logoEN
ކޮކާކޯލާ
ވަންސައިޓް - މިރާން އާއި މިރާޝްގެ މޮޅު ހުނަރެއް!

ވަންސައިޓް - މިރާން އާއި މިރާޝްގެ މޮޅު ހުނަރެއް!

އަޙްމަދު ޖަމީލު

logo

11/21/2020, 1:31:24 PM

9870FD7F-DBDA-4147-8571-B6E3472586EC

ރާއްޖޭގެ މި ކުޑަ އާބާދީގައި ފޮޓޯ ނަގައި އުޅޭ މީހުން ވަރަށްވެސް ގިނައެވެ. މީސްމީޑިއާ ހުޅުވާލާ އިރަށް ދިވެހި ފޮޓޯ ގްރަފަރުން ނަގާފައި ހުންނަ ރީތި ފޮޓޯ ތައް ނުފެންނަ ފަހަރެއް ނާދެއެވެ. ނަމަވެސް ގދ.މަޑަވެއްޔައް އުފަން އަހުމަދު މިރާޝް ނާޝިމް އާއި މުހައްމަދު މިރާން ނާޝިމް ގެ ވިސްނުމާއި އެ ދެމީހުންގެ ފޮޓޯތައްވެސް ވަރަށް ތަފާތެވެ. އަޖައިބު ކުރުވަނިވި އެތައްކަމެއް އެ ފޮޓޯ ތަކުން ދައްކައިދެއެވެ. އެއީ އެ ދެ މީހުންގެ ހަމަ އެކަނި ކެމެރާގެ މޮޅުކަމަކުން ނޫންކަން އެ ފޮޓޯތައް ބަލާލާ ކޮންމެ މީހަކަށް އެނގި ޔަގީންވާނެވެ.

އަބުޅޯ

ފޭސްބުކްގައި ވަންސައިޓްގެ ނަމުން ނަން ދީގެން ހިންގަމުން އަންނަ ޕޭޖަށް ބަލާލުމުން ތަފާތު ކޮންސެޕްޓަކެއްގެ ފޮޓޯތައް ފެނިގެންދާނެ އެވެ. ދިވެހިވަންތަ މަންޒަރުތަކެއް ދައްކުވައިދޭ ރީތި ފޮޓޯ ތަކެކެވެ. ފެނިގެން ދަނީ ފޮޓޯގްރަފީގެ އިތުރުން އެޑިޓް ކުރުމުގެ މޮޅު ހުނަރެވެ.

މިރާޝް އާއި މިރާން އަކީ އެއްމާބަނޑު ދެކުދިންނެވެ. އެހެންގޮތަކަށް ބުނާނަމަ ޓްވިންސެކެވެ. ގދ.މަޑަވެއްޔަން އުފަން އުމުރުން އެންމެ 18 އަހަރުގެ މި ދެ ޒުވާނުންގެ ފޮޓޯގްރަފީގެ މަސައްކަތް ފެށުނީ 2016 ވަނަ އަހަރުއެވެ.

undefined

މި ދާއިރާއަށް މިރާޝް އާއި މިރާން ގެ ޝައުގުވެރިކަން އުފެދުނީ ސްކޫލް ދައުރުގައި ސްކޫލުގެ ބައެއް ހަރަކާތްތަކުގެ ފޮޓޯތަކާއި ވީޑިއޯތައް ނަގަން ފެށިފަހުން ކަމަށް އެ ދެމީހުންވެސް ގަބޫލު ކުރެއެވެ.

undefined

"2015 ވަނަ އަހަރު ހިސާބުގަ ފުރަތަމަ މި ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ. މިރާން އާއި ދެމީހުން ސްކޫލުގެ ބައެއް އިވެންޓްތަކާއި އެހެން ބޭނުންތަކަށް ފޮޓޯ އާއި ވީޑިއޯ ނަގާ އުޅެންފެށުމުން އަސްލު އިންޓްރެސްޓް އުފެދުނީ" ވަން ސައިޓް އުފެދުނު ގޮތް “ގާފަށް” ކިޔައިދެމުން މިރާޝް ބުންޏެވެ.

ފޮޓޯގްރަފީ އަށް ހުންނަ ޝައުގެއްގެ ބޮޑުކަމުން 2017 ވަނަ އަހަރު މި ދެކުދިންގެ ބައްޕަގެ ފަރާތުން ހަދިޔާއަކަށް ޑްރޯންއެއް ލިބުނެވެ. މި ޑްރޯން ވެގެން ދިޔައީ ހުވަފެނުގައި ކުލަ ޖައްސައިދިން އެއްޗެއްގެ ގޮތުގައި މިރާޝް ސިފަކުރާއިރު އެ ދެކުދިންވެސް ބޭނުންވަނީ ތަފާތު ފޮޓޯ ތަކެއް އާންމުންނަށް ފެނިގެން ދިޔުމަށެވެ. އެހެން ފޮޓޯގްރާފަރުންނާއި ތަފާތު ގޮތެއް ގެންގުޅުމަށް ވިސްނި އިރު އެންމެ ރަނގަޅު ގޮތަކީ ފޮޓޯ ތައް މެނިޕްލޭޓް ކޮށްގެން އާންމުކޮށް ނުފެންނަ ގޮތަކަށް ފޮޓޯ ނެގުމެވެ. އެގޮތުން ޔޫޓިޔުބުގެ ޓިއުޓޯރިއަލްތައް ބަލައިގެން ފޮޓޯތައް އެޑިޓް ކުރަން ދަސްކުރިއެވެ.

undefined

މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިނިންގެ ރޮނގުން މިހާރު ކިޔަވަމުންދާ މިރާޝް ބޭނުންވަނީ ފޮޓޯގްރަފީގެ ބޮޑު ވިޔަފާރިއެއް ކުރާށެވެ. އެއީ މިހާރު އޭނާ އާއި މިރާންގެ ވެސް ވިސްނުން ހުރިގޮތް ކަމަށް މިރާޝް ބުންޏެވެ. އަދި މީގެ އިތުރުން އެންމެ ދެކެން ބޭނުންވާ ދުވަހަކީ އެ ދެމީހުން މަސައްކަތެއް މުޅި ދުނިޔެއަށް ފެންނާނެ އަދި އެ މަސައްކަތައްޓަކައި ފަޚުރުވެރިވާނެ ދުވަހެއް ކަމަށް މިރާޝް ބުންޏެވެ.

އެންމެ ފޮޓޯ އެއް އެޑިޓް ކުރުމަށް އާންމު ކޮށް 6 ގަޑި އިރު ހޭދާކުރާ މިދެކުދިން ގެ މަސައްކަތް ނިމެނީ އެ ދެމީހުން އިއްތިފާގުވާ އެއް ވިސްނުމަކަށެވެ. ދިވެހި ވަންތަ އަދި ދިވެހިންގެ ސަގާފަތް ދައްކުވައިދޭން މަސައްކަތް ކުރާ މި ދެކުދިންގެ އެންމެ ބުރަ އަދި އެންމެ ހިތްހަމަ ޖެހޭ މަސައްކަތަކީ "އީދު ވެދުން"ގެ ނަމުގައި އީދު ދުވަހު މީސްމީޑިއާށް ދޫކޮށްލި ފޮޓޯ އެވެ.

undefined

"އެންމެ ހިތްހަމަ ޖެހޭ މަސައްކަތަކީ ޢީދު ވެދުން ނަމުގައި އިންނަ ފޮޓޯ އެއް. އެއީ ވަރަށް ބުރަ މަސައްކަތެއް. 8 ގަޑި އިރު ހޭދަވި އެޑިޓިންގ އަށް ވެސް. ބައިވަރު ލޮކޭޝަންތަކުގެ ފޮޓޯތަށް އެއްކޮށްގެން އެޑިޓްކޮށްފަ އިން ފޮޓޯ އެއް އެއީ" މިރާޝް އެންމެ ހިތްހަމަޖެހޭ މަސައްކަތުގެ ވާހަކަ ކިޔައިދެމުން ބުންޏެވެ.

ކޮންމެ ކަމެއްގައިވެސް ގޮންޖެހުންތައް ހުންނާނެ ފަދައިން މިރާޝް އަށް މިރާން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަށުގައި ތިބެގެން މި ދާއިރާގެ މަސައްކަތް ކުރުމެވެ. އެ ދެކުދިން ގަބޫލު ކުރާ ގޮތުގައި ރަށުގައި ތިބެގެން މި ދާއިރާއިން ރަނގަޅު ކުރިއެރުމެއް ނުލިބެއެވެ. އަދި މާބޮޑު މަންފާއެއްވެސް ނުލިބެއެވެ.

މިރާޝް އާއި މިރާންގެ އެންމެ ބޮޑު ހިތްވަރަކީ އޭނާގެ އާއިލާއެވެ. އަދި އާއިލާ ގެ މީހުންގެ އެހީ މި މަސައްކަތުގައި ވަރަށް ބޮޑަށް ލިބޭ ކަމަށް ބުނެ މިރާޝް ގެ ޚާއްސަ ޝުކުރު އަދާ ކުރީ އޭނާގެ އާއިލާއަށެވެ. ދެން އެކުވެރި އެންމެ ގާތް ރަޙުމަތްތެރިނަށެވެ. ޚާއްސަ ދުވަސް ތަކާއި ގުޅުވައިގެން ނަގާ ފޮޓޯ ތަކަށް ބޭނުންވާ މީހުން ހޯދުމަކީ އުނދަގޫ ކަމަކަށްވާއިރު އޭނާގެ ރަހުމަތްތެރިންގެ ފަރާތުން ލިބޭ އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަ ކުރެއެވެ. އަދި އަމިއްލަ ރަށް ކަމުގައިވާ ގދ.މަޑަވެލި ރައްޔިތުންނަށް ވެސް ވަންސައިޓް ގެ ފަރާތުން އަދާ ކޮށްލީ ވަރަށް ވެސް ފޮނީ މީރު ޝުކުރެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ