logoEN
ޕީއެންސީ 2
ވިލިނގިލި-ކޫއްޑޫ ބްރިޖު ކުރިޔަށް ގެންދާނީ ކޮންޓްރެކްޓާފައިނޭންސް އުސޫލުން!

ވިލިނގިލި-ކޫއްޑޫ ބްރިޖު ކުރިޔަށް ގެންދާނީ ކޮންޓްރެކްޓާފައިނޭންސް އުސޫލުން!

އަހުމަދު ޝުރާއު

logo

11/20/2020, 2:54:52 PM

766D6E60-0C0C-4E51-991E-45FF715C0FC7

ގއ ވިލިނގިއްޔާއި ކޫއްޑޫ ގުޅާލާ ބްރިޖުގެ މަސައްކަތް ކޮވިޑް19ގެ ސަބަބުން މިއަހަރު ފެށިފައި ނުވާކަމަށާއި، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ޝަރީ 2024

ވިލިގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވަނީ އެ މަޝްރޫއާ ގުޅޭ މައުލޫމާތު ހޯދުމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި މަޝްރޫއު ހިމަނައިދެއްވުމަށް އެދި ރައީސް އަށް ސިޓީ އެއް ފޮނުއްވައިފަ އެވެ. މެންބަރު ސައުދު އެދިވަޑައިގެންފައިވަނީ އެ މަސައްކަތް ވީހާވެސް އަވަހަކަށް ފައްޓަވައިދެއްވުމަށެވެ. މި ސިޓީއާއި އެކު މަޝްރޫއާ ގުޅޭގޮތުން ވިލިނގިލި ރައްޔިތުން ހުށަހަޅާފައިވާ ކޮންސެޕްޓް ޑްރޮވިން އެއްވެސް ސައުދު ވަނީ ރައީސް އޮފީހަށް ހުށަހަޅުއްވައިފަ އެވެ.

ސައުދު ހުށަހެޅި ސިޓީގެ ޖަވާބުގައި ރައީސް އޮފީހުން ބުނެފައިވަނީ މަޝްރޫއު ކުރިއަށް ނުގެންދެވުނީ ކޮވިޑުގެ ސަބަބުން ދިމާވި އިގްތިސާދީ ދަތިތަކުގެ ސަބަބުން ކަމަށާއި އަދި މިހާރު މަސައްކަތް ކުރަމުންދަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ކަމަށެވެ.

ވިލިނގިއްޔާ ކޫއްޑޫ ގުޅުވާލަ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ރިޔާސީ ކެމްޕޭނު ތެރޭގައި ރައީސް ސޯލިހު ވިލިނގިއްޔަށް ވަޑައިގެން ވިދާޅުވީ ވިލިނގިއްޔާއި ކޫއްޑޫ ގުޅުވާލުމަށް އެހާ ބޮޑު ހަރަދެއް ނުދާނެ ކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގައި އެކަން ކުރައްވާނެކަމަށް ވައުދުވެވަޑައިގަންނަވާ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ