ޑައިބެޓިސް ދުވަސް ފާހަގަކުރަން ތިނަދޫގައި ޙާއްސަ ހަރަކާތެއް!

ދުނިޔޭޭގެ ޑައިބެޓިކްސް ދުވަސް ފާހަގަކުރުމުގެެ ގޮތުން ތިނަދޫގައި ކުޅެވުނު ހޭންޑްބޯލް މެޗުގެ ތެރެއިން :- ގާފު ފޮޓޯ : ޝުއާއު ހަނީފް

ދުނިޔޭޭގެ ޑައިބެޓިސް ދުވަސް ފާހަގަކުރުމުގެެ ގޮތުން ޑރ.އަބަދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ނަރުހުންނާއި މޯލްޑިވިސް ނެެޝަނަލް ޔުނިވާސިޓީގެ ތިނަދޫ ސުކޫލް އޮފް ނާރސިންގް ގުޅިގެެން ޙާއްސަ އެކުވެރި ކަމުގެެ ހޭންޑްބޯލް މެޗެއް ކުޅެފިއެވެެ.

ތިނަދޫ ކެމްޕަސްގެ ގްރައުންޑްގައި ކުޅެވުނު މި މެޗް ކާމިޔާބުކުރީ ޑރ.އަބަދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ނަރުހުންގެ ޓީމެވެ. މި މެޗް ހޮސްޕިޓަލްގެ މުވައްޒިފުންގެ ޓީމް ކާމިޔާބު ކޮއްފައިވަނީ 3-4 ގެ ނަތީއްޖާ އަކުންނެވެ. މި މެޗުގައި ދެޓީމުން ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ހޮސްޕިޓަލް ނަރުހުންގެ ޓީމުގެ ޝައުރަތު އިބަރާހިމްއެވެ. މި މެޗުގައި ވަނީ ގަދަ 6 ކުޅުންތެރިންހޮވައި އެކުޅުންތެރިންނަށް ވަނީ ހަނދާނީލިޔުން ހަވާލުކޮއްފައެވެ.

ދުނިޔޭޭގެ ޑައިބެޓިކްސް ދުވަސް ފާހަގަކުރުމުގެެ ގޮތުން ތިނަދޫގައި ކުޅެވުނު ހޭންޑްބޯލް މެޗުގެ ތެރެއިން :- ގާފު ފޮޓޯ : ޝުއާއު ހަނީފް

މޯލްޑިވިސް ނެެޝަނަލް ޔުނިވާސިޓީގެ ތިނަދޫ ސުކޫލް އޮފް ނާރސިންގް އާއި ހަވާލުވެ ހުންނެވި ޖީޒާ އަބްދުﷲ "ގާފު"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި  މި މެޗުގެ މަގުސަދަކީ މިފަދަ ދުވަސްތައް ފާހަގަ ކުރުމުގެ ޖޯޝާއި ރޫހު އެ ދަރިވަރުންނާއި ނަރުހުންގެ ހިތުގައި އަށަގެންނެވުމެވެ. އަދި މި އަހަރަކީ ނަރުހުންގެ އަހަރެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަޑައަޅައިފައިވުމާއެކު މި އަހަރު ސިއްހީގޮތުން ފާހަގަކުރާ ހުރިހާދުވަހެއްވެސް ނިސްބަތްވަނީ ނަރުހުންނަށްކަން ޖީޒާ ވަނީ ފާހަގަ ކުރައްވާފައެވެ.

ހަކުރު ބަލި ނުވަތަ ޑައިބެޓިސް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ވަރަށް އާންމު ބައްޔެކެވެ. ހަކުރު ބައްޔަކީ ލޭގައި ހަކުރުގެ މިންވަރު މަތިވުމުގެ ސަބަބުން މީހާ އަށް ޖެހޭ ނުރައްކާތެރި ބައްޔެކެވެ. ދުނިޔޭގެ ޑައިބެޓިކްސް ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 14ވަނަ ދުވަހެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް