logoEN
cocacola
ސްކޮލާޝިޕް ދިނުމުގައި ދެން ބަލާނީ އޮކްޓޯބަރ އިމްތިހާނަށް

ސްކޮލާޝިޕް ދިނުމުގައި ދެން ބަލާނީ އޮކްޓޯބަރ އިމްތިހާނަށް

175657_3_65d4a2d63248512ec91129efe1c1f53aa8003001_large-850x548

މިހާރު ކުރިއަށްދާ އޭލެވެލް އިމްތިހާނު ކެންސަލްކުރުމާ އެކު ސްކޮލާޝިޕް ދިނުމުގައި ދެން ބަލާނީ އޮކްޓޯބަރ/ ނޮވެމްބަރ އިމްތިހާނަށް އެކަނިކަމަށް އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ގޮސިޔާ

މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވީ ސްކޮލާޝިޕަކީ ވަރަށް ގިނަ ކުދިން ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވައިގެން ވާދަކުރާ ސްކޮލާޝިޕެއް ކަމުން ބޮޑަށް އެދެނީ ހުރިހާ ދަރިވަރުން އޮކްޓޯބަރ ނޮވެމްބަރ އިމްތިހާނަށް ބަދަލުވުމަށް ކަމަށެވެ. އެހެންނަމަވެސް ބައެއް ދަރިވަރުންގެ ހާލަތުހުރިގޮތުން އަވަހަށް އޭލެވެލް ނިންމާލަން ބޭނުންވާދަރިވަރުންނަށް ހުޅުވައިލެވެނީ ޓީޗަރ ބޭސްޑް އެސެސްމެންޓެއް ކަމަށާއި އެކުދިންނަށް ސްކޮލަރޝިޕްގެ ފުރުސަތުދެވެން ނެތްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ޕޭޕަރުތައް ލީކް ވަމުންދާ މައްސަލާގައި ރާއްޖެއިން އޭލެވެލް އިމްތިހާން ކެންސަލް ކުރީ މިއަދުއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ފުރަތަމަ 2 ޕޭޕަރެއް ލީކުވުމާއި ގުޅިގެން އެޑެކްސެލްއާ ވާހަކަދެކެވުނުކަމަށާއި، އެޑެކްސެލް އިންވެސް 2 ޕޭޕަރެއް ލީކުވިގޮތް ހޯދައި ލީކުވިކަން ކަށަވަރުކޮށްދިނުމަށްފަހު އިތުރަށް ލީކުނުވާނެކަން އެޑެކްސެލްއިން އެ މިނިސްޓްރީއަށް ޔަގީންކަން އެރުވިކަމަށެވެ.

ނަމަވެސް މިއަދު މެންދުރުފަހު ހެދުމަށް ތާވަލު ކުރެވިފައިވާ ޕޭޕަރު މިއަދު ހެނދުނު ލީކުވުމުން ކަމާބެހޭ ހުރިހާފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު މިހާރު ކުރިއަށްދާ އިމްތިހާނުގެ ކްރެޑިބިލިޓީ ގެއްލިފައިވުމުން އިމްތިހާން ކުރިއަށް ނުގެންދިޔުމަށް ނިންމާފައިވާ ކަމަށް އެޑިކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ