެ.

ރައްރަށުގައި ތިބި ކަންވޮށިގެން ވާ މީހުންނާއި ވިޔަފާރިވެރިން މިއަދު ވިސްނަން ނުވޭ ހެއްޔެވެ. ތިޔައިން ކޮންމެެ މީހަކު ތިހާހިސާބައް އައީވެސް ކޮންމެވެސް ބައެއްގެ އެހީތެރިކަމާ އެެކުގަކަން ޔަގީނެވެެ. މިއަދު ތިބޭފުޅުން އެހީތެރިކަމެއް ދީފި ނަމަ ތަފާތުދައްކާ ރަށައް ކުރިއެރުން ހޯދައިދޭނެ އެތަކެއް ޒުވާނަކު ތިތިބީ ތިބޭފުޅުންގެެ އިންތިޒާރުގައެވެެ. ނިކަން ތެެދުވެ މިއިން ހުނަރުވެރި ޒުވާނެއްގެ އަތުގައި ހިފާ އެހުނަރު ކުރިއަރުވަން މަސައްކަތް ކޮއްލަބަލާށެވެ. އެކަމުގެ ސަބަބުން ފައިދާވެެގެން ދާނީ ހަމައެެކަނި އެޒުވާނާއަކަށް ނޫނެވެެ. ތިބޭފުޅުންނާއި ތިބޭފުޅުންގެ ރަށައް އެެކަމުގެެ ކުރިއެެރުން ފެނިގެން ދާނެއެެވެ.

ކޮންމެ ރަށެެއްގައިވެސް ތިބި މިފަދަ މޮޅު ހުނަރުވެެރި ޒުވާނުން މި ލިއުމުގައި ޓެެގް ކޮއްލަ ބަލާށެވެ. އަދި މިފަދަ ޒުވާނުންނަ އެހީތެރިވަމުންދާ މީހުންނާއި އެހީތެެރިކަން ފޯރުކޮއްދެވޭ ވަރު މީހުން ޓެގް ކޮއްލާށެވެެ.

ރަށެއް ގައުމެއް ކުރިއަރާދާނީ އެތަނެެއްގައި އުޅޭޭ ޒުވާނުންނަށް ކުރިއެރުން ލިބިގެެންނެވެ. އެ ޒުވާނުންގެ ހުނަރު ދައްކާލެވޭނެ ފުރުސަތު ލިބުނީމައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ