logoEN
ޕީއެންސީ 2
މި ސިފަތަށް ހުރި "ބޮސް" އެއްގެ ދަށުން މަސައްކަތްކުރުން ރަނގަޅެއް ނޫން!

މި ސިފަތަށް ހުރި "ބޮސް" އެއްގެ ދަށުން މަސައްކަތްކުރުން ރަނގަޅެއް ނޫން!

އަޙްމަދު ޖަމީލު

logo

11/13/2020, 7:15:17 PM

# މަޢުލޫމާތު

bad boss vazeefa

އަޅުގަނޑުމެން ކޮންމެ މީހަކުވެސް ވަޒީފާ އަދާކުރާއިރު އެންމެ ބޮޑަށް ބަލާނީ ވަޒީފާގެ މާހައުލުގައި ތިމާ މީހާ ގެ ވެރިޔަކަށް ހުންނަ މީހާ ނުވަތަ "ބޮސް" ހިތްހަމަ ޖައްސައިގެން މަސައްކަތް ކުރެވޭތޯއެވެ. ނަމަވެސް ބައެއް ފަހަރު ކިތައްމެ ރަނގަޅަށް މަސައްކަތް ކުރި ނަމަވެސް ވެރިޔަކަށް ހުންނަ މީހާގެ ރުހުން ނުލިބޭ ފަހަރު އާދެއެވެ. މީގެ ސަބަބުން ވަޒީފާ އަދާކުރަން ކިތަންމެ ބޭނުންވިޔަސް، ވަޒީފާގެ މާހައުލު މަތިން ފޫހިވެ ވަޒިފާއިން ވަކިވާ ހިސާބަށްވެސް ކަންތައްދެއެވެ. އަދި އަމިއްލަ ނަފްސު ކުށްވެރިކޮށް މަސައްކަތަށް ގާބިލު ނޫން ކަމަށް ނިންމާ، މުޅި އުމުރަށް ވެސް މަސައްކަތުގެ ދާއިރާ މަތިން ފޫހިވާ މީހުން ގިނައެވެ.

ޝަރީ 2024

ނަމަވެސް، ގިނަ ފަހަރު އަހަރުމުންގެ ތެރެއިން ގިނަ މީހުން ވަޒީފާއިން ވަކި ވެގެން ނުވަތަ، ވަޒީފާ މަތިން ފޫހި ވެގެން ދަނީ އެމީހެއްގެ ވެރިޔަކަށް ހުންނަ މީހެއްގެ ވަރަށް ބޮޑު އިހުމާލެއް އޭގައި އޮވެގެންނެވެ.

އޮފީހުގެ ވެރިޔަކަށް ނުވަތަ "ބޮސް" އަކަށް ހުންނަ މީހާ ތިމާގެ މަސައްކަތާއި މެދު ހިތްހަމަ ނުޖެހޭ ހެން ހީވާނަމަ، ތިރީގައި މިވާ ސިފަތަށް އެ މީހެއްގެ ގައިގައި ހުރި ތޯ ބަލާށެވެ. ފަހަރުގައި މައްސަލައަކީ "ބޮސް" ކަމަށް ވެސް ވެދާނެއެވެ.

1. މުވައްޒަފުންނަށް އިތުބާރު ނުކުރުން.

މުވައްޒަފުންނަކީ ކޮންމެ އިދާރާއެއް، ވިޔަފާރިއެއްގެ ވެސް އަދި އެހެން ތަނެއްގެ ވެސް މައި ތަނބެވެ. އެހެން ކަމުން ތަނުގެ ވެރިޔަކަށް ހުންނަ މީހަކު މަސައްކަތުގެ ކަންކަމުގައި އެ މުވައްޒަފެއްގެ ފަރާތުން އިތުބާރު ގެއްލޭ ކަމެއް މެދުވެރި ނުވަނީސް، މުވައްޒަފަކަށް ނުވަތަ މުވައްޒަފުންނަށް އިތުބާރު ނުކުރުމަކީ ވެރިޔަކަށް ހުންނަ މީހެއްގެ ވަރަށް ނުރަނގަޅު ސިފައެކެވެ.

2. އެހެން މީހުންގެ މަސައްކަތުގެ ރީތި ނަން ހޯދުން.

ރަނގަޅު ވެރިޔެއް ނަމަ އެހެން މީހުން ލައްވާ މަސައްކަތް ކުރުވާއިރު ވީހާވެސް ގަތުން އެކަންތަށް ބަލާ ދެވެން އޮތް އެހީއެއް ދޭނެއެވެ. އަދި ރަނގަޅު ނަތީއްޖާއެއް އެ މަސައްކަތުން ލިބުނަސް އަދި ނުލިބުނަސް އޭގެ ޝުކުރާއި ފޮނި މީރުކަން މުވައްޒަފުންނަށް ދޭނެއެވެ. އެއާއި ޚިލާފަށް ނުރަނގަޅު ވެރިޔެއް މުވައްޒަފަކާއި މަސައްކަތެއް ހަވާލު ކޮށްލުމަށް ފަހު ދެން ބަލާނީ ވަގުތު ޖެހުމުން މަސައްކަތް ނިމުނުތޯއެވެ. އަދި އޭގެ ނަތީއްޖާ ފޮނި ވެއްޖެނަމަ އެ އިދާރާ އެއް ނުވަތަ އެ ވިޔަފާރިއެއްގެ މޮޅު ވާހަކަ ދައްކާނެވެ. އެކަމުގެ މެޑަލް "ބޮސް" ގެ މޭ މަތީގައި ޖަހާއިރު އެ މަސައްކަތެއްގެ ނަތީއްޖާ ހިތި ވެއްޖެއްޔާ މުވައްޒަފުން ވަރަށް ބޮޑަށް ކުއްވެރިކޮށް ވާހަކަ ދައްކާނެއެވެ.

3. މުވައްޒަފުންގެ ވާހަކަ އަށް ސަމާލުކަން ނުދިނުން.

މިއީ ވަރަށް ގިނަ މީހުންގެ ގައިގައި ހުންނަ ނުރަނގަޅު ސިފައެކެވެ. ތިމާ މީހާއަށް ވުރެ މަގާމުގެ ގޮތުން ނުވަތަ ހައިސިއްޔަތުގެ ގޮތުން ދަށް މީހުންގެ ވާހަކަ އަށް މާބޮޑު ސަމާލު ކަމެއް ނުދެވޭ މީހުން މި ރާއްޖޭގައި ވަރަށް ވެސް ގިނައެވެ. ނަމަވެސް ވެރިއަކަށް މީހަކު އައްޔަން ކުރެވޭއިރު އެމީހެއްގައި ގައިގައި އެހެން މުވައްޒަފުންނެކޭ ތަފާތު އެތައް ކަންތައްތަކެއް ހުންނަން ޖެހެއެވެ. ބައެއް ފަހަރު ވެރިޔަކަށް ހުންނަ މީހާ އަކީ އެމަސައްކަތުގައި ގިނަ އަހަރުތަކެއް ވަންދެން އުޅެ ތަޖުރިބާ ހުރި އިލްމީ ބޭފުޅަކަށް ވާތީ، އާދައިގެ މުވައްޒަފު މީހާ އަށް އޭނާ އަށް ވުރެ ބޮޑަށް ކަންކަން ނޭނގޭނެ ކަން ގަބޫލު ކުރާ ވެރިންނާއި އެކު މާ ގިނަ ދުވަހު މަސައްކަތް ކުރުމަށް އުނދަގޫ ވާނެއެވެ. ފަހަރުގައި އާދައިގެ މީހެއްގެ ވާހަކަ އަޑު އަހާލަން ވަގުތު ކޮޅެއް ހުސްކޮށްލުމަކީ ވެރިޔަކަށް ހުންނަ މީހަކަށް ވަރަށް ވެސް ހުތުރު ކަމެއް ކަމަށް ހީވެދާނެއެވެ. ނަމަވެސް ވެރިޔަކަށް ހުންނަ މީހާގެ ޚިޔާލަށް ވެސް ނުގެނެވޭ ވަރުގެ އުކުޅުތަށް އާދައިގެ މުވައްޒަފު މީހާ އަށް އައިސްދާނެއެވެ. ދުނިޔޭގެ އެކި ހިސާބު ތަކުގައި މި ގޮތަށް އަމަލު ކުރި މީހުންނަށް ވަނީ ހީވެސް ނުކުރާހާ ފޮނި ރަނގަޅު ނަތީއްޖާތަކެއްވެސް ލިބިފައެވެ.

4. މުވައްޒަފުނަކީ މި ދުނިޔޭގައި އެހެން ކަމެއް ކުރަން ޖެހޭ ބައެއް ކަމަށް ގަބޫލު ނުކުރުން.

ވެރިޔާ ބޭނުން ގޮތަކަށް މުވައްޒަފު ލައްވައި ބޭނުން މަސައްކަތެއް ކުރުމުގައި މުވައްޒަފުގެ ސައުވީސް ގަޑިއިރު ހޭދަކޮށްލެވިދާނެ ކަމަށް ބައެއް ވެރިން ގަބޫލު ކުރެއެވެ. ރާއްޖޭގައި ވެސް މިގޮތަށް އަމަލު ކުރި ޒަމާނެއް މިހާރު ވަނީ ފާއިތުވެ ގޮސްފައެވެ. އެއިރު ވެރިންގެ ގޭގެ ކަންކަމުގެ އިތުރުން ދަރިންގެ ކަންކަން ވެސް ބަލަހަޓަމުން އަންނަނީ އެ ވެރިއެއް މަސައްކަތް ކުރާ އޮފީހެއްގެ މުވައްޒިފުންނެވެ. ނަމަވެސް މިއަދު ކަން ހިނގާ ގޮތް ތަފާތެވެ. އެހެނަސް ތަނުގެ ވެރިޔާ ބުނާ ކޮންމެ ވަގުތަކު ބުނި ކޮންމެ ކަމެއް މިހާރުވެސް ކުރަމުން ދެއެވެ. އެއީ އެ މުއައްޒަފަކު އެ ތަނަކަށް ހުންނަ ލޯތްބެއްގެ ބޮޑުކަމުން ކަމެއް ނުވަތަ ވެރި މީހާ ބުނީތީ ކުރާ އިޚްތިރާމެއްގެ ސަބަބުން ކަމެއް ނޭނގެއެވެ. އިނގޭހާ ވެސް ކަމަކީ އެއްވެސް މީހަކު އެމީހެއްގެ ހުސްވަގުތުގައި އަނބި/ފިރިން ދަރިން ކައިރީގައި ހުރެފައި އެހެން މީހެއްގެ މަސައްކަތަށް ދާން ހިތް އެއްބަސް ނުވާނެ ކަމެވެ.

"ބޮސް" އަށް މުވައްޒަފު މީހާގެ ވަގުތު އެއީ މުހިންމު އެއްޗެއްކަން ނޭނގޭ ނަމަ އެންމެ ރަނގަޅު ގޮތަކީ އަވަހަށް އެ ވަޒީފާ ދޫކޮށް އިތުރު ގޮތެއް ހޯދުމުވެ. އެހެން ނޫނީ ކޮށި ދަނޑާއި ފުރޯ ވެސް ގެއްލިގެން ދިޔުން ގާތެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ