logoEN
cocacola
އޭބީވައިޓީގެ ކުޅުންތެރިޔާއާ ނުލައި މުބާރާތް ފެށުމަށް ޓީވައިއެފްސީން ނިންމައިފި

އޭބީވައިޓީގެ ކުޅުންތެރިޔާއާ ނުލައި މުބާރާތް ފެށުމަށް ޓީވައިއެފްސީން ނިންމައިފި

Admin

logo

11/20/2020, 2:09:25 PM

6DA950BC-06FA-4888-BA44-D81C9E74DBE7

ތިނަދޫގައި ފެށުމަށް ހަމަޖެހިފައިވާ، ތިނަދޫ ޔޫތް ފުޓްބޯލް ކްލަބުގެ “ޑަބްލިއުޑީސީ ހިޔަލަ ފުޓްސަލަ މުބާރާތް 2020” އާ ގުޅިގެން ކޯޓަށް ވެއްދި މައްސަލަ ނިމިފައިވާތީ އަންނަ އާދީއްތަ ދުވަހު އެ މުބާރާތް ފެށުމަށް އެ ޖަމިއްޔާއިން ނިންމައިފި އެވެ.

ގޮސިޔާ

އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެ މުބާރާތުގެ ޑިސިޕްލިނަރީ ކޮމިޓީން އޭބީވައިޓީގެ ކުޅުންތެރިޔާއާ މެދު ނިންމާފައިވާ ނިންމުން ރަނގަޅު ކަމަށް ފެންނަ ކަމަށާއި އެ ނިންމުން ދަމަހައްޓާނެ ކަމަށެވެ. އަދި އެއީ މުބާރާތުގެ ގަވާއިދުގެ 4.13 ވަނަ މާއްދާގެ ރޫޙާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށްވެސް ބުނެފައިވެއެވެ.

“އެ ނިންމުން މި ކްލަބުން ދަމަހައްޓާނެ ވާހަކަވެސް އެންމެހާ ފަރާތްތަކުގެ މައުލޫމާތަށްޓަކައިވެސް މި ފުރުސަތުގައި ދަންނަވަމެވެ. ހަމަ އެހެންމެ ޝަރުޢީ ކޯޓުގައި ހިނގަމުންދިޔަ އިސްވެ ބަޔާން ކުރެވުނު މައްސަލަ ނިމިފައިވާތީ އަދި ކޯޓުންވެސް މި ކްލަބަށް އެކަން އަންގާފައިވާތީ މިހާރު މި މުބާރާތް ބޭއްވުމަށް އެއްވެސް ކަހަލަ ހުރަހެއް މި ކްލަބަށް ނެތުމުން މި ކްލަބުން ގަސްދުކުރަނީ 2020 ނޮވެމްބަރު 22 ވާ އާދީއްތަ ދުވަހު މުބާރާތް ފެށުމަށެވެ.” ޖަމިއްޔާގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކޯޓު މެދުވެރިކޮށް އެ މުބާރާތް ހުއްޓުވާފައިވަނީ ހަގީގީ ނޫން ވާހަކައެްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި އެ މައްސަލައަކީ ޝަރުއީ ކޯޓަކުން ފަރުވާ ހޯދުމަށް މުނާސަބު މައްސަލައެއް ނޫން ކަމަށްވެދް ބުނެފައިވެއެވެ.

އެ ކްލަބުން ބުނެފައިވަނީ ގަވާއިދުގައިވާ 4.13 ވަނަ މާއްދާއާ ގުޅިގެން ހުރިހާ ޓީމްތަކުގެ މެނޭޖަރުންނަށް ސާފުވާނޭހެން އެ މާއްދާގައިވާ ޕޮއިންޓުތައް ކިޔައިދީފައިވާނެ ކަމަށެވެ. އަދި ޓީމްލިސްޓު ހުށަހެޅުމުން އެ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި މި މައްސަލާގައި މަސްލަހަތު ހިމެނޭ ކުޅުންތެރިޔާގެ ނަން އޭބީވައިޓީ ޓީމުގެ ލިސްޓުގައި އޮތުމުން ތިން ޓީމަކުން ޝަކުވާ އައިސްފައިވާ ކަމަށް ވެއެވެ.

މި މައްސަލައާ ގުޅިހެން އޭބީވައިޓީން ނެރުނު ބަޔާނުގައި ބުނީ ތިނަދޫ ކައުންސިލުން ވަކި ގޮތެއް ނިންމާފައިވުކުން ކޯޓަށް ހުށަހެޅި މައްސަލަ ނަގަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ތިނަދޫ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި ކައުންސިލުން ދީފައިވަނީ ހަމަ އެކަނި ލަފައެކެވެ.

މި މައްސަލާގައި މަސްލަހަތު ހިމެނޭ ކުޅުންތެރިޔާއަކީ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ