logoEN
cocacola
ފުލުހުންނާއި އިމިގްރޭޝަން އާ އެކު ކަސްްޓަމްސްއިން އެމްއޯޔޫ އެއްގައި ސޮއިކޮށްފި

ފުލުހުންނާއި އިމިގްރޭޝަން އާ އެކު ކަސްްޓަމްސްއިން އެމްއޯޔޫ އެއްގައި ސޮއިކޮށްފި

ހުސެއިން

logo

5/3/2021, 4:02:50 PM

E0c6zOyVkAAy_p0

ގްލޯބަލް ޓްރެވަލް އެސެސްމަންޓް ސިސްޓަމް (GTAS) މެދުވެރިކޮށް މައުލޫމާތު ހިއްސާކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މޯލްޑިވްސް އިމިގްރޭޝަން އާ އެކު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފިއެވެ.

ގޮސިޔާ

މިކަމަށްޓަކައި މިއަދު މެންދުރު ކަސްޓަމްސް ބިލްޑިންގގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާރެއްގައި އެމްއޯޔޫގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އަބްދުﷲ ޝަރީފެވެ. ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ. އަދި އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސެއިން އެވެ. މި ބައްދަލުވުމުގައި 3 މުއައްސަސާގެ އިސްވެރިންވެސްވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

GTAS އަކީ ދުނިޔޭގެ ކަސްޓމްސް ޖަމިއްޔާ އާއި އެމެރިކާގެ ކަސްޓްމސް އެންޑް ބޯޑަރ ޕްރޮޓެކްޝަން ގުޅިގެން ޔޫ.އެން ސެކިއުރިޓީ ކައުންސިލްގެ ރިސޮލިއުޝަން 2178 އާއި 2396 އަށް ރިއާޔަތްކޮށް އެޑްވާންސް ޕެސެންޖަރ އިންފޮމޭޝަން އަދި ޕެސެންޖަރ ނޭމް ރެކޯޑްސް އެސެސްކޮށް އެނަލައިޒްކުރެވޭ ގޮތައް ފަރުމާކުރެވިފައިވާ ސިސްޓަމެއްކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

ކަސްޓްމަސްއިން ބުނީ މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ މޯލްޑިވްސް ކަސްޓމްސް ސަރވިސްގައި ޤާއިމްކުރެވިފައިވާ މި ސިސްޓަމް މެދުވެރިކޮށް ފަސިންޖަރުންގެ މައުލޫމާތު ފުލުހުންނާއި ިމިގްރޭޝަން އާއި ހިއްސާކުރުން ކަމަށެވެ.

މި ނިޒާމުގެ ސަބަބުން ޓެރަރިޒަމް، މަނީ ލޯންޑަރިންގ އަދި ހިއުމަން ޓްރެފިކިންގ ފަދަ ކުށްތައް ހުއްޓުވުމާއި، މަސްތުވާތަކެއްޗާއި ރާއްޖެއަށް އެތެރކުރުން މަނާތަކެތި އެތެރެވުމާއި ބޭރުވުން ހުއްޓުވައި އަދި އެނޫންވެސް ޤަވާއިދާ ހިލާފު ހަރަކާތްތަކަށް ފާރަވެރިވެ ރާއްޖެއަށް ވަދެނިކުމެވާ ދޮރާށިތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް ހަރުދަނާވެގެންދާނެކަމަށް ކަސްޓަމްސްއިން ވަނީ ފާހަގަކޮށްފައެވެ.

އަދި މިހާރު ގާއިމްކުރެވިފައިވާ މި ނިޒާމް ހަރުދަނާކުރުމަށް ސަރުކާރުގެ އިތުރު އިދާރާތަކާއެކު މިފަދަ އެއްބަސްވުންތަކުގައި ސޮއިކުރެވިގެންދާނެކަމަށް ކަސްޓަމްސްއިންވަނީ ބުނެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ